މައި ޚަބަރަށް ދިޔުމަށް

މަޖިލިސް

828 ޝާއިޢުކުރެވިފައިވާ ލިޔުން

މަޖިލިސް - 48 ވަނަ ޞަފްޙާ

ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ޖިންސީ ކުށުގެ ޤާނޫނު މިހާރު އޮތްގޮތުން ޖިންސީ ޝިކާރައަށްވާ މީހުން، އެކަން ރިޕޯޓުކުރަން ޖެހިލުންވެ، ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވާނެ ފުރުސަތު ބޮޑުވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 53ވަނަ މާއްދާއަށް 3 އަކުރެއް އިތުރުކުރުމަށް މަޖިލީހަށް ހުށައަޅުއްވާފައެވެ. މިއިސްލާޙުތަކުގެ އެންމެބޮޑު ބޭނުމަކީ މިހާރު ޤާނޫނު އޮތްގޮތުން ކުށުގެ ޝިކާރައަށްވި މީހާއާއި އޭނާގެ ނަފުސުގެ އަބުރުވެރިކ...

ޔުމްނާ ޢަލީ
ގާނޫނުން ލާމަރުކަޒު ކުރެވިއްޖެ، އެކަމަކު ޚިދުމަތްތައް އަދިވެސް ހުރީ މަރުކަޒު ކުރެވިފަ: ޢަލީ ރިޟާ

ގާނޫނުން ލާމަރުކަޒު ކުރެވިއްޖެ، އެކަމަކު ޚިދުމަތްތައް އަދިވެސް ހުރީ މަރުކަޒު ކުރެވިފަ: ޢަލީ ރިޟާ

ގާނޫނުން ލާމަރުކަޒު ކުރެވިއްޖެކަމަށާއި އެކަމަކު ޚިދުމަތްތައް އަދިވެސް ހުރީ މަރުކަޒު ކުރެވިފައިކަމަށް މިލަންދޫ ދާއިރާގެ މެންބަރ އަލީ ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. މެންބަރ ޢަލީ ރިޟާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް “ނިއު ނޯމަލް” ގެ ތެރެއިން “ކޮވިޑް ފްރީޒޯން” އެއް ކަނޑައަޅައި، އިޤްތިޞާދީ ޙަރަކާތ...

އަލީ އާދިލް
ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން ލިބުނީ ރަނގަޅުތޯ، ގެއްލުންތޯ ސުވާލުއުފެދޭ: ޔާސިރު

ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން ލިބުނީ ރަނގަޅުތޯ، ގެއްލުންތޯ ސުވާލުއުފެދޭ: ޔާސިރު

ދިވެހި ޤައުމުގެ ތާރީޚަށް ބަލައިލާއިރު، ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވުމާއި ގުޅިގެން ލިބުނީ ރަނގަޅުތޯ ނޫނީ ގެއްލުންތޯ މިހާރު ސުވާލުއުފެދޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ. ޔާސިރު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް “ނިއު ނޯމަލް” ގ...

ޝިއުނާ އާދަމް
ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތަކާއި އެލްޖީއޭ ވަގުތުން އުވާލުމަށް ގޮވާލާ ޤަރާރެއް

ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތަކާއި އެލްޖީއޭ ވަގުތުން އުވާލުމަށް ގޮވާލާ ޤަރާރެއް

“ކޮރޯނާ ވައިރަސް” ގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް ބަނގްރޫޓް ވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާކަމަށްބުނެ، ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތައް ވަގުތުން ވަގުތަށް އުވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރ.ޕީ)ގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ. ޑީއާރުޕީއިން މިޤަރާރު ހިމާނާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިއީ ދަޢުލަތުގެ...

ޔުމްނާ ޢަލީ
ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބިލަށް އެއްވެސް ހިޔާލެއް ހުށަހަޅުއްވަން ބޭނުންނަމަ މިމަހުގެ 30 ގެ ކުރިން ކޮމެޓީގެ އީމެއިލް committee@majlis.gov.mv އަށް ހުށަހަޅުއްވަން ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ. ހިޔާލު ހޯދަން ހުޅުވާލިއިރު އެ ބިލާ […...

އަލީ އާދިލް
ހާއްސަ ހާލަތާއި ގުޅިގެން "ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް" އިތުރު އެލަވަންސްއެއް ދިނުމަށް ޔާސިރު ގޮވާލައިފި

ހާއްސަ ހާލަތާއި ގުޅިގެން "ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް" އިތުރު އެލަވަންސްއެއް ދިނުމަށް ޔާސިރު ގޮވާލައިފި

“ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020” އަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުގައި އިތުރު ބާބެއް، އިތުރު ކުރަންޖެހޭކަމަށާއި އެކުދިންނަށް އިތުރު ގޮތްތަކެއް އަދި އިތުރު އެލަވަންސްއެއް ދިނުމަށް ހުށައަޅާކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރ ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ، “ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020” ގެ އިބްތިދާއީ ބަހުސް ގައި ވާހަކަ ދައްކަވަމުން ޔާސ...

