މައި ޚަބަރަށް ދިޔުމަށް

ޚަބަރު

958 ޝާއިޢުކުރެވިފައިވާ ލިޔުން

ޚަބަރު - 47 ވަނަ ޞަފްޙާ

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަނީ ނަފްސާނީ ބަލި މީހެއް: ފުލުހުން

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަނީ ނަފްސާނީ ބަލި މީހެއް: ފުލުހުން

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަދެ ގެއްލުންދިނީ ނަފްސާނީ ބަލި މީހެއްކަމަށް ފުލުހުން ބުނެފި އެވެ. ނޫސްތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ މިމަހުގެ 21 ވަނަ ދުވަހު އިޝާ ނަމާދަށް ފަހު ހިނގި މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިމީހާ މިހާރު ވަނީ ދޫކޮށްލާފައިކަމަށާއި އަދި އޭނާގެ ސްޕޮންސޮރ އާ ގުޅިގެން އޭނަ ބަންގްލަޑެޝް އަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ. އެމީހާ އަކީ ނަފްސާނީ މައްސަލަ ތަކެއް ހުންނަ މީހެއް ކަމަށް ފުލުހުންނަށް […]

އަލީ އާދިލް
މިއަހަރުތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓެއް އަޅަނީ

މިއަހަރުތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓެއް އަޅަނީ

މިއަހަރުތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓްއެއް ގާއިމްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް ހދ. ކުމުންދޫ ކައުންސިލުން ބުނެފި އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ހޯމްމިނިސްޓްރީއަށް އެރަށުގައި ޕޮލިސް ޕޯސްޓްއެއް ގާއިމް ކުރުމަށް އެދިފައިވާނެކަމަށާއި އެގޮތުން ކައުންސިލުން ވެދެވެންހުރި އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށެވެ. އެއާއިއެކު މިއަހަރު ޕޮލިސް ޕޯސްޓް އަޅަން ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ކުމުންދޫ ހިމެނިފައިވާކަމަށް...

ޔުމްނާ ޢަލީ
ބޮޑުކަންނެއްލި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުމަށް މަޝްވަރާކޮށްފި

ބޮޑުކަންނެއްލި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުމަށް މަޝްވަރާކޮށްފި

ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)އިން އިން ބުނީ ބޮޑުކަންނެއްވި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް އެ ޖަމިއްޔާއާއިއެކު، ފިޝަރީޒް މިނިސްޓްރީއިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އިއްޔެ ކުރިއަށް ދިޔަ އެ ބައްދަލުވުމަކީ ފިޝަރީޒް މިނިސްޓްރީގެ އެދިލެއްވުމަކަށް، އެ މިނިސްޓްރީއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. މި...

ޔުމްނާ ޢަލީ
ޅ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާޓް

ޅ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާޓް

މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވުމުގެ ސަބަބުން ޅ. އަތޮޅުން މ. އަތޮޅަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ އިދާރާއިން ޅ އަތޮޅުން މ އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދުގެ މެންދުރު 12:00 އިން ފެށިގެން ހަވީރު  16:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އެކަށީގެންވެއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން […]

އިބްރާހިމް ޚަލީލް
ނައިފަރުން މަސްތުވާ ތަކެއްޗާއިއެކު 2 މީހުން ހައްޔަރު ކޮށްފި

ނައިފަރުން މަސްތުވާ ތަކެއްޗާއިއެކު 2 މީހުން ހައްޔަރު ކޮށްފި

ޅ.ނައިފަރުން މަސްތުވާ ތަކެއްޗާއިއެކު ދެ މީހުން ހައްޔަރު ކޮށްފިއެވެ. 11 ޖަނަވަރީ 2021 ވީ އަންގާރަ ދުވަހު ޅ.ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެނެސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އެ ރަށުން ހައްޔަރު ކޮށްފައިވަނީ  20 އަހަރު އަދި 18 އަހަރުގެ ދެ ދިވެހިންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބު...

އިބްރާހިމް ޚަލީލް
އެތުލެޓިކޯ މޮޅުވެ، ރެއާލް އެއްވަރު

އެތުލެޓިކޯ މޮޅުވެ، ރެއާލް އެއްވަރު

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑް އަދި ގެޓާފޭ ބައްދަލުކުރި މެޗު އެތުލެޓިކޯއިން ކާމިޔާބު ކުރިއިރު، ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ބުދަ ދުވަހުގެ ރޭ އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ 20 ވަނަ […]

އިބްރާހިމް ޚަލީލް
އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އެންމެ އިސްކަމެއް ދޭންޖެހޭ އެއް ދާއިރާއަކީ މަސްވެރިކަން: ރައީސް

އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އެންމެ އިސްކަމެއް ދޭންޖެހޭ އެއް ދާއިރާއަކީ މަސްވެރިކަން: ރައީސް

ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން، ރާއްޖޭގެ ބ...

އަޙްމަދު ވަހީދު
ބިދޭސީ ޓީޗަރުން ތިބި މަޤާމުތަކަށް ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި

ބިދޭސީ ޓީޗަރުން ތިބި މަޤާމުތަކަށް ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި

އަތޮޅުތެރޭގެ ގިނަ ސްކޫލް ތަކެއްގައި، ބިދޭސީ ޓީޗަރުން ތިބި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފިއެވެ. މިގޮތުން އަތޮޅުތަކުގެ ގިނަ ސްކޫލްތަކަކުން އަންނަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި، ބިދޭސީ ޓީޗަރުން ތިބި މަގާމުތަކަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، ޢިއުލާން ކުރަމުންނެވެ. ސްކޫލްތަކުން އެކަމަށް ކޮށްފައިވާ ޢިއުލާންތަކުގައި ބުނެފައި ވަނީ އެ މަޤާމުތަކަކީ ސިވިލް ސަރވިސް ކޮމިޝަންގެ، 20 ނޮވެމްބަރ 2017 ދުވަހުގެ ސަރކިއުލަރގެ ދަށުން ބިދޭސީން ތިބި މަޤާމުތަކަށް ދިވެހި...

ޝިއުނާ އާދަމް
އެސްޑީއެފްސީއިން ދޫކުރަމުންދިޔަ ލޯނުތައް ވަގުތީ ގޮތުން މެދުކަނޑާލަނީ

އެސްޑީއެފްސީއިން ދޫކުރަމުންދިޔަ ލޯނުތައް ވަގުތީ ގޮތުން މެދުކަނޑާލަނީ

އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 2020 ވަނަ އަހަރު ދޫކުރަމުންދިޔަ ލޯނުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ. އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެނީ، 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި އެ ކޯޕަރޭޝަނުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން، 25 ޑިސެމްބަރ 2020 ވަނަދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލެވޭނެކަމަށެވެ. އަދި 2021 ވަނަ އަހަރު...

ޝިއުނާ އާދަމް
ފަހާތަނެއް ފަޅާލި މީހަކު ހޯދަނީ

ފަހާތަނެއް ފަޅާލި މީހަކު ހޯދަނީ

ފަހާތަނަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިޢުލާން ކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހާއަކީ 2020 ޑިސެމްބަރު 5 ވަނަ ދުވަހުގެ ވަގުތެއްގައި ސޯސަންމަގު އިބްރާހިމް މިސްކިތް ކައިރީގައި ހުރި ފަހާތަނަކުން ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ. ވީޑިއޯއިން ފެންނަ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ...

ޔުމްނާ ޢަލީ
ފުނަދޫ ކައުންސިލް ކަޕް 2020: ޗެމްޕިއަންކަން ފުނަދޫ ހޮސްޕިޓަލަށާއި، ފުނަދޫ އެއާޕޯޓަށް

ފުނަދޫ ކައުންސިލް ކަޕް 2020: ޗެމްޕިއަންކަން ފުނަދޫ ހޮސްޕިޓަލަށާއި، ފުނަދޫ އެއާޕޯޓަށް

ށ. ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފުނަދޫ ކައުންސިލް ކަޕް 2020ގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ފުނަދޫ ހޮސްޕިޓަލް ޓީމު އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ފުނަދޫ އެއާޕޯޓު ޓީމު ހޯދައިފިއެވެ. ވަރަށް ފޯރިއާއި އެކު ކުޅެވުނު މި މުބާރާތުގެ ފައިނަލް މެޗްތަކުގެ ތެރެއިން ފިރިހެން ޑިވިޜަންގެ ފައިނަލްގައި ފުނަދޫ ހޮސްޕިޓަލް ޓީމާއި ބައްދަލުކުރީ ފުނަދޫ ޕޮލިސް ޓީމެވެ. މި މެޗްގައި ޕޮލިސް ޓީމު ބަލިކޮށް ފުނަދޫ ހޮސްޕިޓަލުން މުބާރާތުގެ ތަށި އުފުލައިލީ 1-4 ލަނޑުގު ތަފާތަކުން […]

ޔުމްނާ ޢަލީ
މާބަނޑު ދުވަސްވަރު ކެއުމަށް ބަދަލު ގެންނަންވީ ކީއްވެ؟

މާބަނޑު ދުވަސްވަރު ކެއުމަށް ބަދަލު ގެންނަންވީ ކީއްވެ؟

ބަލިވެއިނުމުން މައިމީހާގެ ހަށިގަނޑަށް ބަދަލުތަކެއް އާދެއެވެ. އެހެންކަމުން އެދުވަސް ވަރު ކެއިން ބުއިމުގެ އާދަތަކަށް ބަދަލުގެނައުމަކީ މުހިއްމު ކަމެކެވެ. ބަދަލުވަމުންދާ ހަށިގަނޑަށާއި ބަނޑުގައިވާ ދަރިފުޅުގެ ހެދިބޮޑުވުމަށް ދެވޭނެ އެންމެ ބޮޑު އެހީއަކީ ހަށިގަނޑަށް ފައިދާހުރި ތަފާތު ބާވަތްތަކުގެކާނާ ބޭނުންކުރުމެވެ. ކުޑަދަރި ފުޅަށާއި މައިމީހާގެ ފުރާނައަށް ދިމާވެދާނެ އެކި އެކި މައްސަލަތަކާއި ދިގު މުއްދަތަކަށް ދެމިގެން ހިނގާދާނެ ފަދަ ޞިއްޙީ މައްސަލަތަކުން އެއްކިބާވުމަށް މާބަނޑު ދުވަސްވަރު ހަށިގަނޑަށް ފައިދ...

ތިލަދުން
ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް އުސޫލަށް ބަދަލެއް

ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް އުސޫލަށް ބަދަލެއް

ކޯވިޑާއި ގުޅިގެން ބަންދުކުރި ސިޓީތަކާއި، ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދިނުމުގައި ކައުންސިލްތަކުގެ އާނބަސް ބޭނުންވާގޮތަށް ކުރިން އޮތް އުސޫލަށް ބަދަލުގެނެސް، ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަމަޖައްސައިފިއެވެ. ޓޫރިޒަމް މިނިސްޓްރީއިން އަލަށް މިގެނައި ބަދަލުގެ ދަށުން، އެ އުސޫލަށް އަމަލު ކުރަން ނިންމާފަިއވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ކުރިން އަމަލު ކުރަމުންއައިގޮތް ބަދަލުކޮށް...

އަޙްމަދު ވަހީދު
"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ސެމީއަށް ޓީމްތައް ދަތުރުކޮށްފި

"ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ސެމީއަށް ޓީމްތައް ދަތުރުކޮށްފި

ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން “ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020” ނަމުގައި މިހާރު ކުރިއަށްދާ ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމްތައް ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ސެމީފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައިވާ ޓީމަތަކަކީ ޓީމް ބޮލޮކް، ބުނެލާނެ، ޓީމް ލެޖެންޑްސްގެ އިތުރުން ޓީމް ރޫޙްއެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުން ލިބުނު 11 ޕޮއިންޓާއިއެކު ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި ޓީމް ބްލޮކް ސެމީފައިނަލަށް ދަތުރު ކޮށްފައިވާއިރު، ގްރޫޕް […]

އިބްރާހިމް ޚަލީލް
ފެހެންދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ފެހެންދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް  ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުންދާ  ބ.ފެހެންދޫ  ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެމަސައްކަތުގެ  60  އިންސައްތަ  މަސައްކަތް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ މި މަޝްރޫޢުގެ ދަށުން  ފެހެންދޫ  ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް  މިހާރު  ނިމިފައިވާ  ކަމަށް  އެ  ކުންފުނިން  ބުނެފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް  ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި  ހިމެނެނީ 130 މީޓަރު ބޭރު ތޮށި...

އިބްރާހިމް ޚަލީލް