ޗައިނާއިން ގިނަ އަދަދެއްގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި
ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއިން ބޭނުންވާނެ ގިނަ ސިއްހީ އެހީގެ ސާމާނު ޗައިނާގެ ފަރާތުން ފޯރުކޮށްދީފިއެވެ. މި އެހީގެ ސާމާނުތައް ދިވެހިރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި ޚާއްސަ ޗާޓަރ ފްލައިޓެއްގައެވެ. މި ފްލައިޓްގައި އެހީގެ ތަކެތި ފޯރުކޮށްދީފައިވަނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މާލޭގެ ސިސްޓަރ ސިޓީ ކަމުގައިވާ ގުއަންގްޒީ ޝުއަންގ އޮޓޮނޮމަސް ރީޖަންގެ ސަރުކާރު، އަލީބާބާ ފައުންޑޭޝަން، ވާވެއި އަދި ދިވެހިރާއްޖޭގައި ހަރަކާތްތ...