ވެލާނާ އެއާޕޯޓުގެ ތަރައްގީއަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު ދީފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ހިނގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ސައުދީ ޑިވެލޮޕްމަންޓް ފަންޑުން ރާއްޖެ އަށް އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއް މިއަދު ދީފިއެވެ. ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސ...