ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރު ހަމަޔާއި އުސޫލު އޮންނަންޖެހޭނެ ކަމަށް ވިދާޅުވާއިރު، ކުރީގެ ރައީސް ޔާމީނުގެ މަށްޗަށް ދައުލަތަށް ދައްކަން ޙުކުމްކޮށްފައިވާ ފައިސާ ނުދައްކާ ވާހަކަވެސް ދައްކަން ޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ މިއަދު އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ދެއްކެވި ވާހަކައަކާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި ދެއްކެވި ވާހަކާގައި […]
އަލީ އާދިލް
ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދެމުންދާ “އިންކަމް ސަޕޯޓް އެލަވަންސް” މިއަހަރުގެ ޑިސެމްބަރުމަހާއި ހަމައަށް ދިނުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ. ފިނޭސް މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. މިނިސްޓަރު އަމީރ...
ޔުމްނާ ޢަލީ
އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމަށާއި، އެމަނިކުފާނާއި ދިވެހި ސަރުކާރަކާއި ގުޅުމެއް ނެތް ކަމަށް މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ނިޒާމީ ނުކުތާއެއް ނަންގަވައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއަދު ކުރިއަށްދާ ޖަލްސާގައި ފިނޭންސް މިނިސްޓަރު، މެންބަރުންގެ ސުވާލު ތަކަށް...
އަޙްމަދު ވަހީދު
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގައި ޝާމިލުވާ ފަރާތްތަކާއި، އެ ޚިޔާނާތުގައި ހިންގާފައިވާ އެންމެހާ މުޢާމަލާތްތަކުގެ ތަފްޞީލް މިހާރުން މިހާރަށް ލަސްނުކޮށް ޢާންމު ކުރުމަށް އަދާލަތު ޕާޓީގެ ފަރާތުން ގޮވާލައްވައިފިއެވެ. އަދާލަތު ޕާޓީގެ އޮފީހުން ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި ޚިޔާނާތުގައި ބައިވެރިވެފައިވާ އެންމެހާ ފަރާތްތަކުގެ އިތުރުން، ހިންގާފައިވާ މުޢާމަލާތްތަކުގެ ތަފްޞީލް ވީހާވެސް އަވަހަށް، ލަސްނުކުރަށްވާ، ކަމާބެހޭ އެންމެހާ ފަރާތްތަށް ހާ...
މުޙައްމަދު މާއިލް ހަސަން
ޤައުމު ވިއްކާލާކަށް ނޫޅޭ ކަމަށާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) އެއްވެސް ބައިވެރިވުމެއް ނެތަސް ބޮޑުތިލަދުންމަތީގެ ތަރައްޤީ މިފަހަރު ފުރިހަމަ ކުރާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. މެންބަރު ޝިފާޢު މިހެން ވިދާޅުވީ މުޅި ތިލަދުންމަތީގެ ހުރީހާ އެމްޑީޕީ މެންބަރުން ގައުމު ވިއްކާލުމުގައި ބައިވެރިވިޔަސް، ފަހު ނޭވަޔާ ޖެހެންދެން އެކަމާ ދެކޮޅަށް އަޑު އުފުލާނަން ކަމަށް މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެފައި ވަނިކޮށެވެ. ”ބަޔަ...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނޫން ގޮތެއް ހޯދަން ޖެހިއްޖެ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. މެންބަރު އިބްރޭ މިހެން ވިދާޅުވީ މިއަދު ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ. އެ ޓުވީޓުގައި އިބްރޭ ވަނީ ބޭންކް އޮފް މޯލްޑިވްސް ނޫން ގޮތެއް ހޯދަން ޖެހިއްޖެ ކަމަށް ވިދާޅުވެ ގައުމީ ބޭންކް، ބީއެމްއެލްއަށް ބޮޑު ތުހުމަތެއް ކުރަށްވާފައެވެ. މިގޮތުން ރާއްޖޭގެ އިގްތިސާދަށް ދަތިވާ ކޮންމެ ދަނޑިވަޅެއްގައި ބޭރު ފައިސާ، ބޭންކްގެ މަސްލަހަތު […]
އަލީ އާދިލް
މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު މަސައްކަތްތެރިންނަށް ލިބިގެންވާގޮތައް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކޮށްފި އެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ މިދައުގެ ފުރަތަމަ ޖަލްސާގަ އެވެ. ހިސާން އިސްލާހު ހުށަހެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލަށް […]
ހުސައިން ހަބީބް
ރައްޔިތުންނަށް ބައިވެރިވެ ސުވާލުކުރެވޭގޮތަށް، ބީއެމްއެލްގެ ވެރިން މަޖިލީހަށް ހާޒިރުކޮށް ޖަވާބު ދާރީކުރުވުމުގެ އިންތިޒާމް ހަމަޖައްސަވާ ދެއްވުން އެދި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް މަޖިލީހުގެ ރައީސަށް ސިޓީއަކުން ދަންނަވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް، އަށް އެޑްރެސް ކުރައްވާ އަޙްމަދު ހައިތަމް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ގުޅޭގޮތުން، ވަރަށް ގިނަ ރައްޔިތުން ދަނީ ގިނަ ޝަކުވާތަ ސޯޝަލް މީޑިއާއާއި އެހެނިހެން ވަސ...
އިބްރާހިމް އަސްވާޤް
ސިވިލް ސަރވިސް ކޮމިޝަނު (ސީއެސްސީ) އިން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް 4 ބޭފުޅަކު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލިސްއިން ރުހުން ދީފިއެވެ. އެ ބޭފުޅުންނަށް ރުހުން ދީފައިވަނީ މިއަދު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ. ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރުމަށް މަޖިލިސްއިން ރުހުންދިން ބޭފުޅުންނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ، މީޑިޔާ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ފަރުޞަތު […]
އިބްރާހިމް އަސްވާޤް
ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެކަހެރިވެ ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައި ދޭންޖެހޭގޮތަށް ހިމަނައި، އަދިވެސް އިތުރު ބަދަލުތަކާއިއެކު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު އިޖުތިމާއީ ކޮމިޓީއިން ފާސްކޮށްފި އެވެ. އެ ބިލުގައި ބުނެފައި ވަނީ ކޯވިޑްއާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތ...
އިބްރާހިމް ޚަލީލް
މެރިޓައިމް އިންޑަސްޓްރީގެ ފަރާތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ހުށައަޅާފައިވާ ގަރާރާއި ގުޅޭ ކޮމިޓީ ރިޕޯޓު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅިމަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. މި ގަރާރު ދިރާސާކޮށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކުރީ 58 މެމްބަރުންގެ ވޯޓުންނެވެ. މި ގަރާރު މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށައަޅުއްވާދެއްވާފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ އެވެ. މެރިޓައިމް އިންޑަސްޓްރީގެ ފަ...
އަލީ އާދިލް
އުތުރާއި ދެކުނުގެ ވިޔަފާރިވެރިން، ޕޯޓްއަށް ލިބުނު ލުއިތަކުގެ ފައިދާނަގަން ޖެހޭކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާޙުތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ “ބާބު 3” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ އުތުރާއި ދެކުނުގެ ޕޯޓްއަށް ދެވުނު ލުއިތަކުގެ ފައިދާ ނެގޭނެ ގޮތް ރައްޔިތުން ހޯދަން ޖެހޭނެކަމަށާއި އަދި އެމަގުން ވިޔަފާރިވެރިންވެސް ދަތުރު ކުރަންޖެހޭނެކަމަށެވެ. ސަރުކާރުގެ ބޭނުމަކަށް ވަނީ...
އަލީ އާދިލް
ހދ. މަކުނުދޫއަށް ކުޑަކުދިންގެ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރުން ހަމަޖެއްސުމާއި ގުޅޭގޮތުން ހެލްތު މިނިސްޓަރު ޢަބުދު ﷲ އަމީން ގެންދަވަނީ ދޮގު މަށްޗަށް ދޮގު ހައްދަވަމުން ކަމަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރާޢީ ވިދާޅު ވެއްޖެއެވެ. މެމްބަރު ރާޢީ މިހެން ވިދާޅުވީ ހުސްވި ޖުލައި މަހުގެ 27 ވަނަ ދުވަހު އޭނާ ކުރަށްވާފައިވާ ޓުވީޓެއް ހިއްސާ ކުރަށް ވަމުން ކުރެއްވި ޓުވީޓެއްގައި އެވެ. ރާޢީ ވިދާޅުވީ މަކުނުދޫގައި ކުޑަކުދިންގެ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް […]
އަލީ އާދިލް
ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ 8،488 ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި މިހާތަނަށް 35.1 މިލިއަން ރުފިޔާ ދޫކުރުމަކީ “އޯގާތެރިކަމުގެ ރީތި މިސާލެއް” ކަމުގައި ބާރަށު ދާއިރާގެ މެންބަރ އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި 2020 އޯގަސްޓް 2 ވަނަ ދުވަހާއި ހަމައަށް، 8،488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކޮށްފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު...
އަލީ އާދިލް
ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ދޭހަވާ އިބާރާތަކުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ. މިފަދަ މޭރުމަކުން ޓުވީޓު ކުރައްވަމުން ރާޢީ އިތުރަށް ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހދ. މަކުނުދޫގެ ލޮބުވެތި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ސިއްޙީ ދާއިރާގެ ވައުދުފުޅު ފުއްދުމަށް މިނިސްޓަރު އަމީން މަސައްކަތްޕުޅު ނުކުރަވާކަން ފާހަގަ ކުރައްވާ ކަމަށެވެ. މިކަމުގައި މަޖްލިސް ގެ ތެރެއިން ދެން...
އަލީ އާދިލް