ކޯވިޑް-19: ދެ މީހަކު ބަލިން ރަނގަޅުވެއްޖެ
ރާއްޖޭގައި ކޯވިޑް-19 އަށް ފައްސިވި މީހުންތެރެއިން އިތުރު ދެމީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. މިރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޯވިޑަށް ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން ދެމީހުން ބަލިން ރަނގަޅުވެ ދޫކޮށްލާފައި ވާކަމަށެވެ. ރަނގަޅުވެފައި ވަނީ ކޭސް 17 އަދި 19 ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. އެ ދެމީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ފަ...