މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޚަބަރު

958 ޝާއިޢުކުރެވިފައިވާ ލިޔުން

ޚަބަރު - 34 ވަނަ ޞަފްޙާ

ލޯފަންކުދިންގެ ޖަމިއްޔާގެ އަހަރީ ކޭމްޕްގެ ހަރަކާތްތަކަށް އއ. އަތޮޅަށް

ލޯފަންކުދިންގެ ޖަމިއްޔާގެ އަހަރީ ކޭމްޕްގެ ހަރަކާތްތަކަށް އއ. އަތޮޅަށް

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގެ އަހަރީ ކޭމްޕް ފަށައިފިއެވެ. ލޯފަންކުދިން އިސްނަގައިގެން ހިންގާ މި ޖަމުއިއްޔާގެ އަހަރީ ކޭމްޕް ފަށާފައިވަނީ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމަކުން ނެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދިޔައީ ބްލަޑް ސަރވިސަސް ގައި މިމަހު 26ވަނަ ދުވަހުގެ ހެނދުނު 9:00 ން 12:00 އަށެވެ. މިއީ އެޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ 3 ވަނަ ލޭހަދިޔާ ކުރުމުގެ ކޭންޕެވެ. ބީވީއައިއެސްއެމް މީޑިއާ ކޯޑިނޭޓަރ ޝާހިން މުހައްމަދު ވިދާޅުވީ، […]

އަލީ އާދިލް
އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ކޯރު ހިނދެނީ!

އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ކޯރު ހިނދެނީ!

މިސިސިޕީ ކޯރަކީ އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ކޯރެވެ. އެ ކޯރަކީ އެމެރިކާގެ 20 މިލިއަން މީހުން ނުވަތަ އާބާދީގެ 16 ޕަސެންޓަށް ސާފު ބޯފެން ފޯރުކޮށްދޭން ފެންނަގާ ކޯރެކެވެ. ކޯރާއި ގުޅޭ ކަންބޮޑުވުންތަކެއް މިފަހުގެ ތާރީހުގައި ވަނީ އިިތުރުވެފައި އެވެ. އެގޮތުން މިދިޔަ 10 އަހަރު ތެރޭގައި އެ ކޯރުގެ ފެންގަނޑު ހިނދެމުންދާ އަވަސް މިންހުރީ ކަންބޮޑުވާ ދަރަޖައެއްގައި އެވެ. އޭގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ސާފު ބޯފެން ފޯރުކޮށްދިނުން އޮތީ ނުރައްކާތެރި ފައްތަރެއްގައި އެވެ. […]

މުޙައްމަދު ވަސީމް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފައިނަލުގައި ޒީރުއާއި ބީޗް ސިޓީ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފައިނަލުގައި ޒީރުއާއި ބީޗް ސިޓީ

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގެ ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ޒީރު ސްޕޯޓްސް ކުލަބާއި އައްޓޯ އެފްސީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޒީރު ވަނީ ޖާގަ ހޯދާފައެވެ. މި މެޗުގައި ޒީރުން ކާމިޔާބުކުރި ހަމައެކަނި […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ލަޔަންއާއި ބީޗް ސިޓީ ސެމީއަށް

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ލަޔަންއާއި ބީޗް ސިޓީ ސެމީއަށް

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ލަޔަންއާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ. އިއްޔެ ގްރޫޕް އޭގައި ލަޔަންއާއި ލާޒިއޯ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ލަޔަންއެވެ. މި މެޗުގައި ލަޔަންއަށް ލަނޑުތައް ޖަހައި ދީފައި ވަނީ މުޙައްމަދު އާދަމްގެ އިތުރުން އިބްރާހީމް އާދަމެވެ. […]

އިބްރާހިމް ޚަލީލް
ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްގީކޮށްހިންގަން ވިލާއަށް

ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްގީކޮށްހިންގަން ވިލާއަށް

ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާއި ހަވާލުކޮށްފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަނަލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ހިލްމީއެވެ. މިއީ ހަޔާ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަ...

ޔުމްނާ ޢަލީ
ހާރޓް އެޓޭކެއް ޖެހިގެން ކޭއާރުއެޗްގައި ފަރުވާދެމުންދިޔަ މީހަކު މާލެ ފޮނުވާލައިފި

ހާރޓް އެޓޭކެއް ޖެހިގެން ކޭއާރުއެޗްގައި ފަރުވާދެމުންދިޔަ މީހަކު މާލެ ފޮނުވާލައިފި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ފިރިހެނަކު، އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ފޮނުވާލައިފި އެވެ. ކޭއާރުއެޗް އިން ވިދާޅުވީ އެއީ ހާރޓް އެޓޭކެއް ޖެހިގެން އެހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން 77 އަހަރުގެ ފިރިހެނެއްކަމަށެވެ. އެއީ ކުޅުދުއްފުށި ސިޓީ އަށް ނިސްބަތްވާ މީހެއްކަމަށް މަޢުލޫމާތު ލިބެއެވެ. ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ވަނީ ލަފާދެއްވާފަ އެވެ. އެމްއެންޑީއެފް ނޮދަން އޭރިއާގެ އ...

އިބްރާހިމް އަސްވާޤް
އޭސީސީއިން ކުރާ އެއްވެސް ކަމަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ: ރައީސް

އޭސީސީއިން ކުރާ އެއްވެސް ކަމަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ: ރައީސް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސ) ީއިން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަޙުޤީޤަކަށް ވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި “އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022” މަހާސިންތާ ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް މިސަރުކާރުން ކުރެ...

ޔުމްނާ ޢަލީ
ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރުންނާއި ހަވާލުކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތަށް 13,948,530.61 ރުފިޔާ ޚަރަދުވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މައްސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މީގެ އިތުރުން ލ. ކުނަހަންދޫ ސްކޫލުގެ 4 ކުލާސްރޫމް، ލައިބްރަރީ އަދި […]

ޔުމްނާ ޢަލީ
ދުނިޔޭގެ އެންމެ ހުދު ދަވާދު، އިތުރަށް ލުއިކޮށް ތުނިކޮށްފި

ދުނިޔޭގެ އެންމެ ހުދު ދަވާދު، އިތުރަށް ލުއިކޮށް ތުނިކޮށްފި

ދުނިޔޭގެ އެންމެ ހުދު ދަވާދު އިތުރަށް ލުއިކޮށް ވަރަށް ތުނިކޮށްލެވޭ ގޮތައް ހަދައިފި އެވެ. މި ދަވާދު އުފެއްދީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އިންޑިއާނާގެ ޕާޖޫ ޔުނިވާސިޓީގެ އިންޖިނިއަރުންގެ ޓީމަކުން މިދިޔަ އަހަރު އެވެ. މި ދަވާދު އުފައްދާފައިވަނީ ފޮޓޯގްރަފިކް ޕޭޕަރު އުފެއްދާ ކެމިކަލް ބޭނުން ކޮށްގެންނެވެ. އޭގެ ފަހުން މިހާރު އެ ޓީމުން ވަނީ އެންމެ ހުދު ދަވާދު ފްލައިޓާއި ކާރު އަދި ރޭލުގައި ބޭނުން ކުރަން ފައްކާކޮށްފަ އެވެ. މިތަކެތީގައި އެ ދަވާދު ބޭނުން […]

މުޙައްމަދު ވަސީމް
ކުޅުދުއްފުށީ ބެސްޓް ބަޑީގެ އާ ފިހާރައިން "ވޯލްޑް ކަޕް ފޯރި" ގަދަކޮށްލަން ބޭނުންވާ ހުރިހާ ސާމާނެއް!

ކުޅުދުއްފުށީ ބެސްޓް ބަޑީގެ އާ ފިހާރައިން "ވޯލްޑް ކަޕް ފޯރި" ގަދަކޮށްލަން ބޭނުންވާ ހުރިހާ ސާމާނެއް!

އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ގަތަރުގައި ކުރިއަށްދާ “ވޯލްޑް ކަޕް” ބެލުމަށް ގިނަބަޔަކު ތައްޔާރުވަމުން އަންނައިރު، ރާއްޖޭގައިވެސް މިފޯރި ގަދަވާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެމުބާރާތަކަށް އިންތިޒާރު ކުރަމުން އަންނަ އިރު މިއީ ދުނިޔޭގެ އެންމެ ގިނަބަޔަކު ބަލަންމުން އަންނަ މުބާރާތްވެސް މެއެވެ. އެގޮތުން ޒަމާނުންސުރެއް ދިވެހިންނަކީވެސް ފުޓުބޯޅަ ބެލުމަށް ފޯރި ހުންނަ ބައެކެވެ. އާއިލާއާއި ރަޙުމަތް ތެރިންނާއި އެކު ވޯލްޑް ކަޕް ބެލުމަށް ސިޓިން ރޫމު...

އިބްރާހިމް އަސްވާޤް
''ސްކައުޓް ހަރަކާތުގެ ސަބަބުން ޒިންމާދާރުވުމަށާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ''

''ސްކައުޓް ހަރަކާތުގެ ސަބަބުން ޒިންމާދާރުވުމަށާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ''

ސްކައުޓް ހަރަކާތުގެ ސަބަބުން ޒިންމާދާރުވުމަށާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ”ޖަމްބަރީ އޮން ދަ އެއަރ- ޖަމްބަރީ އޮން ދަ އިންޓަރނެޓް (ޖޮޓާޖޮޓީ) 2022”، ރާއްޖޭގައި ރަސްމީ ގޮތުން މިއަދު ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވަނީ ސްކައުޓް ހަރަކާތަކީ މިއަދާ ހަމައަށް ފަނޑުވުމެއް ނެތި ކުރިއަރަމުން އަންނަ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ […]

ޔުމްނާ ޢަލީ
ނޭކުރެންދޫ ގައި އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނޭކުރެންދޫ ގައި އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ. ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޒް އަލީ އެވެ. ނޭކުރެންދޫގެ […]

މުޙައްމަދު އަފްރާޙް
ޔޫރަޕުގައި ސީޕޯޓް ޗާޖަރު ބޭނުންކުރަން މަޖުބޫރުކޮށް ގާނޫނެއް ފާސްކޮށްފި

ޔޫރަޕުގައި ސީޕޯޓް ޗާޖަރު ބޭނުންކުރަން މަޖުބޫރުކޮށް ގާނޫނެއް ފާސްކޮށްފި

ޔޫރަޕުގައި ސީޕޯޓް ޗާޖަރު ބޭނުންކުރަން މަޖުބޫރުކޮށް ގާނޫނެއް ފާސްކޮށްފި އެވެ. ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރި މި ގާނޫނަށް އަމަލު ކުރަން ފަށާނީ 2024 ވަނަ އަހަރުން ފެށިގެންނެވެ. މި ގާނޫނު ބުނާގޮތުން ސްމާޓް ފޯނުތަކާއި ޓެބްލެޓުތައް އަދި ކެމެރާތައްވެސް ޗާޖު ކުރުމަށް ބޭނުން ކުރަން ޖެހޭނީ ސީ ޕޯޓް އެވެ. މި ނިންމުމާއި އެކު އެންމެ ބޮޑު އަސަރެއް ކުރާނީ އެޕަލް ކުންފުންޏަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެޕަލް ކުންފުނިން ދަނީ ފެށުނީންސުރެ އެމީހުންގެ ޗާޖަރުތައް […]

މުޙައްމަދު ވަސީމް
ޓްރަމްޕް މިފަހަރު އަބުރުގެ ދައުވާ ކުރީ ސީއެންއެން އާއި ދެކޮޅަށް، ނަގައިދޭން އެދުނީ 475 މިލިއަން ޑޮލަރު

ޓްރަމްޕް މިފަހަރު އަބުރުގެ ދައުވާ ކުރީ ސީއެންއެން އާއި ދެކޮޅަށް، ނަގައިދޭން އެދުނީ 475 މިލިއަން ޑޮލަރު

ބައިނަލްއަގުވާމީ ނޫސް އެޖެންސީ ސީއެންއެން އާއި ދެކޮޅަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަބުރުގެ ދައުވާކޮށްފި އެވެ. މި މައްސަލަ ޓްރަމްޕް ވެއްދީ ފްލޮރިޑާ ސްޓޭޓްގެ ޑިސްޓްރިކްޓު ކޯޓަކަށެވެ. ދައުވާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން ޓްރަމްޕް އެދިފައިވަނީ 475 މިލިއަން އެމެރިކާ ޑޮލަރު ނަގައި ދިނުމަށެވެ. ޓްރަޕްމް ވިދާޅުވީ، ސީއެންއެންއިން އާންމު ކުރި މައުލޫމާތުތަކެއްގެ ސަބަބުން ސިޔާސީ ކެރިއަރަށާއި ކެމްޕެއިނަށް ހުރަސް އެޅުނު ކަމަށެވެ. މި މައްސަލައަކީ 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިނ...

މުޙައްމަދު ވަސީމް
100 ޑޮލަރުގެ ރިފަންޑަށް "އޮޅިގެން ފޮނުވުނީ" 10.5 މިލިއަން، ހޯދަން ސުޕްރީމް ކޯޓަށް

100 ޑޮލަރުގެ ރިފަންޑަށް "އޮޅިގެން ފޮނުވުނީ" 10.5 މިލިއަން، ހޯދަން ސުޕްރީމް ކޯޓަށް

ކުރިޕްޓޯ.ކޮމް އިން ރިފަންޑުގެ ގޮތުގައި 100 ޑޮލަރު ފޮނުވަންޖެހޭ ކަސްޓަމަރަކަށް 10.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ފޮނުވިއްޖެ އެވެ. މިއީ ޔޫއެސް ޑޮލަރުން ބަލާނަމަ 7.2 މިލިއަން އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއްސަތޭކަ އެގާރަ މިލިއަން ދެ ލައްކަ ސާޅިސް ހާސް ރުފިޔާ އެވެ. ކްރިޕްޓޯ.ކޮމް އަށް އޮޅިގެން މިހާބޮޑު އަދަދެއް ފޮނުވިފައިވަނީ އޮސްޓްރޭލިއާގެ މެލްބަންގައި ދިރިއުޅޭ އަންހެނަކަށެވެ. އެ ފައިސާ އަންހެން މީހާއަށް ޓްރާންސްފާ ކުރެވިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށް ރިޕޯޓުތައް […]

މުޙައްމަދު ވަސީމް