"ރ. އަތޮޅުގައި އެއާޕޯޓެއް އަޅަން މަސައްކަތް ފެއްޓުމަކީ އެކަށީގެންވާ ކަމެއް"
ރ. އަތޮޅުގެ ދެކުނު އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށާއި، މި ސަރުކާރުގެ ދައުރުގެ ބާކީ މިއޮއް ދުވަސްތަކުގެ ތެރޭގައި އެއާޕޯޓް އަޅަންފެށުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ އިތުރު ވަގުތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރ. އަތޮޅު ދެކުނުގައި އެއާޕޯޓެއް އެޅޭނެ ރަށެއް ކަނޑައެޅޭނީ ކޮން ތާރީޚ...