ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ކައިފައި: ފަލާހް
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވަނީ ޕީޕީއެމް އާއި ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ނަގައިގެން ކައިފައިކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ތުހުމަތު ކުރަށްވައިފިއެވެ. ފަލާހް މި ތުހުމަތު ކުރެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަން ކޮމިޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ފަލާޙް ވިދާޅުވީ، ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން...