މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1002 ވަނަ ޞަފްޙާ

ކޯވިޑަށް ޕޮޒިޓިވްވި މުވައްޒަފާއި ގުޅިގެން މަޖިލިހީހުގެ 29 މުވައްޒަފަކު އެކަހެރި ކޮށްފި

ކޯވިޑަށް ޕޮޒިޓިވްވި މުވައްޒަފާއި ގުޅިގެން މަޖިލިހީހުގެ 29 މުވައްޒަފަކު އެކަހެރި ކޮށްފި

ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފާއި، ގުޅިގެން މަޖިލީހުގެ 29 މުވައްޒަފަކު އެކަހެރިވާން އަންގާފައިވާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އިއްޔެ އެވެ. ޕޮޒިޓިވް ވެފައިވަނީ މަޖިލީހުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފަކެވެ. އެ މުވައްޒަފު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިނ...

ޔުމްނާ ޢަލީ
ކަރަންޓީނުގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

ކަރަންޓީނުގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

ކަރަންޓީނު ފެސިލިޓީއެއްގައި ހުރި އަންހެނަކަށް މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ. ފުލުހުން ބުނީ ފ. ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ކަރަންޓީނުގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެ ރިސޯޓްގައި ކަރަންޓީންގައި ހުރި ފަރާތަކަށް ޖި...

ޝިއުނާ އާދަމް
ސަރުކާރުން ހުށައެޅި ބިލުން މައުލޫމާތު ހޯދާ ލިބިގަތުމަށް އަސަރުކުރޭ: ޓްރާންސްޕޭރަންސީ މޯލްޑިވްސް

ސަރުކާރުން ހުށައެޅި ބިލުން މައުލޫމާތު ހޯދާ ލިބިގަތުމަށް އަސަރުކުރޭ: ޓްރާންސްޕޭރަންސީ މޯލްޑިވްސް

ރައްޔިތުން މަޖިލިހަށް ސަރުކާރުން ހުށަހަޅާ، މިހާރު ތަޅުމުގައި ބަހުސްކުރެވެމުންދާ “އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020” އަކީ ޖުމްލަގޮތެއްގައި ވަރަށް ރަނގަޅަށް ފަރުމާކޮށްފައިވާ ބިލެއްކަމަށާއި އެހެންނަމަވެސް، މިބިލުގެ 41 ވަނަ މާއްދާގައިވާގޮތުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކުރާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ފާހަގަކޮށްފިއެވެ. އެޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޖަމިއްޔާއިން ގަބޫލުކުރާގޮތުގައި ދައުލަތުގެ މުވައްޒަފުން މަދުވ...

އިބްރާހިމް އަސްވާޤް
ރާއްޖެ ހުޅުވާލާއިރު ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއިމެދު މަސްވަރާކޮށްފި

ރާއްޖެ ހުޅުވާލާއިރު ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއިމެދު މަސްވަރާކޮށްފި

“ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ”ގެ ދެވަނަ ބައްދަލުވުމުގައި ރާއްޖޭއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނާއި އްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހިރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މަސްވަރާ ކުރައްވައިފިއެވެ. ބައްދަލުވުން ބާއްވަވާފައި ވަނީ...

އަލީ އިބްރާހިމް
ހެނބަދޫގެ ގޯތިތެރޭގައި ބޮނބި ފާ ކުރުން މަނާ ކޮށްފި

ހެނބަދޫގެ ގޯތިތެރޭގައި ބޮނބި ފާ ކުރުން މަނާ ކޮށްފި

ނ އަތޮޅު ހެނބަދޫގައި ގޯތިތެރޭގައި ބޮނބި ފާ ކުރުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. އެރަށު ކައުންސިލުން ނެރެފައިވާ ހާއްސަ އެންގުމެއްގައި ބުނެފައިވަނީ ހުޅަނގު މޫސުމަކީ ރަށުގައި މަދިރި އާލާވެ، މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެށްކަމަށްވާ ޑެންގޫ އާއި ޗިކަންގުންޔާ ފަދަ ބަލިތަށް ފެތުރޭ ދުވަސްވަރަކަށް ވާތީވެ އެކަން މަނާކުރީކަމަށެވެ. މީގެ އިތުރުން އެނޫސްބަޔާނުގައިވަނީ ބޮނބި ފާ ކުރުމަށްޓަކައި ގޯތިތެރޭގައި އެކި ފާޑުފާޑުގެ ހަންބުރިތަކަށް ފެން އަޅާ ބެހެއްޓުމަކީ ވެސް މަނާކަމެއްގެ ގޮތުގައިކަމަށާއި...

އަލީ އިބްރާހިމް
"ދަ ރިންގް އޮފް ފަޔަރ" 2020 ގެ ފުރަތަމަ އިރުކޭތަ، މިމަހުގެ 21 ގައި

"ދަ ރިންގް އޮފް ފަޔަރ" 2020 ގެ ފުރަތަމަ އިރުކޭތަ، މިމަހުގެ 21 ގައި

2020 ވަނަ އަހަރުގެ މިހާތަނަށް އައި އިރު، ދެ ހަނދުކޭތަ ހިފާފައިވާއިރު މި ހިނގާ މަހުގެ 21 ވާ އާދިއްތަ ދުވަހު، 2020 ވަނަ އަހަރުގެ ފުރަތަމަ އިރުކޭތަ ހިފާނެއެވެ. މި އިރުކޭތަ އެންމެ ރީތިކޮން ފެންނަ ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ. މިހާ ރީތިކޮން މީގެ އިރުކޭތައެއް ދެން އިންޑިޔާއަށް ފެންނާނީ 11 އަހަރު ފަހުން 2031 ވަނަ އަހަރުއެވެ. އިންޑިއާގެ ނިއުދިއްލީއަށް ހިފަން ފަށާނީ އެ ތާނގެ ގަޑިން 10:20 ގައެވެ. ” ދަ […]

އަޙްމަދު ވަހީދު
ޓެލިކިލާހުގެ ގަޑިތަކަށް ބަދަލުގެންނަން ވިސްނަނީ

ޓެލިކިލާހުގެ ގަޑިތަކަށް ބަދަލުގެންނަން ވިސްނަނީ

ޖުލައި އެއްވަނަ ދުވަހު ކިޔެވުން ފެށުމުން، ޓެލެކިލާސްތަކުގެ ގަޑިތަކަށް ބަދަލު ގެނައުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ. އެންއީއޯސީގައި ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވާ ކަމަށެވެ. މިހާރު ޓެލިކިލާސްތައް އޮންނަނީ ހެނދުނު 9:30 އިން ހަވީރު 18:00 އަށެވެ. މިހާރު ގަޑިތައް އޮންނ...

ޔުމްނާ ޢަލީ
ކައުންސިލްތައް ހިންގާނެ ގޮތުގެ އުސޫލުގައިވާ ކައުންސިލްތަކުގެ ރައީސް، ނައިބު ރައީސް ލިސްޓުގައި އޮޅުން؟

ކައުންސިލްތައް ހިންގާނެ ގޮތުގެ އުސޫލުގައިވާ ކައުންސިލްތަކުގެ ރައީސް، ނައިބު ރައީސް ލިސްޓުގައި އޮޅުން؟

ކައުންސިލްތަކުގެ ދައުރު ދަންމާލަން އެކުލަވާލި ޤާނޫނު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ ދަށުން، ކައުންސިލްތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ އާންމުކުރި އިރު، މިއުޞޫލުގެ ޖަދުވަލު 1 ގައިވާ އެ އުސޫލަށް އަމަލުކުރަން ފެށިއިރު ތިބި ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ލިސްޓްގައި ބޮޑެތި އޮޅުންތަކެއް ހުރިކަން ފާހަގަ ވެއްޖެއެވެ. މި އުޞޫލުގެ ތިންވަނަ ބާބުގެ (ހ) ގައި ބުނެފައިވަނީ ކައުންސިލްގެ ރައީސާއި ނައިބު […]

އަލީ އާދިލް
ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު އދގެ  އެޖެންސީ ތަކަށް ދެއްވައިފި

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު އދގެ އެޖެންސީ ތަކަށް ދެއްވައިފި

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އދގެ އެޖެންސީ ތަކަށް ދެއްވައިފިއެވެ. މައުލޫމާތުތައް ހިއްސާކޮށްފައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީއެއްގެ އިސް ފަރާތްތަކާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވި ބައްދަލުވުމުގައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮން ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، މިހާލަތުގައި އދ އާއި އދގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝާހި...

އަލީ އިބްރާހިމް
1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެ: ރައީސް

1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެ: ރައީސް

ކޯވިޑް19 ބައްޔާގުޅިގެން 1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެކަމަށް “ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ”ގެ ފުރަތަމަ ބައްދަލުވުން ބާއްވަވައި ޓާސްކްފޯސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގަގެ މަޢުލޫމަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އޮޅުންފިލުއްވައި ދެއްކެވި ވާހަކައިގައި ވިދާޅުވެއްޖެއެވެ. މި ބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޓާސްކްފޯސް އުފެއްދެވުމުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކ...

އިބްރާހިމް އަސްވާޤް
ކައުންސިލުންތަކަށް ކުރިމަތިލި ކެންޑިޑޭޓުން، ނަން ނެގުމުގެ ފުރުޞަތު ހުޅުވާލަނީ

ކައުންސިލުންތަކަށް ކުރިމަތިލި ކެންޑިޑޭޓުން، ނަން ނެގުމުގެ ފުރުޞަތު ހުޅުވާލަނީ

މިއަހަރު އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ޢިއުލާނު ކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން އަނބުރާ ނަން ނަގަން ބޭނުންވާ ކެނޑިޑޭޓުންނަށް އެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ. އަކުރަމް ވިދާޅުވީ ކެނޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ ކެނޑިޑޭޓުންނަށް ނަން ނެގުމުގެ ފުރުޞަތު، ޤާނޫނު ނަމްބަރު 3/2020 ގެ ދަށުން ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށެވެ. […]

ޔުމްނާ ޢަލީ
އަންހެނުންނަށް އަސާސީ ޚިދުމަތް ފޯރުކޮށް ނުދީ މާލެ ވަށައިގެން އޮތްހާތަނެއް ހިއްކީމައި ދެއްކުނު ވާހަކައެއް ދިމަލެއްނުވޭ: މެމްބަރު ޢަލީ

އަންހެނުންނަށް އަސާސީ ޚިދުމަތް ފޯރުކޮށް ނުދީ މާލެ ވަށައިގެން އޮތްހާތަނެއް ހިއްކީމައި ދެއްކުނު ވާހަކައެއް ދިމަލެއްނުވޭ: މެމްބަރު ޢަލީ

ކެމްޕެއިންގައި ޖަޒީރާ ރާއްޖޭގެ ވާހަކައާއި، ލާމަރުކަޒީ ވާހަކަ ދެއްކިއިރު ރަށްރަށުގެ އަންހެނުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދީ، އަނެއްކާ ތިންވަނަ ފަހަރަށް މާލޭގެ މަގުތައް ހަދައި، މާލޭގައި ވަށައިގެން އޮތިއްޔާ އޮތްހާ ތަނެއް ހިއްކައި، ބްރިޖުއަޅަން ދިމާކުރީމައި ދައްކާ ވާހަކައަކާއި ކުރާ ކަމަކާ ދިމާނުވާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މެމްބަރު ޢަލީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅ...

ޔުމްނާ ޢަލީ
ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލަކީ މި ސަރުކާރުން ކޮށްފައިވާ އިސްލާހީ މަސައްކަތުގެ ނަތީޖާ: އަލީ ނަޒީރު

ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލަކީ މި ސަރުކާރުން ކޮށްފައިވާ އިސްލާހީ މަސައްކަތުގެ ނަތީޖާ: އަލީ ނަޒީރު

ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލަކީ މި ސަރުކާރުން ކޮށްފައިވާ އިސްލާހީ މަސައްކަތުގެ ނަތީޖާ ކަމަށާއި، ފުލުހުންގެ މުއައްސަސާއަށް އައިސްފައިވާ ބަދަލު މިންކުރަން ވާނީ މާޒީގައި ފުލުހުން ހިންގާފައިވާ ކަންކަމުގެ ބަދަލުގައި މިހާރު ފުލުހުން ރައްޔިތުންނާ މުއާމަލާތް ކުރާގޮތަށް ބަލައިގެން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް އިސްލާހީ ބަދަލު ގެނައުމަކީ ރައީސް މުހައްމަދު ސޯލިހުގެ...

އަލީ އާދިލް
ގައުމު އޮޔާ ދާއިރު މަޖިލީހުން އުޅެނީ ފުލުހުން ސޯޓް ނުލެއްވިގެން: ނަވާޒް

ގައުމު އޮޔާ ދާއިރު މަޖިލީހުން އުޅެނީ ފުލުހުން ސޯޓް ނުލެއްވިގެން: ނަވާޒް

ގައުމު އޮޔާ ދާއިރު ރައްޔިތުންގެ މަޖިލީހުން އުޅެނީ ފުލުހުން ސޯޓް ނުލެއްވިގެންކަމަށް ރައީސް ޔާމިންގެ ސަރުކާރުގެ ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރުއްވި އަބުދު ﷲ ނަވާޒް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރުން ފުލުހުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒް ހޫނު ރައްދެއް ދެއްވަމުން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ މަޖިލީހުން ނިއްމައިފިނަމަ ފުލުހުންނަށް ސޯޓްވެސް ލެވިދާނެ ކަމަށާއި އެ...

އަލީ އާދިލް
މިއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތެއްނޫން، އެންމެ ރަނގަޅީ 2022 ގައި: އަމީރު

މިއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތެއްނޫން، އެންމެ ރަނގަޅީ 2022 ގައި: އަމީރު

މުޅި ދުނިޔޭގެ އިގްތިސާދު އަނދަވަޅަށް ވެއްޓިފައިވުމާއި ރާއްޖޭގެ އިގްތިސާދު ވެސް ދުވަހަކު ނުދާވަރަށް ދަށަށް ގޮސްފައި ވާތީ، މި ވަގުތު މިނިމަމް ވޭޖް ކަނޑައެޅުމަށް ނުފެންނަ ކަމަށާއި އެކަން ކުރަންވީ 2022 ވަނަ އަހަރުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ފޮނުއްވާފައިވާ މިނިމަމް ވޭޖް ރިޕޯޓާ ގުޅޭގޮތުން ލަފާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން މިނިސްޓަރ އޮފް ފިނޭންސްއާއާއެކު ބޭއްވި ބައްދަލުވ...

އަލީ އާދިލް