''އެއާ އެމްބިއުލާންސްގެ ޚިދުމަތް މާރިޗް 1 ގައި ފެށޭނެ، ތައިލެންޑާއި ހަމައަށް ވިޔަސް ބަލިމީހުން ގެންދެވޭނެ''
ރާއްޖޭގައި އަލަށް ތަޢާރުފްކުރާ އެއާ އެމްބިއުލާންސްގެ ޚިދުމަތް އަންނަ މާރިޗް މަހުގެ 1 ގައި ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، 17 ނޮވެމްބަރު 2023ގައި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ކުރެއްވި ފުރައްމާނަ ދަތުރުފުޅުގައި ޗައިނާ އަށް ވަޑައިގަތުމަށްފަހު އިއްޔެ މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ދަޢުވަތަަކަށް މިމަހުގެ 7 އިން 13 އަށް...