މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1006 ވަނަ ޞަފްޙާ

އަންނަ މަހު ގެސްޓް ހައުސްތަކާއި ރިސޯޓުތައް ހުޅުވާލަނީ!

އަންނަ މަހު ގެސްޓް ހައުސްތަކާއި ރިސޯޓުތައް ހުޅުވާލަނީ!

ކޯވިޑް-19 އާއި ރާއްޖެ ފުރަބަންދުކޮށްފައިވާތާ ދުވަސްތަކަަކަށް ފަހު އަންނަ ހޯމަ ދުވަހުން ފެށިގެން ގިނަ ލުއިތަކެއް ދޭން ނިންމާފައިވާ އިރު އޭގެ ތެރެއިން، އަންނަ މަހުން ފެށިގެން ރިސޯޓުތައް ހުޅުވައި ކޯވިޑް ނެތް ރަށްތަކުގެ ގެސްޓްހައުސްތައް ހުޅުވަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ދޭން ނިންމާފައިވާ ލުއިތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ އެސިސްޓެނ...

އަޙްމަދު ވަހީދު
ހޯމައިން ފެށިގެން ހުއްދަ ނުނަގައި ބޭރުގައި އުޅެވޭނެ، ކުޑަކުދިންނަށް ހަވީރު

ހޯމައިން ފެށިގެން ހުއްދަ ނުނަގައި ބޭރުގައި އުޅެވޭނެ، ކުޑަކުދިންނަށް ހަވީރު

  މިމަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ. މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ އިން ބުނީ މި މަހުގެ 15ވަނަ ދުވަހު ހުއްދަ ނެތި ބޭރަށް ނިކުމެ އުޅެވޭނީ ހެނދުނު 5:00 އިން ރޭގަނޑު 10:00 އަށް ކަމަށެވެ. އަދި ކަސްރަތު ކުރުމަށް ހުއްދަ ދެވޭނީ ހެނދުނު 6:00 އިން 9:00އާ ހަމައަށް ކަމަށެވެ. މީގެއިތުރުން […]

ޔުމްނާ ޢަލީ
ހޯމައިން ފެށިގެން މާލެ ފިޔަވާ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ

ހޯމައިން ފެށިގެން މާލެ ފިޔަވާ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ

އަންނަ ހޯމަ ދުވަހުން ފެށިގެން، މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް، މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ  މޮނިޓަރިން އުވާލިތާ 14 ދުވަސް ހަމަ ނުވާތީ މިސްކިތްތައް ހުޅުވުމުގެ ހުއްދަ އަދި ނުދީ އޮތް ދެ ރަށަކީ ށ. ނަރުދޫ އާއި ނ. މަނަދޫ ކަމަށެވެ. އަދި  އަންނަ ހޮނިހިރު ދުވަހުން ފެށިގެން ނަރުދޫގައި ޖަމާއަތުގައި ނަމާދުކުރަން […]

އަލީ އިބްރާހިމް
އޫރު މަހާއި ބަނގުރަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް މަތި ކުރަނީ

އޫރު މަހާއި ބަނގުރަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް މަތި ކުރަނީ

އޫރު މަހާއި އޫރުގެ ކާން ބޭނުން ކުރާ ބައިތަކާއި ބަނގުރަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް މަތި ކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ. އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ. ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި އޫރު މަހާއި އޫރުގެ ކާން ބޭނުން ކުރާ ބައިތަކާއި ބަނގުރަލުން މިހާރު ނަގާ 35 ޕަސެންޓުގެ […]

އަލީ އިބްރާހިމް
އަންނަ ހަފްތާގައިވެސް ސަރުކާރުގެ އިދާރާތައް 4 ދުވަހު ހުޅުވަން ނިންމައިފި

އަންނަ ހަފްތާގައިވެސް ސަރުކާރުގެ އިދާރާތައް 4 ދުވަހު ހުޅުވަން ނިންމައިފި

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު 2020 ޖޫން 14 ވަނަ ދުވަހުން ފެށިގެން 2020 ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިތުރުކުރައްވައިފިއެވެ. އަދި މި މުއްދަތުގެ ތެރޭގައި، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ދުވަހުގެ އިތުރަށް ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސް ހުޅުވާގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި...

އިބްރާހިމް އަސްވާޤް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައިފި

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައިފި

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފިއެވެ. މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެން...

އިބްރާހިމް އަސްވާޤް
މަގުމަތިން ހޮވި އެއްލައްކަ ރުފިޔާ ހަވާލުކުރި މީހާގެ އިހްލާސްތެރިކަމުގެ އަގުވަޒަން ކޮށްފި

މަގުމަތިން ހޮވި އެއްލައްކަ ރުފިޔާ ހަވާލުކުރި މީހާގެ އިހްލާސްތެރިކަމުގެ އަގުވަޒަން ކޮށްފި

އައްޑޫ ސިޓީ ހިތަދޫ ގައި ދިރިއުޅޭ ބަނގްލަދޭޝް ގެ ރައްޔިތެއްކަމުގައިވާ އެމް.ޑީ ކަމާލް ހޮސައިން އެރަށު މަގެއްމަތިން ހޮވި އެއްލައްކަ ރުފިޔާ (ދިވެހި ރުފިޔާ 100000) ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލު ކުރުމުން އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފާހަގަކޮށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓަކާއި ހަދީޔާ ދީފިއެވެ. މި ޖޫން މަހުގެ 10 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އޭނާއަށް […]

އިބްރާހިމް އަސްވާޤް
ފަލަސްތީނުގެ ބިންތައް ހިފުމަށް ކުރަމުންދާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ބިންތައް ހިފުމަށް ކުރަމުންދާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ބިންތަކުގެ ބޮޑު ބައެއް އިސްރާއީލުން އަނެއްކާވެސް ހިފުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ދިވެހިރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ. ރާއްޖެއިން މިކަން ކުއްވެރި ކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އިއްޔެ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަ ފުޅުގައެވެ. ސަޢޫދީ ޢަރަބިއްޔާއިން ރިޔާސަތު ބެލެހެއްޓި މި ވަރޗުއަލް ބައްދަލުވުމަކީ ފަލަސްތީނުގެ ހުޅަނގ...

އިބްރާހިމް އަސްވާޤް
އަނެއްކާވެސް ޗައިނާގެ އެހީއެއް

އަނެއްކާވެސް ޗައިނާގެ އެހީއެއް

ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން އިތުރު ސިއްޙީ ސާމާނުގެ އެހީތެރިކަން ފޯރުކޮށް ދީފިއެވެ. މިއީ ޗައިނާ ސަރުކާރުން ކޯވިޑާއި ގުޅިގެން ރާއްޖެއަށް އެހީގެ ތަކެތި ހަދިޔާކުރި 3 ވަނަ ފަހަރެވެ. މީގެ އިތުރުން ޗައިނާގެ ބައެއް ޖަމްޢިއްޔާތަކާއި، ކުންފުނިތަކުންވެސް ރާއްޖެއަށް ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާ ސަރުކާރުން ރާއްޖ...

ޝިއުނާ އާދަމް
މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް، ލަސްނުކޮށް ނިންމަން ޖެހޭ: މެމްބަރު ޖީހާން

މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް، ލަސްނުކޮށް ނިންމަން ޖެހޭ: މެމްބަރު ޖީހާން

މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އިތުރަށް ލަސްނުކޮށް ނިންމަން ޖެހޭކަމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ވަޒީފާއާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގެ ބިލްގެ ބަހުސްގައި ވާހާކަ ދައްކަމުން މެމްބަރު ޖީހާން ވިދާޅުވީ “މިނިމަން ވޭޖް ކަނޑައެޅުމަކީ އެމްޑީޕީގެ ވައުދެއް. އެކަން އިތުރަށް ލަސްނުކޮށް މ...

