މައި ޚަބަރަށް ދިޔުމަށް

މަޖިލިސް

828 ޝާއިޢުކުރެވިފައިވާ ލިޔުން

މަޖިލިސް - 4 ވަނަ ޞަފްޙާ

ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލު ގެންނަވައި އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ބަދަލާއެކު ރައީސް ވަނީ ކެބިނެޓުގެ މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް ކުޑަކުރައްވާފައެވެ. މި ބަދަލުގެ ދަށުން އަލަށް އައްޔަން ކުރެއްވި ފަސް ވަޒީރުންނާއި، މެންޑޭޓަށް ބަދަލު ގެނެސް އަލުން އައްޔަން ކުރެއްވި ނުވަ ވަޒީރުން ހިމެނޭހެން ޖުމްލަ 14 ބޭފުޅެއްގެ ނަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފްތާގެ […]

ޝިއުނާ އާދަމް
މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލާގެ ހުކުމް އިއްވަން ތާވަލްކޮށްފި

މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލާގެ ހުކުމް އިއްވަން ތާވަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގެ އަޑުއެހުންތައް މިމަހު ވަނީ ނިންމާލައިފަ އެވެ. އެ މައްސަލާގެ ހުކުމް އަންނަ ބުދަ ދުވަހުގެ ހެނދުނު އިއްވަން މިހާރު ވަނީ ތާވަލްކޮށްފަ […]

ހުސައިން ހަބީބް
މައުރޫފްގެ ބިލަކީ ''އެހުމުން ވައްކަންކޮށްގެން ހުށަހަޅާފައިވާ ބިލެއް'': ޝުޖާޢު

މައުރޫފްގެ ބިލަކީ ''އެހުމުން ވައްކަންކޮށްގެން ހުށަހަޅާފައިވާ ބިލެއް'': ޝުޖާޢު

ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފު ޒާކިރު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހަކީ ސަރުކާރުން ކުރަމުންދިޔަ މަޝްވަރާތަކެއްގެ ތެރެއިން “އެހުމުން ވައްކަންކޮށްގެން” ހުށަހަޅާފައިވާ ބިލެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ތުހުމަތުކުރަށްވައިފިއެވެ. ޝުޖާއު މިހެން ވިދާޅުވީ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ، އެ ނެގި ބާވަތުން (ޑޮލަރުން ނަމަ ޑޮލަރުން) މުވައްޒަފުންނަށް ދިނުމަށް ލާޒިމުކޮށް މައުރޫފް މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސް...

އަލީ އާދިލް
ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭނީ ވޯޓު ދިންގޮތައް ބަލައިގެންނެއްނޫން: މުއްތަލިބް

ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭނީ ވޯޓު ދިންގޮތައް ބަލައިގެންނެއްނޫން: މުއްތަލިބް

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި، އިންތިޚާބުތަކުގައި ރައްޔިތުން ވޯޓު ދިން ގޮތަކަށް ނުބަލާނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގައި އިދިކޮޅު ކައުންސިލަރުން އިންތިޚާބުވި ރަށްރަށުގެ މަޝްރޫއ...

ޔުމްނާ ޢަލީ
ސިނާން ހިތަދޫ އުތުރު ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ޕީއެންސީ ޓިކެޓަށް ވާދަކުރައްވަނީ

ސިނާން ހިތަދޫ އުތުރު ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ޕީއެންސީ ޓިކެޓަށް ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ނިންމަވައި އެކަން ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން 12 އޭޕްރިލް 2025 ގައި ކުރި ހުކުމާ ގުޅިގެންނެވެ. މި ހުކުމާ އެކު އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމ...

ޔުމްނާ ޢަލީ
އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ: ފަލާހް

އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ: ފަލާހް

އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު މިފަދައިން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް މަޖިލީހަށް ހުށަހެޅުއްވާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ. ފަލާހް ވިދާޅުވީ މިސްކިތްތަކަށް ގެއްލުން ދިނު...

އަލީ އާދިލް
މައި ދެ އިންތިޚާބު އެއްކޮން ބާއްވަން މަޖިލީހުން ފާސްކޮށްފި

މައި ދެ އިންތިޚާބު އެއްކޮން ބާއްވަން މަޖިލީހުން ފާސްކޮށްފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ތާއީދާއެކުގައެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަމައެކަނި އަމިއްލަ މެންބަރު އަބްދުއްރަހުމާނެވެ. މި އިސްލާހު ފާސްކުރުމުގެ މަރުހަލާގައި އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުން ވޯޓ...

ޔުމްނާ ޢަލީ
ރާއްޖޭގެ ފުރަތަމަ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް ރައްޔިތުންގެ މަޖިލީހުން އިފްތިތާހުކޮށްފި

ރާއްޖޭގެ ފުރަތަމަ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް ރައްޔިތުންގެ މަޖިލީހުން އިފްތިތާހުކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްފިއެވެ. މި ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، އެ ޕެޓިޝަންތަކަށް ތާއީދުކޮށް ސޮއިކުރުމުގެ އިތުރުން، ހުށަހަޅާފައިވާ ޕެޓިޝަންތައް ކުރިއަށްދާ ގޮތް ފަސޭހަކަމާއެކު ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޕެޓިޝަން ހުށަހަޅާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، މި ނިޒާމު ފަރުމާކޮށްފައިވަނީ ސަރުކާރުގެ...

ޔުމްނާ ޢަލީ
ކުރިއަށް އޮތް 22 މަސް ދުވަހު 110 ރަށުގެ މަގުހެދުމުގެ މަޝްރޫއު ނިންމުމުގެ އަމާޒު

ކުރިއަށް އޮތް 22 މަސް ދުވަހު 110 ރަށުގެ މަގުހެދުމުގެ މަޝްރޫއު ނިންމުމުގެ އަމާޒު

ރާއްޖޭގެ 110 ރަށެއްގެ މަގުހެދުމުގެ މަޝްރޫއު، ކުރިއަށް އޮތް 22 މަސް ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ އެއްގަމު މަގުން ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 6 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ...

ޔުމްނާ ޢަލީ
އިހަވަންދޫ ހިމެނޭހެން އަށް ރަށެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް 15 މަސްތެރޭ ނިންމަނީ

އިހަވަންދޫ ހިމެނޭހެން އަށް ރަށެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް 15 މަސްތެރޭ ނިންމަނީ

ރާއްޖޭގެ އަށް ރަށެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް ކުރިއަށް އޮތް 15 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެ...

ޔުމްނާ ޢަލީ
2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއަރ"

2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއަރ"

2027 ވަނަ އަހަރަކީ “ވިޒިޓް މޯލްޑިވްސް އިއަރ” ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ. ރައީސް މިކަން އިޢުލާން ކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފާއިތުވެދިޔަ އަހަރަކީ ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އަހަރެއް ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއ...

ޔުމްނާ ޢަލީ
ވެރިކަމާއި ހަވާލުވިފަހުން 21,174 ވަޒީފާ ދިވެހި އިޤްތިޞާދުގައި ވަނީ އުފެއްދިފައި: ރައީސް

ވެރިކަމާއި ހަވާލުވިފަހުން 21,174 ވަޒީފާ ދިވެހި އިޤްތިޞާދުގައި ވަނީ އުފެއްދިފައި: ރައީސް

މި ސަރުކާރު ވެރިކަމާ ހަވާލުވި 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ އިޤްތިޞާދުގައި 21,174 ވަޒީފާގެ ފުރުސަތު އަލަށް އުފައްދާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ ސިންދަފާތުކުރުމަށް ތައުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި އެކި އުމުރު ފުރާގެ ދިވެހިން އިތުރު ކުރުމަށް ކަނޑައަޅާ ތަންފީޒުކުރަމުންދާ ސިޔާސަތުތަކުގެ ނަތީޖާ ފެންނ...

ޔުމްނާ ޢަލީ
''ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އިސްކުރަނީ އަވަށްޓެރިންނާއި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުން''

''ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އިސްކުރަނީ އަވަށްޓެރިންނާއި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުން''

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އަވަށްޓެރި ޤައުމުތަކާއި އިސްލާމީ އުއްމަތުގެ ޤައުމުތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުންނެވެ. ރައީސް ވިދާޅުވީ ދައުލަތް ދިފާޢުކުރުމުގައި ޤައުމުގެ ޢަޤީދާއާއި އަމިއްލަވަންތަކަމާއި ދިފާޢީ ލަޝްކަރު ހަރުދަނާވުމާއެކު، ބޭރު ދުނިޔެއާ އޮނ...

ޝިއުނާ އާދަމް
ކަނޑުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު 17 އުޅަނދު މިއަހަރު ޚިދުމަތަށް ނެރެނީ

ކަނޑުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު 17 އުޅަނދު މިއަހަރު ޚިދުމަތަށް ނެރެނީ

ދިވެހި އަސްކަރިއްޔާއިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު 17 އުޅަނދު މިއަހަރުގެ ތެރޭގައި ޚިދުމަތަށް ނެރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ޤައުމުގެ ޝަރަފުވެރި ސިޔާދަތާއި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓައި، ދިފާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައި...

ޝިއުނާ އާދަމް
އިޙްތިރާމުކުރުމުގެ ސިފަ އަށަގެންނެވުމުގެ ޤައުމީ މަޝްރޫޢެއް މިއަހަރު ފަށަނީ

އިޙްތިރާމުކުރުމުގެ ސިފަ އަށަގެންނެވުމުގެ ޤައުމީ މަޝްރޫޢެއް މިއަހަރު ފަށަނީ

ދިވެހީންގެ މާތް އަޚްލާޤާއި އަދަބުވެރި ގޮތްތައް އިޔާދަކުރުމަށްޓަކައި “އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް” މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ބިނާތަކާއި އިމާރާތްތަކަކީ ތަރިކައިގެ މާއްދީ ބައި ކަމުގައިވީ ނަމަވެސް، ތަރިކައިގެ މާނަވީ ބައި އިޔާދަކުރުމަށް މިއަހަރު ޚާއްޞަ މަސައްކަތްތަކެއް...

ޔުމްނާ ޢަލީ