މައި ޚަބަރަށް ދިޔުމަށް

ޚަބަރު

958 ޝާއިޢުކުރެވިފައިވާ ލިޔުން

ޚަބަރު - 43 ވަނަ ޞަފްޙާ

ސާއިދުއަށް އެހީވުމަށް ވޮއިސް އޮފް މޯލްޑިވްސްގެ ކްލަބްހައުސްގައި މީރޭ ޚާއްސަ އިވެންޓެއް

ސާއިދުއަށް އެހީވުމަށް ވޮއިސް އޮފް މޯލްޑިވްސްގެ ކްލަބްހައުސްގައި މީރޭ ޚާއްސަ އިވެންޓެއް

ސާއިދު އަހުމަދުގެ 2 ކިޑްނީ ފެއިލްވެ ކިޑްނީ އެއް ހަދިޔާ ކޮށްދޭން ފަރާތެއް ހޯދުމަށް “ވޮއިސް އޮފް މޯލްޑިވްސްގެ ކްލަބްހައުސް” ގައި މީރޭ ޚާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. މިއީ ރާއްޖޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ފުޓްބޯޅަ ކޮމެންޓްރޭޓަރ ސާއިދު އަހުމަދުއަށް ކިޑުނީއެއް ލިބޭތޯ މަސައްކަތް ކުރުމަށް ތިނަދޫ ޒުވާނުންތަކެއް އިސްނަގައިގެން ކުރިޔަށް ގެންދާ ޚާއްޞަ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ އިވެންޓްއެކެވެ. ކްލަބް ހައުސްގެ ކްލަބެއް ކަމުގައިވާ ވޮއިސް އޮފް މޯލްޑިވްސްގެ މި ފޯރަމް...

އިބްރާހިމް އަސްވާޤް
އިންޑިއާ އާއި އެކު ޕްރީ-އެރައިވަލް ކާގޯ ޑޭޓާ ބަދަލުކުރުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

އިންޑިއާ އާއި އެކު ޕްރީ-އެރައިވަލް ކާގޯ ޑޭޓާ ބަދަލުކުރުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު ޕްރީ-އެރައިވަލް ކާގޯ ޑޭޓާ ބަދަލުކުރުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި އެވެ. މި އެމް.ޔޫ.އޯ ގައި ސޮއިކުރެވުނީ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީ.ބީ.އައި.ސީ – އިންޑިއާ) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާ ދެމެދު ޕްރީ-އެރައިވަލް ކާގޯ ޑޭޓާ ބަދަލުކުރުމަށްޓަކައި ސީ.ބީ.އައި.ސީ އާ އެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއަދު މެންދުރު ކަސްޓަމްސް ބިލްޑިންގްގައި ބޭއްވުނު މި ޚާއްސަ ރަސްމިއްޔާތުގައި ކަސްޓަމްސްގެ ފ...

އަޙްމަދު އަރުޝަމް
އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފް، ނަބާ އާއި މުބާލް އަށް

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފް، ނަބާ އާއި މުބާލް އަށް

މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ޓޯކިޔޯ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު، ބެޑްމިންޓަނުން ވިދާލި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ) އާއި ފެތުންތެރިޔާ މުބާލް އައްޒާމް އަށް ލިބިއްޖެ އެވެ. މިންތީގެ ހަމަހަމަކަމަށް ތާއީދުކުރުމުގެ ގޮތުން މުޅިން އަލަށް މި ފަހަރުގެ އޮލިމްޕިކްސްގައި ދިދަ އުފުލުގެ ފުރުސަތު ކޮންމެ ގައުމަކުން އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓަކަށް ދޭން އިންޓަނޭޝަން އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ ނިންމާފައެވެ. ބުރާސްފަތި ދުވަހު ޓޯކ...

އަޙްމަދު އަރުޝަމް
ދިއްދޫ މޮނީޓަރިން ހާލަތުން ނަގައިފި

ދިއްދޫ މޮނީޓަރިން ހާލަތުން ނަގައިފި

ކޯވިޑް-19 އާއި ގުޅިގެން މަހެއްހާ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތުމަށް ފަހު އެރަށް އެ ހާލަތުން ނަގާފައިވާ ކަން އެޗްޕީއޭއިން އެރަށަށް އަންގައިފިއެވެ. ދިއްދޫއިން ކޯވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ 24 ޖޫން 2021 ގައެވެ. އެ ރަށުގައި ކޯވިޑްގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނީޓަރިން އިން ނެގިކަން އަންގާފައި ވަނީ […]

އިބްރާހިމް ޚަލީލް
މިމަހުގެ 28 އަދި 29 ސަރުކާރު ބަންދު

މިމަހުގެ 28 އަދި 29 ސަރުކާރު ބަންދު

މި ޖުލައި މަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު 2 ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ. އެ ދެންނެވުމުގައި ބުނީ ރައީސް މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއ...