އަލީ އާދިލް
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ދުވަހެއް މިހިނދުން މިހިނދަށް އިއުލާން ކުރަން އެބަޖެހޭ: ޣަފޫރު

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ދުވަހެއް މިހިނދުން މިހިނދަށް އިއުލާން ކުރަން އެބަޖެހޭ: ޣަފޫރު

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ދުވަހެއް މިހިނދުން މިހިނދަށް އިއުލާން ކުރަން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުޢަބްދުލްޣަފޫރު މޫސާ ގޮވާލައްވައިފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލި “މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން” (MSTG) ގެ ފުރަތަމަ ދެލިކޮޕީއަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން އެ މިނިސްޓްރީއާ ޙިއްޞާކުރުމަށް އެދި ފޮނުވުމާ ގުޅިގެން، އެ ގައިޑްލައިން އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި އިތުރަށް ވިދާޅުވީ ދެން ވިސް...

އަލީ އިބްރާހިމް
ޓޫރިޒަމް ހުޅުވާލަން ވާނީ މުވައްޒަފުންގެ މޫނުމަތިން އުފާވެރިކަން ދެއްކޭނެ ގޮތަކަށް ހަދައިގެން: ރާޢީ

ޓޫރިޒަމް ހުޅުވާލަން ވާނީ މުވައްޒަފުންގެ މޫނުމަތިން އުފާވެރިކަން ދެއްކޭނެ ގޮތަކަށް ހަދައިގެން: ރާޢީ

ޓޫރިޒަމް ސިނާއަތް އަލުން ފަތުރުވެރިންނަށް ހުޅުވާލަން ވާނީ ޙިދުމަތްދޭން ތިބި މުވައްޒަފުންގެ މޫނުމަތިން އުފާވެރިކަން ދެއްކޭނެ ގޮތަކަށް ހަދައިގެން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލި “މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން” (MSTG) ގެ ފުރަތަމަ ދެލިކޮޕީއަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން އެ މިނިސްޓްރީއާ ޙިއްޞާކުރުމަށް އެދި ފޮނުވުމާ ގުޅިގެން، އެ ގައިޑްލައިން އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ...

ޝިއުނާ އާދަމް
ގުޅީ ފަޅުގައި 6000 ފްލެޓް އަޅާނެ ބިމެއް ހާއްސަ ކުރަން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި

ގުޅީ ފަޅުގައި 6000 ފްލެޓް އަޅާނެ ބިމެއް ހާއްސަ ކުރަން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި

ގްރޭޓް މާލެ ޒޯންގައިވާ ގުޅީފަޅުގައި 6000 ހައުސިން ޔުނިޓް އަޅާނެ ބިމެއް ހާއްސަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފިއެވެ. އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިނަމާފައިވަނީ މާލޭ ސަރަހައްދަކީ ތޮއްޖެހިފައިވާ ރަށަކަށްވެފައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޖާގަ އުފެއްދިދާނެ ތަނެއްގެ ގޮތުގައެވެ. އެހެންވެ  އެތަނުގައި ސޯޝަލް ހައުސިންއަށް 6000 ހައުސިން ޔުނިޓަށް ބޭނުންވާނެ ބިން ކަނޑައަޅަން ނިންމާފައިވެއެވެ. “ހަމައެކަނި އިގްތ...

އަލީ އިބްރާހިމް
މުވައްޒަފަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު މަޖިލިސް އިދާރާ ބަންދުކޮށްފި

މުވައްޒަފަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު މަޖިލިސް އިދާރާ ބަންދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ މަޖިލީހީހުގެ އިދާރާ ބަންދުކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ، މަޖިލީހުގެ މެއިންޓަނެންސްގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ. މަޖިލީސް އިދާރާއިން ވަނީ މަޖިލީހުގެ މުވައްޒަފުންގެ ވައިބަރ ގުރޫޕުގައި އެވާހަކަ ހިއްސާކޮށްފައެވެ. މިގޮތުން މަޖިލީހުގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން ވަނީ ކޮވިޑު-19 އަށް މުވައްޒަފަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ މުވައްޒަފު އެންމެ ފަހުން މަޖިލީހަށް އައިސްފައިވަނ...

ޔުމްނާ ޢަލީ
އަންހެނުންނަށް ހާއްސަ ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް އެދި ގަރާރެއް ހުށައަޅައިފި

އަންހެނުންނަށް ހާއްސަ ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް އެދި ގަރާރެއް ހުށައަޅައިފި

ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ މަޖިލީހަށް ގަރާރެއް ހުށައަޅުއްވައިފިއެވެ. ހެދިފައި ހުރި ގާނޫނުތަކުން  އަންހެނުންނަށް ހަމަ ހަމަ ފުރުސަތާއި ބާރު ލިބި ނުދެވޭ ތީވެ އަންހެނުންނާއި މެދު ކުރާ ތަފާތުކުރުންތައް ނައްތާލުމާއި ހަމަހަމަ ފުރުސަތު ހޯދ...

އަލީ އިބްރާހިމް
ނިއުމަތު ޝަފީޤުގެ ނަން ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވައިފި

ނިއުމަތު ޝަފީޤުގެ ނަން ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވައިފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ގެ 113 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު، މަޖިލީހަށް ފޮނުއްވި ނިއުމަތު ޝަފީޤުގެ ނަން ދިރާސާ ކުރުމަށްޓަކައި ކޮމެޓީއަށް ފޮނުވައިފިއެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މ. މާފުށީގެ، ނިއުމަތު ޝަފީޤްގެ ނަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވީ އިއްޔެ އ...

އަލީ އިބްރާހިމް
މަދު ފުލުހެއްގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމް ކުރުން ރަނގަޅެއް ނޫން: އެމްޕީ ޝަހީމް

މަދު ފުލުހެއްގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމް ކުރުން ރަނގަޅެއް ނޫން: އެމްޕީ ޝަހީމް

މަދު ފުލުހެއްގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމް ކުރުން ރަނގަޅެއް ނޫންކަމަށް ކަނޑިތީމު ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ޝަހީމް ވިދާޅުވެއްޖެ އެވެ. ޝަހީމް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބަހުސް ކުރަމުން އެ މުއައްސަސާއިން ކަންކަން ކުރާ ގޮތަށް މަޖިލީހުގައި ތިބި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ޝަހީމް ކުރެއްވިޓުވީޓުގައި އިތުރަށް ބުނެފައިވަނީ ފުލުހުންގެ ތެރޭގައި ގިނައީ އިއް...

އަލީ އާދިލް
ކޯނީ ރިޕޯޓަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ރިޕޯޓެއް ނޫން: ސަލީމް

ކޯނީ ރިޕޯޓަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ރިޕޯޓެއް ނޫން: ސަލީމް

ނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ (ކޯނި)ގެ ރިޕޯޓު މީގެ ކުރިން ރައީސް ނަޝީދު ބަލައިގަތީ މަސްލަހަތަށްޓަކައި ކަމަށާއި ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން އެ ރިޕޯޓު ބަލައިނުގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ރައީސް ވަހީދުގެ ދެކަނބަލުން އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުގައި އުޅެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ އިބްރާހިމް ޖައުފަރު (ޖެރޯ) ދިމާކޮށްލައި ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވެ އިއްޔެ ޓްވީޓެއް ކުރެއްވ...

ޔުމްނާ ޢަލީ
ފެނާ ނަރުދަމާފަދަ އަސާސީ ބޭނުންތަކަށް ސަލާންޖަހަން ޖެހުމީ ގަބޫލުކުރެވޭނެ ކަމެއްނޫން: ރާއީ

ފެނާ ނަރުދަމާފަދަ އަސާސީ ބޭނުންތަކަށް ސަލާންޖަހަން ޖެހުމީ ގަބޫލުކުރެވޭނެ ކަމެއްނޫން: ރާއީ

ފެނާ ނަރުދަމާފަދަ އަސާސީ ބޭނުންތަކަށް، ސަލާންޖަހަން ޖެހުމީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގެ ރަށްތަކަށް މިހާރުކުރަމުންދާ ވިއްސާރައިގައި އެ ސިޓީއަށް ކުރިމަތިވެފައިވާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ކޮމިޓީގެ ދާއިރާގެ ތެރެއިން ޙައްލުހޯދިދާނެ ކަންކަމާ ގުޅޭގޮތުން ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި ރާއީ ވިދާޅުވީ އޭޓީއެމް މެޝިނަކަށް ނުވަތަ ފެނާ ނަރުދަމާފަދަ އަސާސީ...

ޔުމްނާ ޢަލީ