ޤާނޫނުއަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޤަރާރަކުން ހަންޏެއް ނުކުރެވޭނެ: ޢަލީ
ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޤަރާރަކުން ހަނިކޮށް، ނުހުއްޓުވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. ޤާނޫނުއަސާސީގައި ”ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން” ބަޔާން ކޮށްފައި ވަނީ މާއްދާ ހަތާވީހުގައެވެ. އެ މާއްދާގައި ބުނެފައި ވަނީ، “މިނިވަން ކަމާއިއެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފްނުވާ ގޮތެއްގެ މަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވ...