ރާއްޖެއން ކޯވިޑް-19 ޖެހުނު 52.01 ޕަސަންޓު މީހުން އެ ބަލިން ރަނގަޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކުރި މައުލޫމާތުގައިވާ ގޮތުގައި ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 1010 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

Ad
rt

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 26 މީހުންނެވެ. އެކަމަކު ބަލިން 85 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް 1942 މީހަކަށް މި ބަލި ޖެހިފައިވާއިރު، މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ އޭގެ ތެރެއިން 922 މީހުންނެވެ. މިހާތަނަށް މި ބަލިޖެހިގެން ރާއްޖެއިން 8 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.