އަޙްމަދު އަރުޝަމް
ރައީސް، ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި

ރައީސް، ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ. ރައީސް އެ ކައުންސިލާއި ބައްދަލުކުރެއްވީ، މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބަޔަކުން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ރާއީސް ޞާލިޙަށް އިންކުއަރީ ރިޕޯޓު އެރުވުމާއި ގުޅިގެން އެ ރިޕޯޓާއި ގުޅޭ މަޝްވަރާކުރެއްވުމަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެ...

އަޙްމަދު އަރުޝަމް
އިންކުއަރީ ރިޕޯޓް ރައީސްއަށް އަރުވައިފި

އިންކުއަރީ ރިޕޯޓް ރައީސްއަށް އަރުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. މި ރިޕޯޓް ރައީސްއަށް އަރުވާފައިވަނީ މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކޮމިޓީގެ މުގައްރިރު ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި ރައީސުލް...

އިބްރާހިމް ޚަލީލް
މާލޭގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ކޮށްލައިފި

މާލޭގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ކޮށްލައިފި

މާލޭގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ކޮށްލައިފި އެވެ. މިކަމާއި ގުޅިގެން ފުލުހުން މިރޭ ވިދާޅުވީ މި މާރާމާރީގައި މީހަކު ޒަހަމް ވި މައްސަ އެެއް ހުށައެޅިފައިވާ ކަމަށެވެ. މި މާރާމާރީ ހިނގާފައިވަނީ ގަލޮޅު، ފާށަނާކިލެގެ މަގު، ގޯޅި ގަނޑެއްގެ ތެރޭގައި ކަމަށެވެ. “ 2 މީހެއްގެ ދެމެދުގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ވެފައިވާ މައްސަލަ މިރޭ 21:50 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވޭ.” މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ މި […]

އަޙްމަދު އަރުޝަމް
ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލްމާރުކޭޓު ގޮޅިތައް ކުއްޔަށް ހިފުމަށް ފުރުޞަތު ހުޅުވާލައިފި

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލްމާރުކޭޓު ގޮޅިތައް ކުއްޔަށް ހިފުމަށް ފުރުޞަތު ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުންގެންދާ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލްމާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާތީ އެ ގޮޅިތައް އަލުން ކުއްޔަށް ހިފަން އެދޭފަރާތްތަކަށް އެފުރުސަތު އެ ކައުންސުލުން މިއަދު ހުޅުވާލައިފިއެވެ. މާލޭ ލޯކަލްމާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުން އަގުނެގުމަށް ހަމަޖެހިފައި ވަނީ އެ ގޮޅިއެއްގެ ބޮޑުމިނުގެ ކޮންމެ އަކަފޫޓަކަށް 31.25 ރުފިޔާ މަގުންނެވެ. މި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ. މިއަދު...

އިބްރާހިމް ޚަލީލް
ކޮވިޝީލްޑްގެ ދެވަނަޑޯޒް ޖަހަން ކުޅުދުއްފުށި ރައްޔިތުން ބޯވާރޭގައި، މާފަށް އެދި އިންތިޒާމް ހަރުދަނާ ކުރަނީ

ކޮވިޝީލްޑްގެ ދެވަނަޑޯޒް ޖަހަން ކުޅުދުއްފުށި ރައްޔިތުން ބޯވާރޭގައި، މާފަށް އެދި އިންތިޒާމް ހަރުދަނާ ކުރަނީ

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ދެވަނަ ޑޯޒް ޖެހުމަށް މިއަދު އެ ރަށު އުފަންހިޔާ ކައިރީގައި ވެހެމުންދިޔަ ބޯވާރޭގައި ބޮޑު ކިޔުގައި ގިނަބަޔަކު ތިބެން ޖެހުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ކުޅުދުއްފުށީގައި މި ހަފްތާ ބަންދުގައި ޖުމްލަ 500 ޑޯޒް ކޮވިޝީލްޑް ވެކްސިން ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕޓަލުން ހަމަޖައްސާފައިވާއިރު ހުކުރު ދުވަހު ދިނުމަށް ހަމަޖެހިފައިވާ 300 ޑޯޒް ވެކްޝިން ޖެހުމަށް މިއަދު ގިނަ ބަޔަކ...

އިބްރާހިމް ޚަލީލް
ހޯރަފުށީ ރައްޔިތުންނަށް "ގެދޮރުވެރިޔާ ލޯނު" ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީވަނީ

ހޯރަފުށީ ރައްޔިތުންނަށް "ގެދޮރުވެރިޔާ ލޯނު" ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީވަނީ

ހއ. ހޯރަފުށީ ރައްޔިތުންނަށް “ގެދޮރުވެރިޔާ ލޯނު” ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީތެރިވުމަށް ނިންމައިފި އެވެ. “ގެދޮރުވެރިޔާގެ ލޯނު” އަކީ ސަރުކާރުން ދިވެހިރައްޔިތުންނަށް ބޯހިވާހަކިން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން ދެމެހެއްޓެނިވި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަށަވަރުކޮށްދިނުމުގެ މަޤުސަދުގައި ނިމިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ތަޢާރަަފް ކުރެވުނު ލޯނު ސްކީމްއެކެވެ. ހޯރަފުށީ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވަނީ، ހޯރަފުށީ ރައްޔިތުންގެ ތެރެއިން މި ލޯނު ބޭނުންވާ ފަ...

