ކޮރަޕްޝަނަށް މަގުފަހިވާގޮތައް ސީޕްލޭން ޓާމިނަލް (ޓީއެމްއޭ) ދޭން އުޅުނީ މި ސަރުކާރުން ނޫންކަމަށާއި، ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭއަށް 55 މިލިއަން ޑޮލަރުގެ ޓާމިނަލުގެ ކަންކަން ނިންމާފައިވަނިކޮށް، ރައީސް ސޯލިހުގެ ސަރުކާރުން އެކ...
އަލީ އާދިލް
ވަޒީފާއާއިބެހޭ ޤާނޫނު އިސްލާހުވެގެންދާނީ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކައް ރިއާޔަތް ކުރެވިގެން ކަމަށް ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބުދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ. މެމްބަރު އަބުދުﷲ ވަޙީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއާއިބެހޭ ޤާނޫނު އިސްލާހުވެގެންދާނީ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކައް ރިއާޔަތް ކުރެވިގެން ކަމަށެވެ. އަދި އެމަސައްކަތް އެމަގުންކުރައްވާނެ ކަމަށްވެސް މެމްބަރު ވިދާޅުވެފައި ވެއެވެ. މިހާރު މަޖްލިސްއަށް ސަރުކާރުގެ ފަރާތުން ކެނދި ކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު...
ޔުމްނާ ޢަލީ
ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެވޭ ބަދަލުތައް ވާންޖެހޭނީ މިހާރު އޮތް ގޮތަށްވުރެ ރަނގަޅު ބަދަލަކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ޢަބުދުﷲ ވިދާޅުވެއެޖެއެވެ. މެމްބަރު އަޙުމަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެވޭ ބަދަލުތައް ވާންޖެހޭނީ މިހާރު އޮތް ގޮތަށްވުރެ ރަނގަޅު ބަދަލަކަށް ކަމަށެވެ. އަދި އެބަދަލުތައް ވާންޖެހޭނީ ވަޒީފާގެ ޔަޤީންކަން ލިބިދޭ ހައްޤުތައް ކަށަވަރުވާނެ ބަދަލަކަށް ކަމަށްވެސް މެމްބަރު ވިދާޅުވެފައިވެއެވެ. މިހާރު މަޖްލިސްއަށް ސަރުކާރުގެ ފަރާތުން ކ...
އަލީ އާދިލް
މަޖިލީހުގެ ބައްދަލުވުމެއް ކަނޑު އަޑީގައި ބޭއްވުމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ގޮވާލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް މޫސުމީ މައްސަލަތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވޭކަން ފާހަގަ ކުރައްވާ މެމްބަރު އިކްރާމް ވިދާޅުވީ، އެ މަސައްކަތްތައް ދުނިޔޭގެ ސަމާލުކަމަށް އިތުރަށް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ ބައްދަލުވުމެއް ކަނޑުގެ އަޑީގައި ބޭއްވުމަށް ގޮވާލާކަމަށެވެ. “އަޅުގަނޑުމެން އެބަޖެހޭ މިއަދު މުޅި ދުނިޔެއަށް މިވާހަކަ އަޑުއިވޭނެ ކޮންމެސް ގޮތެއް ހަދަން… އަޅުގަނ...
ޔުމްނާ ޢަލީ
ސެކަންޑަރީ ސުކޫލު ސެޓްފިކެޓު (އެސްއެސްސީ) ގައި ގުރުއާން މާއްދާއިން ޓެސްޓު ހަދަން ޖެހޭތީ ބައެއް ބެލިނިވެރިން ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ. ބެލެނިވެރިންގެ ފަރާތުން އެ ޕެޓިޝަން ސްޕޮންސާކޮށް މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ. 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ޕެޓިޝަން އިއްވަވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ޕެޓިޝަނުގައި ޖުމްލަ 18 ސުކޫލަކުން 400 […]
އިބްރާހިމް އަސްވާޤް
ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފް ވަކިކޮށްފައި ހޯރަ އިއްބެއާއި ޖެންޑަރ މިނިސްޓްރީ ހަވާލުކުރަން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ގޮވާލައިފި އެވެ. މޮސްޓާ މިހެން ގޮވާލީ ޖެންޑާ މިނިސްޓްރީގެ އިހުމާލާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ އިއްޔެގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ. ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މޮސްޓާ ބުނެފައި ވަނީ މި މައްސަލައަކީ އެ ސަރުކާރު، މި ސ...
އަލީ އާދިލް
ރައްޔިތުން މަޖިލިސް މެންބަރުން ބޭނުން ކުރެއްވި 60 ކޮމްޕިއުޓަރު އައްޑޫ ސިޓީ ހިތަދޫ ސުކޫލްއަށް ހަދިޔާކޮށްފި އެވެ. މަޖިލިސް މިއަހަރަށް ހުޅުވައި މިއަދު ބޭއްވި ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ފައްޓަވައި، ރިޔާސަތުން އަންގަވާ މުހިންމު އެންގުމެއްގެ ގޮތުގައި، މަޖިލީހުގެ ރައީސް ވަނީ މިކަން އިއުލާން ކުރައްވާފަ އެވެ. ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ މަރާމާތުކުރުމަށްފަހު މަޖިލީހުގެ 60 މެންބަރަކު ބޭނުންކުރެއްވި ކޮމްޕިއުޓަރ ތަކެއް، އައްޑޫ ސިޓީ ސިޓީ ހިތަދޫ ސުކޫލް އަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިންނ...
އަލީ އާދިލް
ބޮޑެތި އިސްލާހްތަކާއި އެކު ލާމަރުކަޒީ ބިލް މަޖިލީހުން ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވަނީ މިހާރު ކުރިއަށްދާ މަޖިލިސް ޖަލްސާގައެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ. އެ އިސްލާހު ލާމަރުކަޒީ ކޮމިޓީއިން ދިރާސާކޮށްގެން ތަޅުމާ ހަަމައ...
އިބްރާހިމް އަސްވާޤް
ޖެނުއަރީ މަހުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ނިންމައި، އިންކަމް ޓެކްސްގެ ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ބިލު މުޅި މަޖިލިހުގެ ކޮމިޓީއަކުން ދިރާސާކޮށް ވިއްސަށް ވުރެ ގިނަ އިސްލާހު ހުށަހެޅި އެވެ. އަދި މަޖިލިހުން ބިލް ފާސްކުރީ މަޖިލިހުގެ ތަޅުމަށް ހުށަހެޅި އިސްލާހުތަކާ ވެސް އެކުގަ އެވެ. ފަސްދޮޅަސް ހާސް ރުފިޔާއަށްވުރެ މަތިން އާމުދަނީ ލިބޭ މީހުންގެ އަތުން އިންކަމް […]
އިބްރާހިމް އަސްވާޤް
ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނެގުމާއި މެދު ޔާސިރާއި ރާއީވެސް ދެކޮޅުކަމަށް ހާމަކޮށްފިއެވެ. މިކަމާއި ދެކޮޅުކަން ހާމަކުރައްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޔާސިރު ލަތީފް “މަޖިލީހުން ނަގާ ވޯޓަކުން ކައުންސިލަރުއިން ވަކިކުރެވޭ ގޮތް ހަދަނީ” މިސުރުހީގެ ދަށުން އޮތް ހަބަރެއްގެ ފޮޓޯ ހިމަނުއްވާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އެބޭފުޅާއަށް ފެންނަ ގޮތުގައި މިއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. މިކަމާއި ގުޅިގެން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ޔާސިރު އިތުރަށް ވިދާޅުވީ މަޖި...
އިބްރާހިމް އަސްވާޤް
ލޯކަލް ކައުންސިލްތަކަށް އިންތިހާބު ކުރާ މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖްލީހަށް ލިބޭ ގޮތަށް މަޖްލީހުގެ ލާމަރުކަޒީ ކޮމިޓީއިން ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އެ އިސްލާހަށް ކޮމިޓީ މަރުހަލާއިންވެސް ވަނީ ގިނަ ބަދަލުތަކެއް ގެެނެސްފައެވެ. މިގޮތުން ރައްޔިތުންގެ މަޖްލީހުގެ ރުހުމާއި އެކު ކައުންސިލަރުން އަދި މޭޔަރުންނަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމެންޓު އޮތޯރި...
އިބްރާހިމް އަސްވާޤް
ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށައެޅުއްވި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއަދު ފާސްކުރި އިސްލާހަކީ ގާނޫނުއަސާސީގެ އަށްވަނަ ބާބަށް ހުށަހެޅި އިސްލާހުތަކެކެވެ. މީގައި ހިމެނެނީ ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން، އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ރައީސުންނާއި އެ...
މަރްޔަމް ސިމާނާ
އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އެދި ޖާބިރުގެ ގަރާރެއް މަޖިލީހަށް ހުށައަޅައިފިއެވެ. ޖާބިރު ހުށައެޅުއްވި ގަރާރުގައިވަނީ ދިވެހިރާއްޖޭގައި ބޭއްވޭ ކޮންމެ ރިޔާސީ އިންތިޚާބަކީ، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވާދަކުރެވޭ ގޮތުގެމަތިން ބޭއްވޭ މިނިވަން އިންތިޚާބަކަށް ވާންޖެހޭއިރު، 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އިބްރާހީމް އިންތިޚާބު ވެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނ...
އިބްރާހިމް އަސްވާޤް
ދިނީ ޢިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެމްބަރ ޑރ. އަފްރާޝީމް ޢަލީ އަވަރާކޮށްލިގޮތާބެހޭ ރިޕޯރޓްގެ ޚުލާސާ ރައްޔިތުންގެ މަޖިލީގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްވާނެކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ. މަރާލައިފައިވާ މީހުންނާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގްކުރާ ކޮމިޝަނުން އެކުލާލެއްވި ރިޕޯރޓް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާބެހޭ މުއައްސަސާތަކާ ޙިއްސާކުރައްވައިފައެވެ. ރިޕޯޓު ޙިއްސާކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އ...
އިބްރާހިމް އަސްވާޤް
ކުޑަކުދިން ބަލިތަކުން ސަލާމަތް ކުރުމުގެ ބޭނުމުގައި ވެކްސިން ދިނުން މަޖުބޫރުކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ބިލް މަޖިލިހުންގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުން ފާސް ކޮށްފިއެވެ. ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ބިލްގެ މަގްސަދުގެ ގޮތުގައި ވަނީ ކުޑަކުދިންނަށް އަޅާނުލައި، އިހުމާލުވާ އަދި އިހާނެތިކޮށް ހިތާ މީހުންނާއި އެ ކުދިންގެ ކިބައިން ނާޖައިޒު ފައިދާ ހޯދާ މީހުންނަށް ފިޔަވަޅު އެޅުމެވެ. އަދި އެ...
ފާތިމަތު ސިނާޒާ