ފުރަބަންދަށް ދޭނެ އިތުރު ލުއިތައް މިރޭ އިއުލާން ކުރަނީ
ފުރަބަންދަށް ދޭނެ އިތުރު ލުއިތަކުގެ މައުލޫމާތު މިރޭ އިއުލާނުކުރައްވާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ކުރިއަށް ހުރި މަރުހަލާތަކުގައި ދޭނެ ލުއިތައް އެނގި، ތައްޔާރުވާން ބޭނުންވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ރޭ ވެސް އެ މައުލޫމާތު ހިއްސާކުރަން އޮތްނަމަވެސް ޕޮލިސީ ބައްދަލުވުންތަކެއް ކުރިއަށްދާތީ އެ މައުލޫމާތު ހިއްސާ ނުކުރެވުނީ ކަމަށް ވިދާޅު...