އަޙްމަދު އަރުޝަމް
"ޔޫރޯ 2020" ބެލުމަށް ޕްރޮޖެކްޓަރ ދޫކުރަން ފަށައިފި

"ޔޫރޯ 2020" ބެލުމަށް ޕްރޮޖެކްޓަރ ދޫކުރަން ފަށައިފި

“ޔޫރޯ 2020” މުބާރާތް ބެލުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޕްރޮޖެކްޓަރ ދޫކުރަން ފަށައިފި އެވެ. “ޔޫރޯ 2020” މުބާރާތް ބެލުމަށް ކުލަބު ޖަމްޢިއްޔާތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަރ ދޫކުރުމަށް އެނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ޕްރޮޖެކްޓަރ ލިބޭ ކުލަބު ޖަމްޢިއްޔާތަކުގެ ލިސްޓް ވަނީ މިހާރު އިޢުލާން ކޮށްފަ އެވެ. އެލިސްޓްގައި 194 ކުލަބު ޖަމްޢިއްޔާާއަކަށް ޕްރޮޖެކްޓް ލިބޭނެކަމަ ބުނެފައިވެއެވެ. އެގޮތުން ހއ. އަތޮޅުގެ 14 ކުލަބު ޖަމްޢިއްޔާއަކާއި ހދ. އަ...

އިބްރާހިމް އަސްވާޤް
ރާއްޖޭގައި ޖެންޑަރ އިކުއަލިޓީ ޕުލޭންއެއް އަންނަނީ ރޭވެމުން: ޞަބްރާ

ރާއްޖޭގައި ޖެންޑަރ އިކުއަލިޓީ ޕުލޭންއެއް އަންނަނީ ރޭވެމުން: ޞަބްރާ

ރާއްޖޭގައި ޖެންޑަރ އީކުއަލިޓީ ޕްލޭންއެއް ރޭވެމުން އަންނަކަމަށް ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ. އެކަމަނަމާ މިފަދައިން ވިދާޅުވީ ދަ ޖަނަރޭޝަން އިކުއަލިޓީ ފޯރަމް ހައިލެވެލް ވަރޗުއަލް ރައުންޑްޓޭބަލް: ޖެންޑަރ އި ންކްލޫސިވް ކްލައިމެޓް އެކްޝަންސް؛ އަ ގްލޯބަލް މޫމަންޓް ފޮރ ޖެންޑަރ އިކުއަލިޓީ ގައި އިއްޔެ ދެއްކެވި ވާހަކަފުޅެއްގައެވެ. މި ފޯރަމް އަކީ ޔޫ.އެން ވިމެން އިން އިންތިޒާމުކޮށް، މެކްސިކޯ އަދި ފްރާންސުން ކޯ ހޯސްޓްކޮށްގެން ކުރިއަށްގެންދާ ފޯ...

އަޙްމަދު އަރުޝަމް
"ނަފްރަތުގެ އަމަލު" ބަޔާންކުރާ ބިލް އަނބުރާ ގެންދިއުމަށް 106 މަދަނީ ޖަމިއްޔާއަކުން ގޮވާލައިފި

"ނަފްރަތުގެ އަމަލު" ބަޔާންކުރާ ބިލް އަނބުރާ ގެންދިއުމަށް 106 މަދަނީ ޖަމިއްޔާއަކުން ގޮވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާން ކުރާ ބިލު އަނބުރާ މަޖިލީހުގެ ތަޅުމުން ގެންދިއުމަށް ރާއްޖޭގައި މަސައްކަތްކުރާ 106 މަދަނީ ޖަމިއްޔާ އަކުން ގޮވާލައިފިއެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 124 ވަނަ މާއްދާގެ ގޮތުގައި “ނަފްރަތުގެ އަމަލު ހިންގުން” ނަމުގައި މާއްދާއެއް އިތުރު ކުރަން ހުށަހެޅި މިހުށަހެޅުން މަޖިލީހުގެ ތަޅުމަށް މިހާރު ވަނީ ބަލައިގަނެފައެވެ. މި މާއްދާގައި ބުނާގޮތުން އާންމު ތަނެއްގައި ވަކި މީހަކ...

އަޙްމަދު އަރުޝަމް
ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ ދީފި

ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ ދީފި

ރާއްޖޭގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ ހުއްދަ ސަރުކާރުން ދެއްވައިފިއެވެ. ސަރުކާރުން މިހެން ނިންމީ މިދިޔަ މަހު ކޮވިޑް-19 ބަލީގެ ކޭސްތައް ގިނަވުމައި ގުޅިގެން ރަށްރަށަށް ދަތުރުން މެދުކަނޑާލާފާ އޮތުމަށް ފަހުއެވެ. އެޗްއީއޯސީގައި ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ކުރިއެކޭވެސް އެއްފަދައިން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އެއް ރަށުން އަނެއްރަށަށް މިހާރު ދަތުރު ކުރެވޭނެ ކަމަށެވެ. މަބްރޫކް އިތުރަށް ވިދާޅުވީ މިކަން މ...

އަޙްމަދު އަރުޝަމް