ޓުވިޓަރގައި ޒުވާން މަޝްވެރިންގެ ޖޯޝާއި ހިތްވަރު ގެނެސްދޭ " ޒުވާން މަސްވެރިޔާ "ގެ ޓުވިޓަރ އެކައުންޓުން މިފަހަރު ދިނީ ގއ. ކޮނޑޭ އިން ކިނބުލެއް ފެނުނު ޚަބަރެވެ.

ޒުވާން މަސްވެރިޔާގެ ފުރަތަމަ ބުނެފައި ވަނީ ގއ. ކޮނޑޭ ޒުވާނުންތަކެއް ދާ ޖަހައިގެން ކިނބުލެއް ހިފައިފި ކަމަށެވެ.

Ad
rt

ކިނބުލުގެ ފޮޓޯވެސް ހިމަނައިގެން ކޮށްފައިވާ އެ ޓުވީޓުގައި ބުނެފައި ވަނީ އެސަރަހައްދަށް މޫދަށް އެރޭ މީހުން ސަމާލު ވުމަށެވެ.

ޒުވާން މަސްވެރިޔާގެ ދެވަނަ ޓުވީޓުގައި ބުނެފައިވަނީ ކޮނޑޭ ފަޅު ތެރެއިން ދެ ކިނބޫ ފެނުނު ކަމަށެވެ.

މި ކިނބޫތައް ފެނުނީ މަސް ހިފަން މޫދަށް ދިޔަ ޒުވާނުން ތަކަކަށް ކަމަށްވެސް ޒުވާން މަސްވެރިޔާ ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ 2020 އޭޕްރިލް 28 ވަނަ ދުވަހުގެ ރޭ 20:45 ހާއިރު ގއ. ކޮންޑޭ ގައި ބަޔަކު މަސް ބާނަން ނިކުތް އިރު ކޮންޑޭ ފުއްޓަރު ފަރާތު ރާޅު ޖަހާ ހިސާބުން ކިންބުލެއް ފެނުނު ކަމުގެ މައުލޫމާތު ފުލުހުއްނަށް ލިބިފައިވާ ކަމަށެވެ.

މި ކިނބުލުގައި 6 ފޫޓޫ 8 އިންޗި ހުރި ކަމަށާއި، ފުލުހުން ވަނީ ގއ. ކޮނޑޭއަށް ގޮސް އެ ކިންބޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށެވެ.

ފުލުހުން ބުނީ ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ފުލުހުން ކުރަމުން ދާ ކަމަށެވެ.