ހުޅުމާލޭގައި “ހުޅުމާލެ ގްރޭންޑް މިސްކިތް” ނަމުގައި ފަޚުރުވެރި ބިނާއެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން، އިސްލާމީ ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ދިވެހީންގެ ދެދުނިޔޭގެ ސަލާމަތަކީ މާތްވެގެންވާ...
ޔުމްނާ ޢަލީ
ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހިންގާ އެއްވެސް ފަރާތެއްގެ މައްސަލަ ހެއްކާއެކު ހުށަހަޅައިފިނަމަ، އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމުގައި ކުޑަކޮށްވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މިކަމުގެ ޔަގީންކަން ދެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ، ކޮރަޕްޝަނާއި ވައް...
ޔުމްނާ ޢަލީ
މި ސަރުކާރަކީ ވީހާވެސް ބޮޑަކަށް ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ސަރުކާރަކަށް ހެއްދެވުމަށްޓަކައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ޚާއްސަ އޮފީހެއް ގާއިމުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ. މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، “ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯ”ގެ ނަމުގައި މި އޮފީސް ގާއިމުކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. އަދި މިއީ 24 ގަޑިއިރު ޚިދުމަތް ދޭނޭ ތަނެއްގެ ގ...
ޔުމްނާ ޢަލީ
ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ސީދާ ރައްޔިތުންނަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާނު ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ކޮންމެ ރައްޔިތަކަށް އަހަރަކު 400 ޑޮލަރު ރައީސް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 އެމެރިކާ ޑޮލަރު […]
ޔުމްނާ ޢަލީ
ށ. ފުނަދޫގައި ތަރައްގީކުރާ އެމްއެންޑީއެފް އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަންގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެ ތަން ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ކުރަމ...
ޔުމްނާ ޢަލީ
ފޯޅަވައްސާއި ރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން ކަށަވަރުވާތީ، އެ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން އިއުތިރާޒުކޮށް، ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ފޯޅަވައްސަކީ އެއްވެސް އިސްތިއުމާރީ ބާރެއް މި ސަރަހައްދަށް އައުމުގެ އެތައް ގަރުނެއް ކުރިއްސުރެ ދިވެހިން...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ (އީ.އީ.ޒެޑް) ކުރީގެ ސަރުކާރުން ދޫކޮށްލި ސަރަޙައްދު ހިމެނޭހެން، ރާއްޖޭގެ ޤާނޫނުގައި ކަނޑައަޅާފައިވާ ފުރިހަމަ ސަރަޙައްދު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާންކުރައްވައިފިއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލޭގޮތަށް ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނާބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމި ނިންމުމަކީ ދިވެހި ދައުލަތުން ޤަބޫލުކުރާނެ ނިންމުމެއް ނޫން ކަމަށެވެ. އަދ...
ޝިއުނާ އާދަމް
އިންޑިއާގެ ލޯކްސަބާގެ ރައީސް ޝްރީ އޯމް ބިރްލާ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުުއްރަހީމް އަބްދުﷲ އާ ބައްދަލުކުރައްވައި، ބަރުލަމާނީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އޯމް ބިރްލާ ވަނީ މިހާރު ކުރިއަށްދާ ކޮންފަރެންސްގައި ދިވެހި ވަފުދުން ބައިވެރިވީތީ އެކަން ފާހަގަކުރައްވައި ތައުރީފު ކުރައްވާފައެވެ. ”ސްޕީކަރ އޮފް ލޮކްސަބާ” ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮ...
ޔުމްނާ ޢަލީ
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރާއްޖޭގެ ހާލަތު ބަޔާންކޮށްދީ އަދި ކުރިއަށް އޮތް އަހަރަށް ސަރުކާރުން ގެންގުޅޭނެ ސިޔ...
ޝިއުނާ އާދަމް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް)ގެ ރައީސް ކަމަށް، އެ ކޮމިޝަންގެ މެންބަރު އަދި ކުރީގެ ވަޒީރު ޑރ. އާއިޝަތު ރަމީލާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އެމަގާމަށް ރަމީލާ އަށް މަޖިލީހުން ރުހުން ދިނީ މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޚާއްޞަ ދެވަނަ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން 38 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ އެޗްއާރުސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނު...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް ކޮމެޓީ މަރުހަލާއިން ނިމިގެން އަންނައިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރެވޭނެ މަގު ފަހިވެފައި އޮތުމަކީ އުންމީދެއްކަމަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބުދުލްގާދިރު (ހަސަނާ) މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ހަސަނާ ވިދާޅުވީ، ކޮމެޓީ މަރުހަލާގައި ފަރުދުންނަށް ބޭނުންވާ މުހިންމު...
ޝިއުނާ އާދަމް
12 މަހަށްވުރެ ގިނަ ދުވަހު ދިރިހުރުން ނާދިރުކަމަށް ޚާއްޞަ ޑޮކްޓަރަކު ކަނޑައަޅާ ބަލިމީހުންނަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު (ހަސަނާ) އެވެ. މެމްބަރު ހަސަނާގެ އިސްލާޙްގައިވާގޮތުން މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއަކު ޓަރމިނަލް އިލްނަސް ހާލަތެއްގައި އޭނާގެ ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކޮ...
ޝިއުނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޚާއްޞަ ޖަލްސާއެއް ބާއްވަން އަންނަ ހޯމަ (މާދަމާ އަށް) ދުވަހަށް ތާވަލުކޮށްފިއެވެ. މާދަމާ ހެނދުނު 9:00 ގައި ފަށާ މި ޖަލްސާގެ އެޖެންޑާ މިހާރު މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައިވާއިރު، މާދަމާގެ ޖަލްސާގައި ތިން ބިލެއް މަޖިލީހަށް ތަޢާރަފްކޮށް، އެ ބިލުތަކުގެ އިބުތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ނިންމާފައެވެ. އެ ބިލުތަކަކީ، ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއ...
ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ. މަޖިލީހުގެ މެޖޯރިޓީ ލިޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް ހުށަހެޅުއްވި މި އިސްލާހުގެ ދަށުން، އާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭ ތާރީޚަކީ ކޮންމެ ފަސް އަހަރަކުން އެއ...
ޔުމްނާ ޢަލީ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް މަގުފަހިކުރާ ގޮތަށް، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި މި ބިލު ފާސްކުރަން ފެނޭތޯ ނެގި ވޯޓުގައި، މި ބިލު ފާސްވީ މަޖިލީހުގެ 65 މެންބަރުންގެ އިއްތިފާޤުންނެވެ. މި އިސްލާޙުތަކުގެ އެންމެ ބޮޑު ބަދަލަކީ، ކަނޑައެޅިފައިވާ ވަކި މިނ...
ޔުމްނާ ޢަލީ