ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖައާ ކުރަން ފަށައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް މުރާޖައާކޮށް ރާއްޖޭގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެކުލަވާލަން ޖެހޭ ގާނޫނު އެކުލަވާކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެ އެވެ. އެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ކޮމިޝަން އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލް އެކުލަވާލައި މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކޮށްފައިވާ ކަމަށެވެ. އެ ބިލު އެކުލަވާލ...