މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1024 ވަނަ ޞަފްޙާ

ކޯވިޑް19: ރާއްޖެއިން ނިޔާވި މީހާ ވަޅުލައިފި

ކޯވިޑް19: ރާއްޖެއިން ނިޔާވި މީހާ ވަޅުލައިފި

ރާއްޖެއިން ކޮވިޑް19 ޖެހިގެން ފުރަތަމަ ފަހަރަށް މަރުވި މީހާ ވަޅުލައިފިއެވެ. ކޮވިޑް19 ޖެހިގެން ރާއްޖެއިން ފުރަތަމަ މަރުވި މީހާއާ ގުޅިގެން އިތުރު މައުލޫމާތުތައް ފޯރު ކޮށްދިނުމުގެ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަރުވި މީހާގެ އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ތައުޒިޔާ ދަންނަވާފައެވެ. މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް19 ޖެހިގެން މަރުވެފައި ވަނީ އައިމިނަތު އާދަމް ނ...

ޝިއުނާ އާދަމް
ކޯވިޑް-19: އައިސީޔޫގައި މިވަގުތު 5 މީހުން

ކޯވިޑް-19: އައިސީޔޫގައި މިވަގުތު 5 މީހުން

ކޯވިޑް-19 ބަލީގެ ސަބަބުން މިވަގުތު އައިސީޔޫގައި ފަރުވާ ދެމުންދަނީ ފަސް ބަލިމީހުންނަށް ކަމަށް އެންއީއޯސީ އިން ބުނެފިއެވެ. މިހާރު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސައިން ވިދާޅުވީ މިވަގު އައިސީޔޫގައި ފަރުވާ ދެވެމުންދަނީ ކޯވިޑް-19 ގެ ފަސް ބަލި މީހުންނަށް ކަމަށެވެ. އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންކަމަށާއި، ދެން އައިސީޔޫގައި ފަރުވާ ދެމުން ދަނީ ކޮން ޤައުމެއްގެ މީހެއްކަމަށް ޑރ. ހާމައެއް ނުކުރަށްވައެވެ. ޑރ. މ...

ޝިއުނާ އާދަމް
ކޯވިޑް-19: ނިޔާވި މީހާ ހިނަވަނީ އަންހެން ސިފައިން

ކޯވިޑް-19: ނިޔާވި މީހާ ހިނަވަނީ އަންހެން ސިފައިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯވިޑް-19 ބަލީގެ ސަބަބުން މީހަކު ނިޔާވެފައިވާއިރު، އެމީހާ ހިނެވުމުގެ ކަންކަން ކުރިއަށް ގެންދާނީ އަންހެން ސިފައިން ކަމަށް ސަރުކާރުން ބުނެފިއެވެ. ރާއްޖޭގައި މިބަލީގައި ފުރަތަމަ ނިޔާވީ އަންހެނެކެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވީ މި މީހާއަކީ ކޮންޓެކްޓްރޭސިންގެ ތެރެއިން ފާހަގަވެ، ސާމްޕަލް ނަގާފައިވަނިކޮށް، މިއަދު މަރުވި 83 އަހަރުގެ، އާމިނަތު އާދަމު ކަމަށެވެ. I s...

ޔުމްނާ ޢަލީ
ކޯވިޑް-19:  ރާއްޖެއިން ފުރަތަމަ މަރު

ކޯވިޑް-19: ރާއްޖެއިން ފުރަތަމަ މަރު

ކޯވިޑް ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. މިކަން ސަރުކާރުން ހާމަކޮށްފައިވަނީ މިރޭ އެކަމާއި ގުޅިގެން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިމީހާއަކީ ކޮންޓެކްޓްރޭސިންގެ ތެރެއިން ފާހަގަވެ، ސާމްޕަލް ނަގާފައިވަނިކޮށް، މިއަދު މަރުވި 83 އަހަރުގެ އަންހެން ކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ. މަރުވި މީހާ އަކީ، ކޮވިޑް ޖެހުނު މީހެއްގެ ފަސްޓް ކޮންޓެކްޓަށް ވުމުން ޓެސްޓް ހަދަން އޭނާގެ ސާމްޕަލް ނަގާފައިވާ މީހެކެވެ. އޭނާ މަރުވީ އެ ބައްޔަ...

ޔުމްނާ ޢަލީ
ރޭންޑަމް ސާމްޕަލް ޕޮޒިޓިވްވުމާއި އެކު އިތުރު ބިރުވެރިކަމެއް

ރޭންޑަމް ސާމްޕަލް ޕޮޒިޓިވްވުމާއި އެކު އިތުރު ބިރުވެރިކަމެއް

ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްފެފައިވާކަމާއި ގދ.ތިނަދޫއިން މަރުވި ދެމީހަކާއި މާލެއިން މަރުވި މީހެއްގެ ސާމްޕަލް ނަގާ ކޯވިޑަށް ޓެސްޓްކުރަމުން އަންނަކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅިވުމުން އިތުރު ބިރުވެރިކަމެއް އުފެދިއްޖެއެވެ. މީގެ އިތުރުން މި 3 މީހުންގެ ތެރެއިން އެކަކު ގެ ނަތީޖާލިބި ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ބަޔެއް ނޫސްތަކުން ދަނީ ރިޕޯޓް ކުރަމުން ނެވެ. ރާއްޖޭގެ ނޫހަކުން (ދުވަސް އެމްވީ) ބު...

ޝިއުނާ އާދަމް
ސަރުކާރު ކުންފުނިތަކުން ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ

ސަރުކާރު ކުންފުނިތަކުން ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ. ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ކުންފުނިތަކުގެ ކޭޝްފްލޯ އަށް އަަސަރުކުރާނެތީ ހަރަދުތައް ކުޑަކުރުމަށް މުސާރައިގެ އޮނިގަޑަށް ބަދަލުގެންނަންޖެހޭ ކަމަށާއި މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ހަދަންޖެހޭ ދިރާސާތައް ހަދައި، އަންނަ މަހުގެ 5 ގެ ކުރިން އެ މިނިސްޓްރީ އަށް ފޮނުވަން ވަނީ އަންގައިފަ އެވެ. އެގޮތުން 15،000ރ. އަށްވުރ...

ޝިއުނާ އާދަމް
ވެލިދޫ ގެޔަކުން ތިން ބަސްތާ ހަނޑޫ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ވެލިދޫ ގެޔަކުން ތިން ބަސްތާ ހަނޑޫ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ނ. ވެލިދޫ ގެއެއްގެ ގުދަނުގައި ހުރި ތިން ބަސްތާ ހަނޑޫ ވަގަށް ނެގި ކަމުގެ ތުހުމަތަށް ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ވެލިދޫ ގެއެއްގެ ގުދަނުގައި ހުރި ތިން ބަސްތާ ހަނޑޫ ވަގަށް ނަގައިގެން ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލައާއި ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ވަގަށް ނެގި ތިން ބަސްތާއިން އެއްބަސްތާ 100 ރުފިޔާއަށް މީހަކަށް ވިއްކާލާފައިވާ ކަމަށެވެ. […]

ޔުމްނާ ޢަލީ
މީޓަރުގެ ފޮޓޯ ފޮނުވައިދޭން ފެނަކައިން އެދިއްޖެ

މީޓަރުގެ ފޮޓޯ ފޮނުވައިދޭން ފެނަކައިން އެދިއްޖެ

ކޯވިޑް-19 އާއި ގުޅިގެން ކުރިމަތި ވެފައިވާ މި ނާޒުކު ޙާލަތުގައި، ފެނާއި ކަރަންޓު ބިލްތަކަށް ރީޑިންގ ނެގުމަށް ގޭގެއަށް ދިޔުމަކީ ރައްޔިތުންނަށާއި ފެނަކައިގެ މުވައްޒަފުންނަށްވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ނުފެންނާތީ، މީޓަރު ނަންބަރު ފެންނަގޮތައް ފޮޓޯ ފޮނުވައި ދިނުމަށް ފެނަކައިން އެދިއްޖެއެވެ. މިގޮތަށް މީޓަރު ނަންބަރު ފެންނަގޮތައް ފޮޓޯ ފޮނުވާއިރު، ގޭގެ ނަމާއެކު ވައިބަރ މެދުވެރިކޮށް ފޮނުއްވައި ދެއްވުމަށް ފެނަކައިން ވަނީ އެދިފައެވެ. އެކަމާއި ގުޅިގެން ފެނަކައިން ބުނީ މިހާރު ޤައުމަށް ދިމާވެފައިވާ މި...

ޝިއުނާ އާދަމް
މި އަހަރުގެ ސާނަވީ ނިންމާ އިމްތިހާނުތައް ފަސްކޮށްފި

މި އަހަރުގެ ސާނަވީ ނިންމާ އިމްތިހާނުތައް ފަސްކޮށްފި

މި އަހަރުގެ ސާނަވީ ނިންމާ އިމްތިހާނުތައް ފަސްކޮށްފިކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ބުނެފިއެެވެ. އެމިނިސްޓްރީއިން ދެންމެ ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް 19ގެ ސަބަބުން މިއަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް10 ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާން ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ މިއަހަރުގެ އޮކްޓޯބަރ ނޮވެންބަރ ގައި ބޭއްވުމަށް ހަމަ...

އިބްރާހިމް އަސްވާޤް
ކޯވިޑް19: އިތުރު 8 މީހުންނާއި އެކު ޖުމްލަ އަދަދު 277 އަށް

ކޯވިޑް19: އިތުރު 8 މީހުންނާއި އެކު ޖުމްލަ އަދަދު 277 އަށް

އިތުރު 8 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 277 އަށް އަރައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި އަށް މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 277 އަށް އަރާފައިވާ ކަމަށެވެ. މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވާ މީހުން އަދިވެސް ފެންނަމުން ދާތީ ލޮކްޑައުންގެ މުއްދަތު ވެސް މިއަދު ވަނީ އިތުރުކޮށްފަ އެވެ. އިތުރު ކޮށްފައި ވަނީ 14 ދުވަހަށެވެ. މާލޭގައި […]

ޔުމްނާ ޢަލީ
ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ބިލު ފާސްކޮށްފި

ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ބިލު ފާސްކޮށްފި

މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް މަޖިލީހަށް ހުށައެޅި ވަގުތީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. މި ބިލު މަޖިލީހުން ފާސްކުރެއްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ. މިމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން އިޢުލާންކުރަން ތަޢާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައި ވަނީ ރާޢްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އިޢުލާންކޮށްފައިވާ...

ޔުމްނާ ޢަލީ
މާލެ ސަރަހައްދު ފުރަބަންދުގެ މުއްދަތު އިތުރު ކޮށްފި

މާލެ ސަރަހައްދު ފުރަބަންދުގެ މުއްދަތު އިތުރު ކޮށްފި

މާލެ ސަރަހައްދު ފުރަބަންދުގެ މުއްދަތު އިތުރު ކޮށްފި މާލެ ސަރަޙައްދު، އިތުރު 14 ދުވަހަށް ފުރަބަންދު ކުރުމަށް ނިންމަވައިފިއެވެ. މާލޭގެ ފްލޫ ކްލިނިކަކަށް ދެއްކި ދިވެހި އަންހެނެއް ކޯވިޑް-19އަށް ފައްސިވުމާއި ގުޅިގެން މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ މާލެއާއި ހުޅުމާލެއާއި ވިލިމާލެ ފުރަބަންދުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު 2 ދެދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވް މީހުން މާލެއިން ފެނުން އިތުރުވުމާގުޅިގެން މިމަހުގެ 17 ވަނަ ދުވަހު އިތުރު 14 ދުވަހުގެ މުއްދަތަކަށް […]

ޔުމްނާ ޢަލީ
ނައިބު ރައީސް ޞިއްޙީ ދާއިރާގައި ވެރިންނާ މަޝްވަރާ ކުރައްވައިފި

ނައިބު ރައީސް ޞިއްޙީ ދާއިރާގައި ވެރިންނާ މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ޞިއްހީދާއިރާގައި މިވަގުތު ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޚާއްޞަކޮށް މި ދަތި ދުވަސްކޮޅުގައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައި...

ޝިއުނާ އާދަމް
ޒުވާން މަސްވެރިޔާ ދިނީ ކިނބުލެއް ފެނުނު ޚަބަރު!

ޒުވާން މަސްވެރިޔާ ދިނީ ކިނބުލެއް ފެނުނު ޚަބަރު!

ޓުވިޓަރގައި ޒުވާން މަޝްވެރިންގެ ޖޯޝާއި ހިތްވަރު ގެނެސްދޭ ” ޒުވާން މަސްވެރިޔާ “ގެ ޓުވިޓަރ އެކައުންޓުން މިފަހަރު ދިނީ ގއ. ކޮނޑޭ އިން ކިނބުލެއް ފެނުނު ޚަބަރެވެ. ޒުވާން މަސްވެރިޔާގެ ފުރަތަމަ ބުނެފައި ވަނީ ގއ. ކޮނޑޭ ޒުވާނުންތަކެއް ދާ ޖަހައިގެން ކިނބުލެއް ހިފައިފި ކަމަށެވެ. ކިނބުލުގެ ފޮޓޯވެސް ހިމަނައިގެން ކޮށްފައިވާ އެ ޓުވީޓުގައި ބުނެފައި ވަނީ އެސަރަހައްދަށް މޫދަށް އެރޭ މީހުން ސަމާލު ވުމަށެވެ. https://twitter.com/ZuvaanMasveriya/status/1255181831088910337?s=20 ޒުވާން މަސްވެރިޔާގެ ދެވަނަ ޓުވީޓުގައި ބުނ...

ޝިއުނާ އާދަމް
ނަރުދޫން ޖުމްލަ 8 މީހުން ފައްސިވެއްޖެ

ނަރުދޫން ޖުމްލަ 8 މީހުން ފައްސިވެއްޖެ

ށ. ނަރުދޫން މިހާތަނަށް ޖުމްލަ އަށް މީހެއް ކޯވިޑަށް ފައްސިވެފައި ވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކޭހާއި ގުޅިގެން ބޯޓުގެ ކެޕްޓަނާއި އެކު އެރަށުން ޖުމްލަ އަށް މީހަކު މިހާރު ކޯވިޑަށް ފައްސި ވެފައި ވާކަމަށެވެ. އަދި އެރަށުގައި އެންމެ ބޮޑަށް ނޫންނަމަވެސް މުޖުތަމައު ތެރޭ ބަލި ފެތުރޭ ހާލަތް އޮތް […]

ޔުމްނާ ޢަލީ