900 އަށް ވުރެ ގިނަ ސީދާ ބައްދަލުވި މީހުން ދެނެގަނެވިއްޖެ: މަބްރޫކް
މިހާ ހިސާބަށް އައިއިރު 900 އަށް ވުރެ ގިނަ ސީދާ ބައްދަލުވި މީހުން ވަނީ ދެނެގަނެވިފައި ކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)ގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާލުވީ ކ. ގުރައިދޫ ހިމެނޭހެން 164 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންދެވިފައި ވާކަމަށެވެ. އެނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރ، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު މެންދުރު ފަހު ފަހ...