''ކޯޓުން ގޮތެއް ނިމެންދެން ނަޝީދުގެ މައްސަލަ އެޖެންޑާ ނުކުރާނެ''
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލައާއި ގުޅޭ ދުސްތޫރީ މައްސަލައެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ވައްދާފައި އޮތުމުން ނަޝީދު އިތުބާރުގެ މައްސަލަ ދެން އެޖެންޑާ ކުރާނީ ކޯޓުން އެ މައްސަލައަށް ގޮތެއް ނިންމުމުން ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ހާމަކޮށްފި އެވެ. ނަޝީދުގެ އިތުބާރުގެ މައްސަލަ ފުރަތަމަ ތާވަލު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ޖަލްސާ ކެންސަލްކުރީ […]