ނަޝީދުގެ އިތުބާރުގެ މައްސަލާގައި ހައްލު އެބައޮތް، ފަހަތަށް ޖެހުމެއްނެތް: ނިޔާ
ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ހައްލު އެބައޮތް ކަމަށާއި، ފަހަތަށް ޖެހުމެއްނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު (ނިޔާ) ވިދާޅުވެއްޖެއެވެ، ނިޔާ މިހެން ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އުޅެގެން އެމްޑީޕީން އަނެއްކާވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދ...