ވ. ރަކީދޫ އާއި ރ. ވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ. އެމްޓީސީސީ އިން ބުނީ ވ. ރަކީދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް މޮބިލައިޒް ވެފައިވާ ކަމަށެވެ. މި ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓަށް ހުއްދަ ލިބުނީ މިދިޔަ ޑިސެމްބަރު 26 ގައި ކަމަށާއި ޕްރޮޖެކްޓު ހަވާލު ކުރީ 19 އޮކްޓޯބަރު 2019 ގައި ކަމަށް އެމްޓީސީީ އިން ބުންޏެވެ. […]
ޝިއުނާ އާދަމް
ކޯވިޑް-19 ގެ ފުރަބަންދުގެ ހާލަތު ނިމުމަކަށް ގެނެސް، ލުއި ދިނުމުގެ ފިޔަވަހިތަކުގެ ދަށުން، ކެފޭތަކާއި ރެސްޓޯރެންޓުތައް އާންމުންނަށް ހުޅުވާލާއިރު އެތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކޮށް، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އުސޫލުގައި ކާބޯތަކެތި އުފައްދާ ތަންތަނާއި، ކާބޯތަކެތި ވިއްކާ ތަންތަނާއި، ކާބޯތަކެތި ޑެލިވަރީ ކުރުމާއި ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގ...
ޔުމްނާ ޢަލީ
ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް! ދިވެހި އާޓިސްޓުންނާއި ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ރަށުގަ ހުރެގެން ދުނިޔޭގެ ކޮންމެ ހިސާބަކަށް! ޑިވެލޮޕަރުންވެސް ވެބްސައިޓު ހަދާފަ ބޭރު މާކެޓަށް ވިއްކަންވީ! ޒުވާނުންގެ ޖީބަށް ވަގުތުން ފައިސާ! ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށުބަނދުން މިނިވަންކުރުމަށް! ޒުވާނުންވެސް ރޯނު ވަށާފައި ބޭރުގެ މާކެޓްތަކަށް ވިއްކަންވީ! ޒުވާނުންނަށް ބޭނުންވަނީ ޒަމާނީ ތަރައްޤީ! ގޭގައި ތިބެގެން ޑްރޮޕް ޝިޕިން ވިޔަފާރި ކުރުމުގެ ފުރުޞަތު! މިއީ ސިޔާސީ ޕާޓީއެއް ވެރިކަމަ...
ހުސައިން ހަބީބް
ޢުމުރުން 20 އަހަރުން ދަށުގެ ޒުވާނުންތަކެއް އުފައްދައި، ހއ. ހޯރަފުށީގައި ހަރަކާތްތެރި ވަމުންއަންނަ “ހަހެތި ޖަމްޢިއްޔާ” އިން އިންތިޒާމުކޮށް ބޭއްވި “ހޯރަ ފުރަބަންދު މަދަޙަ މުބާރާތް 1441” ގެ ނަތީޖާ ފާޅުކުރުން ރޭ ބާއްވައިފިއެވެ. ކޯވިޑް-19 ގެ ސަބަބުން ސުކޫލުތައް ބަންދުވެ، ހުރިހާ ކުދިން ގޭގައި ބަންދުވެފައި ތިބި މި ދަނޑިވަޅުގައި އެކުދިންގެ ހިތްތަކުގައި ދީނީ ރޫހު އަށަގަންނުވާ، ވާދަވެރި ރޫހެއްގައި ދީނީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި އެޖަމްޢިއްޔާއިން ބޭއްވި މި މުބާރާތް އަމާޒުކޮށްފައި ވަނީ އެރަށުގެ […]
ޝިއުނާ އާދަމް
ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ ޕީސީއާރް މެޝިން އައްޑޫ ސިޓީއަށް ލިބުމާއިއެކު އެސިޓީގައި ދުވާލަކު 100 ޓެސްޓު ހެދުމުގެ ގާބިލުކަން އިތުރުވެއްޖެއެވެ. އެސިޓީން މިހާރު ދުވާލަކު 24 ސާމްޕަލް ކޯވިޑަށް ޓެސްޓު ކުރެވޭއިރު، މިހާރު ޓެސްޓު ކުރުން ކުރިއަށްދަނީ ބަޔޯ ފަޔަރ މެޝިނެއް މެދުވެރިކޮށެވެ. އައްޑޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޝަރަފުއް ސާދާތު (ސާތު) އާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައި ވަނީ މާލެއިން އައްޑޫ އަށް ޕީސީއާރް މެޝިނެއް ލިބިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ […]
ޝިއުނާ އާދަމް
މާލޭ ޖަލުގައި މަސައްކަތް ކުރާ އޮފިސަރަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އެ އޮފިސަރު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ސަރވިސްއިން ކަނޑައަޅާފައިފާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށެވެ. އެގޮތުން އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއިއެކު އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކު...
ޔުމްނާ ޢަލީ
އިރުކޭތަ ނަމާދު ކުރުން މާދަމާ ހެނދުނު 10:30 ގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އޮންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިންބުނެފިއެވެ. އެ މިނިސްޓްރީއިން ނެރުނު ސަރކިއުލަރ އެއްގައި ބުނެފައިވަނީ މިމަހުގެ 21 ވާ އާދިއްތަ ދުވަހު އިރުކޭތައެއް ހިފާނެކަމަށާއި މި އިރުކޭތަ ހިފަންފަށާނީ ރާއްޖެ ގަޑިން އާދިއްތަ ދުވަހުގެ ހެނދުނު 09:39 ގައި ކަމަށާއި އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، […]
އިބްރާހިމް އަސްވާޤް
11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ (38އ) މައްސަލަ ނިމެންދެން ބަނދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ހުކުން ކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުން އެގޮތަށް ހުކުން ކޮށްފައިވަނީ މިއަދު ކަމަށެވެ. އަނީސް ޙިލްމީ ހައްޔަރުކޮށްފައިވަނީ، 2020 ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕް...
އަލީ އާދިލް
ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަޞީމް، މަސްޖިދުލް ބަހާއުއްދީން (މާވެޔޮ މިސްކިތް) އަށް ޒިޔާރަތްކުރައްވައި އެ މިސްކިތް ބައްލަވާލައްވައިފިއެވެ. އެމަަނިކުފާނު މާވެޔޮ މިސްކިތަށް ޒިޔާރަތް ކުރަށްވައި އެ މިސްކިތް ބައްލަވައި ލެއްވީ މިއަދުއެވެ. އެ ޒިޔާރަތުގައި ނައިބުރައީސް އަރިހުގައި އެމިސްކިތް އަމިއްލަ ޚަރަދުގައި އިމާރާތްކޮށް ދެއްވި މުހައްމަދު އަލީ ޖަނާހުވެސް ބައިވެރިވެ ލެއްވިއެވެ. ކުރިން ދެ ބުރިއަށް އަޅާފައި ހުރި މާވެޔޮ މިސްކިތް ތަޅާލައި އެތަން ފަސް ބުރިއަށް ތަރައްގީ ކުރަން ނިންމީ ކުރީގެ ރައީސް އ...
ޔުމްނާ ޢަލީ
ރާއްޖެގައި ކިޔަވައި ދެއްވާ ހުރިހާ ޓީޗަރުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ނުވަތަ ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާޢި ޔުނިސެފްގެ އިތުރުން ދިވެހި ރެޑްކްރެސެންޓާއި ގުޅިގެން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. މި ޕްރޮގްރާމްގައި އެގާރަ ހާހަށްވުރެ ގިނަ މުދައްރިސުން ތަމްރީނު ކުރަމުންދާ އިރު މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއ...
އަލީ އިބްރާހިމް
ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސް (ޕީޓީއެމް) ޖަމްޢިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު އެ ޖަމްޢިއްޔާއިން ހުޅުވާލައިފިއެވެ. މިގޮތުން ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ މުދައްރިސުންނަށާއި ހުރިހާ ޚިދުމަތް ތެރިންނަށް އެޖަމްޢިއްޔާއިން ވަނީ އެޖަމްޢިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. ޖަމްޢިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލަމުން އެ ޖަމްޢިއްޔާއިން ބުނީ އެ ޖަމްޢި...
ޔުމްނާ ޢަލީ
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އިތުރު “ކްލަސްޓާއެއް” ފެނިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ މިހާރުގެ ބަހުން ދަންނަވާނަމަ މި މައްސަލާގައި އިތުރު “ކްލަސްޓާއެއް” ވެސް ފެނިފައިވާ ކަމަށެވެ. ޝަމީމުގެ ވާހަކައިގައި ފާހަގަ ކުރެއްވީ އެމްއެމްޕީއާރްސީ ޙިޔާނާތުގައި ރާވާ އިސްކޮށް އުޅުއްވި ކަމަށް މިހާތަނަށް ފާހަގަވެފައިވަނީ ހައެއްކަ ފަރާތެއް ކަމަށެވެ. އަދި އެއީ މި ޙިޔާ...
ޔުމްނާ ޢަލީ
ކޯވިޑް-19 ޕެންޑަމިކްގައި ޞިއްޙީ ކުއްލި ޙާލަތުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން ބަލިމީހުން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ. އެ އުސޫލުގައި ކަނޑު އުޅަނދުތަކާއި ސީޕްލޭން އަދި މަތިންދާ ބޯޓުގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންދާންދާއިރު އަމަލު ކުރަންވީ ގޮތް ބަޔާންކޮށްފައިވެއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ސީޕްލޭގައި ބަލިމީހުން ގެންދާނެ ގޮތާ ގުޅޭގޮތުން ބުނެފައިވަނީ ބަލިމީހާ ދަތު...
އަލީ އާދިލް
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސަސްއިން މެޓް ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މިގޮތުން މެޓް އޮފީހުން ވަނީ ކ.އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައެވެ. ރޭ ފަތިހުގެ 4:30 އިން މިއަދު ހެނދުނު 8:30 އާއި ދެމެދު މިސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ކޮޅިގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. […]
ޖަލްވާން ޖާދުﷲ
އައްޑޫ ސިޓީ މީދޫގައި ދޮށީ އުމުރުގެ ތިން އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ޒުވާނާ ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ މައްސަލައިގައި އައްޑޫ މީދޫން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އެޒުވާނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ އަންގާރަ ދުވަހު މީދޫ ކޯޓަށް ގެންދިއުމުން ގޭބަންދަށް ބަދަލު ކުރުމަށް ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ […]
އަލީ އާދިލް