ޔުމްނާ ޢަލީ
މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވައިފި

މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވައިފި

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމްއާރުއެމްގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު ވަނީ އެކަމަނާ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިކަން ޔަޤީން ކޮށްދެއްވާފައެވެ. އެކަމަނާ އިސްތިއުފާ ދެއްވަން ނިންމެވީ ސިއްހީ ހާލުކޮޅު ގޯސް ވަމުން ގޮސް އިތުރަށް ގޯސްވެގެން ކަމަށާއި، ފާއިތުވެ ދެ ދުވަހު އެކަމަނާ އުޅުއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާކަމަށް މައުލޫމާތު ދިން މީހާ ކިޔައިދީފައިވެއެވެ. އާތިފާ ހައުސިން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފ...

ޖަލްވާން ޖާދުﷲ
ރަށްރަށުގައި މާބަނޑު މީހުން ސްކޭން ކުރަން ފަށަނީ

ރަށްރަށުގައި މާބަނޑު މީހުން ސްކޭން ކުރަން ފަށަނީ

ރަށްރަށަށް ގޮސް ސްކޭން ކުރުމުގެ ހިދުމަތް މި ހަފުތާގެ ތެރޭގައި ފެށިގެން ދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހްމަދު ވިދާޅުވީ، މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ މާބަނޑު މީހުންނަށް ކަމަށާއި އެހެންކަމުން އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. “ރަށްރަށަށް ގޮސް ސްކޭން ކުރުމުގެ ހިދުމަތް މި ހަފުތާގެ ތެރޭގައި […...

ޖަލްވާން ޖާދުﷲ
16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ އަނިޔާކޮށްގެން ދެ މީހަކު ހައްޔަރުކޮށްފި

16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ އަނިޔާކޮށްގެން ދެ މީހަކު ހައްޔަރުކޮށްފި

ނޯތް ޕޮލިސް ޑިވިޝަން (ނ،ރ،ބ،ޅ) ގެ ރަށަކުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް އުނދަނގޫ ކުރާ މައްސަލައެއް މިމަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައވާ ކަމަށް އެ ފުލުހުން ހާމަކޮށްފިއެވެ. އެގޮތުން ފުލުހުން ކުރި ތަހުގީގުތަކުން އެ ކުއްޖާއަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކޮށްފައިވާކަަން އެނގިފައިވާ ކަމަށާއި މި މައްސަލައާއި ގުޅިގެން އިއްޔެ ކޯޓް އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް […]

އަޙްމަދު ވަހީދު
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ 3 ރުފިޔާއަށް ބޮޑުކުރަން ހުށަައަޅައިފި

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ 3 ރުފިޔާއަށް ބޮޑުކުރަން ހުށަައަޅައިފި

ރާއްޖެ އެތެރެ ކުރާ ކޮންމެ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ 2 ރުފިޔާއަށް 1 ރުފިޔާ އިތުރުކޮށް ޖުމްލަ 3 ރުފިޔާ ސިނގިރޭޓަކުން ނެގުމަށް އަދި  ބިޑިން ޑިއުޓީ ނަގަން ފެށުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަސް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ. ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި އިރު އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން […]

އިބްރާހިމް އަސްވާޤް
ހަފްތާއަކު 4 ދުވަހު ބޭންކުތައް ހުޅުވަން ނިންމައިފި

ހަފްތާއަކު 4 ދުވަހު ބޭންކުތައް ހުޅުވަން ނިންމައިފި

އަންނަ ހަފްތާއިން ފެށިގެން ހަފްތާއަކު 4 ދުވަހު ބޭންކުތައް ހުޅުވާ ހިދުމަތްދޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފައިވަނީ ޖޫން 14 އިން 30 ވަނަ ދުވަހުގެ ނިޔަލަަށް ބޭންކުތައް ހުޅުވާ، ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ބޭންކުތައް ހުޅުވަން ނިންމާފައިވަނީ ހޯމަ، އަންގާރަ ،ބުދަ ، ބުރާސްފަތި ދުވަހުއެވެ. މިދުވަސްތަކުގައި ބޭންކުތައް ހުޅުވާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 2:00 ޖެހުމާއި ހަމައަށްކަމަށް އެމްއެމްއޭއިން ބުނެ...

އަލީ އިބްރާހިމް