ކޯޓު ފުރާޅުން ޓިނު ނެގި ވާހަކަ އަދިވެސް ހޮޅުއަށިތަކުން އިވޭ: ސައްލެ
މި ސަރުކާރުން ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކުރިއެރުމާއި، ތަރައްގީއަށް ގިނަ މަސައްކަތްތަކެއްކޮށްފިކަމަށާއި، ނަމަވެސް ކުރީ ސަރުކާރުން ކޯޓު ފުރާޅުން ޓިނު ނެގި ވާހަކަ އަދިވެސް ހޮޅުއަށިތަކުގައި ދައްކަމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ސައްލެ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު...