1442 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހިރާއްޖެއަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރި ކަދުރު ބެހުމުގެ އުޞޫލު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކޮށްފިއެވެ. މި އަހަރުގެ ރަމަޟާންމަހަށް ސަޢޫދީ ސަރުކާރުން ރާއްޖެއަށް 25 ޓަނު (12،500 ޕަކެޓް) ކަދުރު ހަދިޔާ ކޮށްފައިވާއިރު، މި އަހަރު މި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފާއިތުވި 1441 ވަނަ އަހަރު ރާއްޖޭގައި އެކުލަވާލެވުނު ފަގީރުންގެ ދަފްތަރުގައި ހިމެނޭ 10944 (ދިހަހާސް ނުވަސަތޭކަ ސާޅީސް ހަތަރެއް) މީހުންނަށް، ކޮންމެ މީހަކަށް […]
އިބްރާހިމް ޚަލީލް
ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ސްޕޯޓަސް ކުލަބް ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު 28 މާޗް 2021 ވީ އާދީއްތަ ދުވަހު ރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ހޯދާފައިވަނީ ފައިނަލުގައި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ސީދާ ތިންސެޓުން ބަލިކުރުމަށް ފަހުގައެވެ. މުޅި މެޗުގައި ވެސް ނޮޅިވަރަންފަރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ސެޓުތައް އެ […]
އިބްރާހިމް ޚަލީލް
ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫން ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑަށް ޕޮޒިޓިވްކަން ހާމަކޮށް އެރަށު ސިއްހީ މަރުކަޒުން ބުނީ އެ 2 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށެވެ. “މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސް ކުރަން.” މިލަންދޫ ސިއްހީ މަރުކަޒުން ބުންޏެވެ. މިލަންދޫ މީގެ ކުރިން ވެސް ބައެއް ކޯވިޑް ޕޮޒިޓިވް ކޭސްތައް ފެނުނެވެ. އެ އެންމެން […]
އިބްރާހިމް އަސްވާޤް
މިޔަރު ބާނަން އުޅުނު ބަޔަކު ފުލުހުން ހުއްޓުވައިފި އެވެ. މީޑީއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ އެ ދޯނި ހުއްޓުވީ އދ. މަންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ހަަތަރު މީހުން ތިބި އެ ދޯނި ފުލުހުން ހުއްޓުވައިފައިވަނީ މާވަރު ފަޅު ކައިރިން ނެވެ. ފުލުހުން ބުނީ ދޯނި ބަލައި ފާސްކުރިއިރު ދޯނި ތެރެއިން މިޔަރާއި މިޔަރުގެ އުރަހައާއި ލޮނު އަޅާފައި ހުރި މިޔަރު މަސް […]
ޖަލްވާން ޖާދުﷲ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރީ ރަޖިސްޓްރީވުމަށް ފަހުވަގުތަށް މަޑުނުކޮށް އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ. އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް މިމަހުގެ 2 ވަނަ ދުވަހު ހުޅުވާލެވިފައިވާއިރު ރީރަޖިސްޓްރޭޝަންގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 11 ވަނަ ދުވަހެ...
Thiladhun
ތ.ވޭމަންޑޫ އިންޖީނުގޭގައި އިއްޔެ ހިނގާދިޔަ އަލިފާނުގެ ހާދިސާއަށްފަހު މެދުކެނޑިފައިވާ ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދީފި އެވެ. ވޭމަންޑުއަށް ކަރަންޓް ދީފައި ވަނީ ރޭ 23:40 ކަންހާއިރުކަމަށް ފެނަކަ ކޯޕަރޭޝަން އިން މަޢުލޫމާތުދެއެވެ. މި ހާދިސާއަށްފަހު އެ ރަށުން ކަރަންޓްގެ ޚިދުމަތް ކެނޑުމާއި ގުޅިގެން އެކަން ހައްލު ކުރުމަށް ފެނަކައިން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން މިއަދުގެ ވަގުތެއްގައި ވޭމަންޑޫއަށް ކަރަންޓު ދިނުމަށް އެ އަތޮޅު ގުރައިދޫއިން 360 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ފެނަކައިން...
އަލީ އާދިލް
ދިވެހިރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު އައްޑިހަ ހާހަށްވުރެ މައްޗަށް އަރައިފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް ބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން މިހާތަނަށް 80،153 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ އިނޑިއާއިން ރާއްޖެއަށް ހަދިޔާކުރި 100000 ޑޯޒް “ކޮވިޝީލްޑް” ވެކްސިނެވެ. ގްރޭޓާ މާލޭ ސަރަހައްދުގެ 10 ވެކްސިނޭޝަން ސެންޓަރަކާއި އަދި އަތޮޅުތެރޭގެ 69 ސެންޓަރު ހިމެނޭގޮތުން ޖުމްލަ 79 ސެންޓަރުގައި މިހާރު ވެކްސިން ދެމުން އަންނައިރު މިއަދު އެކަނ...
އިބްރާހިމް ޚަލީލް
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން މި ފިނި މޫސުމާ ދިމާކޮށް ކުރިޔަށްގެންދާ ސަވައިވިންގް ވިންޓަރ 2020 ނިމުމަކަށް އައުމަށް ކައިރިވެއްޖެއެވެ. ފިނި މޫސުމާދިމާކޮށް ހާލުގައި ޖެހިފައިވާ ޤައުމުތަކުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ސަވައިވިންގް ވިންޓަރ ކެމްޕޭން އައިއޭސީގެ ފަރާތުން ލޯންޗުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ހާމަކުރާ ގޮތުގައި، ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިންގެ ޖުމުލަ މާލީ ހާލަތު ދަށްވެފައިވީނަމަ...
އަލީ އާދިލް
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް މ. ދިއްގަރު އަނީސާމަންޒިލް، އަލްފާޟިލް އިދުރީސް އިސްމާޢީލް އައްޔަނުކުރައްވައިފި އެވެ. މިއީ އައިކޮމް އަށް އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ، މި މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ބޭއްވި އިންޓަރވިއުއިން އެންމެ މަތިން މާކުސް ލިބިވަޑައިގެންނެވިފަރާތްކަމަށް އައިކޮމްއިން ބުނެފައިވެއެވެ. އަލްފާޟިލް އިދުރީސް އިސްމާޢީލ...
އިބްރާހިމް އަސްވާޤް
ލިޔެކިޔުންތައް ނެތި ނުގައިވާއިދުން އުޅޭ ބިދޭސީންނަށްވެސް ތަފާތު ކުރުމެއްނެތި ވެކްސިން ދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ އިމަޖެންސީ ހާލަތްތަކުގައި ހަމަހަމަކަމާއެކު ކަންކަން ކުރިއަށްގެންދިއުމަކީ ކޮރަޕްޝަން ކޮންޓްރޯލް ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ކޯވިޑް ވެކްސިން ކެމްޕޭން މިހާރު ކުރިއަށްދާއިރު ހުރިހާ ކަމެއް ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންދަން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ޓްރާންސްޕޭރެންސީން ބުނ...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމް އާއި ޗެލްސީ ބައްދަލު ކުރި މެޗު، ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމްގެ ދަނޑުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީން މޮޅަށް ކުޅުނު ނަމަވެސް ލަނޑު ޖަހާނެ ފުރުޞަތު ތަކެއް ހޯދިފައި ނުވެއެވެ. މުޅި މެޗުގައި ވެސް އެ ޓީމަށް ޓޮޓެންހަމްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ. މިގޮތުން […]
އިބްރާހިމް ޚަލީލް
އެޕަލް ބްރޭންޑުގެ ގަޑި ބޭނުންކޮށްގެން މާސްކު އަޅައިގެން ހުރެވެސް އައިފޯނުތައް އަންލޮކް ކުރެވޭނެގޮތް ހަދަން ނިންމައިފިއެވެ. އެ ކުންފުނިން މިހާރު އަންނަނީ އައިއޯއެސްގެ އާ އަޕްޑޭޓް މިހާރު ޓެސްޓު ކުރަމުންނެވެ. މި ޓެސްޓުތައް ނިންމުމަށްފަހު ވަރަށް އަވަހަށް ސޮފްޓްވެއާ އަޕްޑޭޓު ކުރާނެ ކަމަށް އެޕްލައިން ވަނީ ބުނެފައެވެ. މިސޮފްޓްވެއާއާއެކު އެޕަލް ގަޑި ސިންކު ކޮށްފައި ހުންނަ ފޯނު މޫނާ ކައިރި ކޮށްލުމުން ޕާސްވޯޑު ޖެހުމަކާ ނުލާ ހުޅުވޭނެއެވެ. މިގޮތަށް ފޯނު ހުޅުވަން ގަޑިއާ ފޯނު އޮންނަން ޖެހޭނީ […]
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ސައުޓެމްޓަންގެ ކޮޅަށް ނުވަ ލަނޑު ޖަހައިފިއެވެ. އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ޕްރިމިއަ ލީގުގައި ޓީމެއް ކޮޅަށް ޔުނައިޓެޑުން 9 ލަނޑު ޖެހި ދެވަނަ ފަހަރެވެ. 1995 ވަނަ އަހަރުގެ ލީގުގައި އިޕްސްވިޗް ޓައުންއާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޔުނައިޓެޑުން ވަނީ 9 ލަނޑު ޖަހާފައެވެ. މީގެ އިތުރުން […]
އިބްރާހިމް ޚަލީލް
މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނަން ނުޖެހޭނެ ކަމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ. އާރުޑީސީން ކުރި ޓްވީޓެއްގައި މިހެން ބުނީ ކުރީ ސަރުކާރުތަކުގައި މާލޭގެ މަގުތައް ހަދައި ނިމޭއިރު އަލުން އެ މަގުތައް މަރާމާތު ކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުންދާތީއެވެ. މާލެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހުރިހާ މަގެއްވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް، މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނާކަށް ނުޖެހޭނެ އެ ކުންފުނިން […]
އަޙްމަދު ވަހީދު
ކޯވިޑް19 ގެ ސަބަބުން ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށްވެސް ދެމިގެންދާނެ ކަމަށް ބެލެވޭކަމަށް ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވެއްޖެ އެވެ. ފާރިސް އެޗް މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެ އަށް ދެމުންގެންދާ އެހީ ފުޅާކުރުމަށްޓަކައި އި...
އަލީ އާދިލް