ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން، މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ގަރާރު ހުށަހަޅަން ބޭނުންވާ ވަރަށް ސޮއިހަމަކޮށްފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފިއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު “ތިލަދުން” އަށް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންގެ ސޮއި ބޭނުންވާނެ ކަމަށެވެ. މިހާތަނަށް އައިއިރު، އެ އަދަދު ހަމަކޮށްފައިވާ ކަމަށް ވެސް...
މުޙައްމަދު
ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތަކާމެދު އެޓާނީ ޖެނެރަލް (އޭޖީ)ގެ ލަފާހޯދަން މަޖިލީހުގެ އާންމު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. މި ގޮތައް ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޢާންމު ކޮމެޓީގެ ބައްދަލުވުމުގައެވެ. ޢާންމު ކޮމެޓީން މިގޮތައް ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލު ކުރި ދެވަނަ ޖަލްސާ ވެސް، އެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފައެވެ. މިގޮތ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކޮށްލުމުގައި ބައިވެރިވެވަޑައިގެންފައިވާތީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް އިމްތިޔާޒް ކޮމިޓީން ނިންމައިފިއެވެ. އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމަށް އެގޮތަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަ...
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލު ކުރި ދެވަނަ ޖަލްސާ ވެސް ކުރިއަށް ނުގެންގޮސް ނިންމާލައިފިއެވެ. މި މައްސަލަ ފުރަތަމަ ތާވަލު ކުރި ޖަލްސާ ފެށީ ހެނދުނު 9:00 ގައެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެ މައްސަލަ ސާފުނުވާކަމަށް ޑިމޮކްރެޓުގެ މެންބަރު އަލީ އާޒިމް އެ ޖަލްސާގައި ނެންގެވި ނިޒާމީ ނުކުތާ ބަލައިގަނެ، […]
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދު އިތުރު ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ. މި ޖަލްސާގެ އެހެޖެންޑާ މިހާރު މަޖިލީހުގެ ވެބްސައިޓަށް ލާފައިވާއިރު، ޖަލްސާ ފަށަން ނިންމާފައި އޮތީ 11:30 ގައެވެ. މި މައްސަލަ ކުރިއަށް ގެންދަން ހެނދުނު ތާވަލުކުރި ޖަލްސާ ރިޔާސަތުގައި އިންނެވި ޑިމޮކްރެޓްސްގެ މެންބަރު، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ މައްސަލަ ހުށަހެޅި ގަރާރު އޮތީ ރަނގަޅަށް ނޫންކަމަ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ފަށައިފިއެވެ. މިއަދުގެ ޖަލްސާ އަށް ވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވަޑައިގެންފައި ނުވާއިރު، ކުރިން މި މައްސަލަ ތާވަލުކުރި ޖަލްސާތައް ވެސް ކުރިއަށް ނުގެންދެވުނީ އީވާ ސަލާމް ފޮނުއްވައި، މަޖިލީހަށް ވަޑައިނުގަތުމުންނެވެ. މިއަދު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. މިއަދު...
ޙުސައިން ޝަހުދީ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ ނަމަ އިހްތިޖާޖް ކުރައްވާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް މިރޭ ވިދާޅުވެއްޖެއެވެ. ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާ ގުޅިގެން ނަޝީދު […]
މުޙައްމަދު
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 120 ބިލުގެ ތެރެއިން 30 ބިލެއްގެ މަސައްކަތް ނުނިމި މަޖިލިހުގެ އެކިއެކި މަރުހަލާތަކުގައި އެބައޮތް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ. އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނޮވެމްބަރު 17، 2018 އިން ފެށިގެން މިހާތަނަށް ސަރުކާރުގެ ފަރާތުން މަޖިލިހުގެ އިދާރާ އަށް 153 ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން 120 ބިލެއް ރައްޔިތުންގެ މަޖިލިހުން ފާސް ކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް […]
މުޙައްމަދު
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި ނެތިއްޔާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ކަންކަން ކުރިއަށް ދާނީ ރީތިކޮށް ކަމަށް މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެއެވެ. ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާ […]
މުޙައްމަދު
ރައްޔިތުންގެ މަޖިލިހުގެ ރައީސް ނެތަސް، މަޖިލީހުގެ ރައީސް ވަކިކުރުމާ ގުޅޭ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލިހުގެ އިދާރާ އިން އެޖެންޑާކޮށްފިއެވެ. އާދިއްތަ ދުވަހުގެ އެޖެންޑާ މަޖިލިހުގެ އިދާރާ އިން ނެރުނު އިރު، އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ ވެސް ނަޝީދާ ދެކޮޅަށް ހުށަހެޅި ގަރާރުގެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ. މަޖިލިހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު […]
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވަން މިއަދު ތާވަލް ކޮށްފިއެވެ. މި މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ވެއްދީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޖެހިގެން އޮކްޓޯބަރު 30 ވަނަ ދުވަހު ކޯޓުން ވަނީ މި މައްސަލަ […]
ޔުމްނާ ޢަލީ
އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ކޮމިޓީ އޮން ޑިމޮކްރެސީ އެންޑް ހިއުމަން ރައިޓްސްގެ ޗެއާގެ މަގާމަށް ރާއްޖޭގެ، ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖީހާން މަހްމޫދު އައްޔަނުކޮށްފިއެވެ. އައިޕީޔޫގެ ހިއުމަން ރައިޓްސްގެ ޗެއާކަން ރާއްޖެއަށް ލިބުނުއިރު، މިކޮމެޓީގެ ޗެއާގެ މަގާމުގެ މުއްދަތު ހަމަވާނީ 2025 ގެ ނިޔަލަށެވެ. އައިޕީޔޫއަކީ ދުނިޔޭގެ ޕާލަމެންޓް/ރައްޔިތުންގެ މަޖިލިސްތަކުގެ މައި ޖަމިއްޔާއެވެ. 1889 ވަނަ އަހަރު އުފެދު މި ޖަމިއްޔާގައި 180 މެންބަރު ޤައުމާއި 15 އެ ސޯސިއޭޓް މެންބަރު...
ޔުމްނާ ޢަލީ
ނިރުބަވެރި އިސްރާއީލުގެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިިލިސްއަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެން ހުށަހެޅުއްވި ޤަރާރު، މަޖިލިސް ހުއްޓިފައި އޮތުމުން ކުރިއަށް ނުގެންދެވި ލަސްވާތީ އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ގޮވާލައި، ނިރުބަވެރި އިސްރާއީލުގެ ޢަމަލުތައް ކުއްވެރިކޮށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގައި ބަހުސް ހިންގައި، މަޖިލިސްގެ ގޮވާލުމެއް ފާސްކުރުމަށް...
ޔުމްނާ ޢަލީ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރަން ޖެހޭ ކަަމަށް އެމްޑީޕީން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވޭތީ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރ...
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ހޯދީ މެންބަރުންނަށް ބިރުދައްކައިގެން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރޭ ތުހުމަތު ކުރެއްވުމުން އެކަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު (ނިޔާ) ދޮގު ކުރައްވައިފިއެވެ. ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސް އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު އިލްޔާސް ވިދާޅުވީ، ނަޝީދު ވަކިކުރުމަށް...
ޔުމްނާ ޢަލީ