އެއްވެސް ދީނީ އިލްމުވެރިއަކަށް ވެސް އަދި އެއްވެސް ޑޮކްޓަރަކަށް ވެސް އަދި އެއްވެސް ޚިދުމަތްތެރިއަކަށް ވެސް ސޯޝަލްމީޑިއާގަވެސް ގަނާ ކުރަން ނޭދޭކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، މިފަދަކަންކަން މީސްމީޑިޔާގައި ހިނގަމުންދާނަމަ މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭކަމަށެވެ. މީގެ ދުވަސްކޮޅެއްކުރިން ހޯމް މިނިސްޓާ އިމްރާން އާއި ގުޅޭ އޯޑިއޯއެއް އާންމުވިކަމަށާއި މިނިސްޓަރ އާލާސްކަން ފުޅާ އު...
އަލީ އާދިލް
އިމިގްރޭޝަން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ “އަޑީގައި ފޮރުވިފައި ހުރި ކަންކަން” ސާފުކުރުމަށް އަދި އެކަން ސަމާލުކަމަށް ގެނައުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. މޮސްޓާރ ބުނެފައިވަނީ މިއީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ އަޑީގައި ފޮރުވިފައި ހުރި ކަންތައްތައް މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ހުށ...
އިބްރާހިމް އަސްވާޤް
މިއަދަކީ ދިވެހި ތާރީހުގައި ކުލަގަދަކޮށް ފާހަގަ ކުރެވިގެންދާނެ ދުވަހެއްކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ މާފުކުރަން ބޭނުންވާނަމަ އެ މުދަލެއް އެ ޕޯޓް ހުންނަ ރަށުގައި ގުދަން ކުރަން ގާނޫނުން ލާޒިމް ކުރަން މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވައެވެ. މީގެ އިތުރުން ޔާސިރު ބުނެފައިވަނީ މިކަމުގެ ސަބަބުން ދިވެހ...
އިބްރާހިމް އަސްވާޤް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަޑިޖެހިގެން މަޖިލީހަށް ހާޒިރުވާތީ އެކަމާއި ގުޅިގެން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަޑިއަށް ހާޒިރުނުވެވޭ މެމްބަރުންގެ މުސާރައިން ގަޑި ޖެހޭ ކޮންމެ ފަހަރަކު ބައެއް އުނިކުރެވޭނެ ފަދަ ގޮތަކަށް ޤަވާއިދު ބަދަލުކުރުމަށް އެދި މަޖިލީހަށް ހުށައަޅައިފިއެވެ. މިއަދު މަޖިލީހުގެ ތަޅުމަށް ހާޒިރުވި މެމްރުން މަދުވެ ކޯރަމްގަޑިއަށް ހަމަނުވުމާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ މެމްބަރުން ހުވާތަކެއް ކުރައްވައިގެން ތިއްބެވީ ޒިންމާތައް އަދ...
ޔުމްނާ ޢަލީ
ޖިންސީ ގޯނާ ލިބެނީ އަންހެނުން އަޅާ ހެދުމުގެ ސަބަބުން ކަމަށް ދޭހަވާ އިބާރާތަކުން ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓުވީޓަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފިއެވެ. ޖިންސީ ކުށުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ ވިދާޅުވީ، ޖިންސީ ކުށްތަކުގެ ޝިކާރައަށް […]
ޔުމްނާ ޢަލީ
ރާއްޖޭގެ ސަރަހައްދީ ދެ ޕޯޓް ކަމުގައި ވާ އެޗްޕީއެލް އަދި ކޭޕީއެލް ދެމެހެއްޓެނިވި ގޮތަށް ތަރައްޤީ ވެގެން ދިއުމަކީ، މުޅި ރާއްޖެ އަށް ނުހަނު މުހިއްމު ކަމެއްކަމަށާއި އެކަން އެގޮތަށް ކުރުމަށް، އިމްޕޯޓް އެކްސްޕޯޓް ގެ ބިލް މުހިއްމުކަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މިމޭރުމުން ރާއީ މިއަދު ޓުވީޓު ކުރައްވާފައިވާއިރު މިމަހުގެ 2 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ. އެގޮތުން […]
އިބްރާހިމް އަސްވާޤް
ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ، ހދ. ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ވަމުންދާތީ އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ފޮޓޯތަކާއި އެ ކަނޑޫފަލުން ލިބޭ ކަނޑޫތަކަށް މިހާރުކޮށްފައިވާ އަސަރު ތަޅުމުގައި ދައްކާލެއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީއެވެ. މަޖިލީހުގައި ނޭކުރެންދޫ ތަމްސީލު ކުރައްވަމުން ގެންދަވާ މެންބަރ ރާޢީ ވަނީ ކަނޑޫފަލުން މިހާރު ލިބޭ ކަނޑޫތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީގެ...
ޔުމްނާ ޢަލީ
މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރ ޢަލީ ރިޟާ ފުލުސް އޮފީސްއަށް ހާޒިރުކޮށްފިއެވެ. ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އާރްއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ މިރޭގެ ވަގުތެއްގައެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަން...
ޔުމްނާ ޢަލީ
ބ އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންތަކަށް މުސާރަ ނުދީގެން މިހާރު އެރަށުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މި ބިދޭސީން ލައްވާ މަސައްކަތްކުރުވާ ކުންފުނީގެ ވެރިފަރާތް ކަމުގައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޟާގެ އެކައުންޓްތައް ފްރީޒް ކޮށް އޭނާގެ މުދާ ނަގައިގެން ވިޔަސް މަސައްކަތްތެރިންގެ މުސާރަ ދިނުމަށް ނަވާނަވައިން ސަރުކާރަށް ގޮވާލައިފިއެވެ. ނަވާނަވައިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބ. ބޮޑުފިނޮޅުގައި ހަދަމުންދާ ރިޒޯޓުގެ ބިދޭސީ މަސައްކަތްތެރިން 16...
އަލީ އާދިލް
ފާއިތުވެދިޔަ ޖޫންމަހުގެ ކަރަންޓުބިލު އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ އެކަން ބަލައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އެޑްރެސް ކުރައްވައި މީކާއީލް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އެބިލުތަތައް އާދަޔާޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުނ...
އިބްރާހިމް ޚަލީލް
ސަރުކާރުވެސް މިހާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މިޙައްމަދު ނަޝީދުއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ. ޝަރީފް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢަޒިމް ހުށަހެޅުއްވި މައްސަލައަކަށް ވާހަކަފުޅު ދައްކަވަމުންނެވެ. ޢާޒިމް ހުށަހެޅުއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްވް ދިވެހިރާއްޖޭގެ ގާނޫނާ ޚިލާފު ކަންތައްތަކެއް ކުރު...
ޔުމްނާ ޢަލީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. އެފްއޭއެމަށް ފިޔަވަޅު އަޅަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމެވެ. ޔޫތު މިނިސްޓްރީން އެފްއޭއެމްއަށް ފިޔަވަޅު އަޅާފައިނުވާތީ، މެދުހެންވޭރު ދާއިރާގެ މެމްބަރު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގަތީ 31 މެމްބަރުންގެ ވޯޓުންނެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ކުޅިވަރުގެ ޤާނޫނާއި...
ޔުމްނާ ޢަލީ
އުތުރުގެ ޓްރާންޝިޕްމަންޓް ޕޯޓްގެ މަޝްރޫއު ކުރިއަށްނުދަނީ ޕޮލިޓިކަލް ވިލްއެއް ނެތީމަކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. މި އަހަރުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި ގުޅީފަޅުގެ މަޝްރޫއުގެ ރިޕޯޓާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ގުޅީފަޅުގެ މަޝްރޫއުއަކީ ރަނގަޅު ޕްރޮޖެކްޓެއްކަމަށާއި ހިންގަންޖެހޭ ޕްރޮޖެކްޓެއްކަމަށާއި އެހެންނަމަވެސް، މީގެ އެތައް އަހަރެއް ކުރިން ދެއްކި އުތުރުގެ ޓްރާންޝިޕްމަންޓް ޕޯޓުގެ މަޝްރޫއުއަކީވެސް ވަރަށް މުހިންމު މަޝ...
އިބްރާހިމް އަސްވާޤް
މޮޅު މީހާއަށް މޮޅު ގޮތް، ދެރަ މީހާއަށް ދެރަ ގޮތް ހެދުން ހުއްޓާލަންޖެހޭކަމަށް މިލަންދޫ ދާއިރާގެ މެންބަރ ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވިދާޅުވީ ގާނޫނީ ގޮތުން އަޅަން އޮތް ފިޔަވަޅުތައް މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ވަކި ފަރާތަކަށް ބުރަނުވެ މޮޅު މީހާއަށް މޮޅު ގޮތް، ދެރަ މީހާއަށް […]
އަލީ އާދިލް
ހައްޤުތައް ގެއްލިފައިވާ އެތައްބަޔަކު އެބަތިބި، މިސަރުކާރުގައިވެސް އިންސާފު ޤާއިމްވެގެން ދާތަން އަދި ނުފެންނަކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ އަބަދުވެސް އުއްމީދުކޮށްގެން މި ތިބެނީ އިންސާފު ލިބޭނެ ދުވަހަކަށް ކަމަށާއި އެހެންނަމަވެސް ފުރިހަމަގޮތުގައި އިންސ...
އަލީ އާދިލް