މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޚަބަރު

958 ޝާއިޢުކުރެވިފައިވާ ލިޔުން

ޚަބަރު - 25 ވަނަ ޞަފްޙާ

ޗާޑްގެ ރިޔާސީ ގަނޑުވަރަށް ދިން ހަމަލާއެއްގައި 19 މަރު

ޗާޑްގެ ރިޔާސީ ގަނޑުވަރަށް ދިން ހަމަލާއެއްގައި 19 މަރު

އެފްރިކާ ބައްރުގެ ގައުމެއް ކަމުގައިވާ ޗާޑްގެ ރިޔާސީ ގަނޑުވަރަށް އިއްޔެ ރޭ ދިން ހަމަލާއެއްގައި 19 މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަމަލާދިން 18  މީހުންނާއި ސިފައިންގެ މީހަކެވެ. މި ހަމަލާ ދިން ވަގުތު ރައީސް މަހަމަތު ދެބީ އިޓްނޯ ހުންނެވީ ގަނޑުވަރުގައި ކަމަށް ޗެޑްގެ ސަރުކާރުން ބުނެފައިވެއެވެ. ސަރުކާރުގެ މީޑިއާއިން މިއަދު ހާމަކުރި ގޮތުގައި މި ހަމަލާގައި 6 މީހުން ހައްޔަރުކުރެވިފައިވާއިރު، ސިފައިންގެ 3 މީހަކަށް ޒަޚަމްތަކެއް ލިބިފައިވެއެވެ. ޗެޑްގެ ފޮރިން މިނިސްޓަރު […]

އަޙްމަދު ދާއޫދު
ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން އާޓް އެގްޒިބިޝަނެއް ބާއްވަނީ

ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން އާޓް އެގްޒިބިޝަނެއް ބާއްވަނީ

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން “ޝޭޑްސް އޮފް މައިންޑް” ގެ ނަމުގައި އާޓް އެގްޒިބިޝަނެއް ބާއްވަން ނިންމައިފި އެވެ. މި އެގްޒިބިޝަން ފެށުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެގްޒިބިޝަން ކުރިއަށްދާނީ މިމަހުގެ 12 އިން 17 އަށް ނެޝަނަލް އާޓް ގެލެރީގައެވެ. އެގްޒިބިޝަން ބޭއްވޭ މުއްދަތުގައި އާޓް ގެލެރީއަށް ވަނުމަށް އެއްވެސް ފީއެއް ނުނަގާނެ […]

އިސްމާއިލް މޫސާ
މަސްތުވާތަކެއްޗާއި އެކު ކަމަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ކަމަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. ކަމަދޫގައި ހަރަކާތްތެރިވާ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. މި މަހުގެ 1 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނަކީ، މާލެއިން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފަރާތަކީ ލ. ގަން މަތިމަރަ...

އިސްމާއިލް މޫސާ
އަލަށް ޙައްޖުވާ ފަރާތްތަކަށް އިސްކަންދިނުމަށް އުސޫލު ބަދަލުކޮށްފި

އަލަށް ޙައްޖުވާ ފަރާތްތަކަށް އިސްކަންދިނުމަށް އުސޫލު ބަދަލުކޮށްފި

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ. މި ނިންމެވުމަކީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މި ބަދަލުތައް ގެނައުމަށް ނިނ...

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ދެ ސަރަހައްދަކުން 25 ބިދޭސީއަކު ހިފަހައްޓައިފި

ދެ ސަރަހައްދަކުން 25 ބިދޭސީއަކު ހިފަހައްޓައިފި

މާލޭގެ ދެ ސަރަހައްދަކުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 25 ބިދޭސީއަކު މިއަދު ހިފަހައްޓައިފިއެވެ. މި ބިދޭސީން ހިފެހެއްޓީ ލޯކަލް މާރުކޭޓު ސަރަހައްދާއި ހީނާމާގެ ޕާކިން ސަރަހައްދުންނެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ދެ ސަރަހައްދަކީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނުފޫޒުގަދަ ދެ ސަރަހައްދު ކަމަށް “އިމިގްރޭޝަން ވޮޗް” އަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިއަދު ފުލުހުންނާއި އިމިގްރޭޝަންގެ ޓާސްކުފޯހުން މި ދެ [...

އަލީ އާދިލް
ޕީޕީއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އީސީން ބުނެފި

ޕީޕީއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އީސީން ބުނެފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީ އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމާފައިވާތީ، އެ ޕާޓީ އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. ޕީޕީއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނާތީ އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އީސީން ވަނީ އެދިފައެވެ. އީސީން އިތުރަށް ބުނީ ޕީޕީއެމް އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެ...

އިބްރާހިމް ޚަލީލް
ހިޔާ ޓަވަރުގެ 13 ވަނަ ފުލޯއިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

ހިޔާ ޓަވަރުގެ 13 ވަނަ ފުލޯއިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

މިއަދު ދަންވަރު 1:26 ހާއިރު ހުޅުމާލޭ ހިޔާ ޓަވަރުން ވެއްޓުނު ކުއްކާ ނިޔާވެއްޖެ އެވެ. ފުލުހުން ވަނީ މިކަން މީޑީޔާ ތަކަށްކަށަވަރު ކޮށްދީފައެވެ. ފުލުހުން ބުނީ، ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްކަމަށާއި ކުއްޖާ ވެއްޓިފައިވަނީ 13 ވަނަ ފަންގިފިލާއިންނެވެ. ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، އެ ކުއްޖާ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ ކުއްޖާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. މި ހާދިސާއާ ގުޅިގެން...

އަލީ އާދިލް
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަން އިން ކޮންޓެކްޓް ސެންޓަރ ސޮލިއުޝަންއެއް ގާއިމްކޮށްފި

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަން އިން ކޮންޓެކްޓް ސެންޓަރ ސޮލިއުޝަންއެއް ގާއިމްކޮށްފި

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޒަމާނީ ކޮންޓެކްޓް ސެންޓަރ ސޮލިއުޝަން ކާމިޔާބުކަމާއެކު ގާއިމްކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޙައްޖާޖީންނަށް މެދުނުކެނޑި މުޢާމަލާތްކުރުމާއި، ފެންވަރު ރަގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އުރީދޫ މޯލްޑިވްސް ޓަޔަރ ތިނެއްގެ ޑޭޓާ ސެންޓަރުގެ ބޭނުން ހިފައި، ކޮން...

އަލީ އާދިލް
ސީރިއާގެ އިދިކޮޅު ހަތިޔާރުއެޅި ގްރޫޕްތަކުން ހަމާ ސިޓީ ހިފައިފި

ސީރިއާގެ އިދިކޮޅު ހަތިޔާރުއެޅި ގްރޫޕްތަކުން ހަމާ ސިޓީ ހިފައިފި

ސީރިއާގެ އިދިކޮޅު ހަތިޔާރުއެޅި ގްރޫޕްތަކުން ހަމާ ސިޓީ ހިފައި، އެސިޓީގެ މައި މަރުކަޒު އަތުލައި، އެސިޓީގެ މައްޗަށް އޮތް ބާރު ހަރުދަނާކޮށް، ސަރުކާރުގެ ބާރުތަކަށް ސިޓީ ދޫކޮށްލަން މަޖުބޫރުކޮށްފިއެވެ. މިޒަރިބް، ސަނާއީ އަދި އަރުބައިން ސަރަހައްދުތައް ހިފުމަށްފަހު އިދިކޮޅު ގްރޫޕްތަކުން ވަނީ ސިޓީގެ މައި މަރުކަޒުގެ މައްޗަށް ފުރިހަމަ ބާރު ޤާއިމުކޮށްފައެވެ. އިދިކޮޅު ގްރޫޕްތަކުން އުފައްދާފައިވާ މިލިޓަރީ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ކޮމާންޑަރު ހަސަން އަބްދުލް ޣަނީ އެކްސްގައި ބުނެފައިވަނީ، “ކުށްވެރިޔާ ހާފިޒް އަލ...

އަޙްމަދު ދާއޫދު
އަންނަ އަހަރަށް ޖާގަ ލިބިފައިވާކަން ޔަގީންކަން ދެވިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ: ޝަހީމް

އަންނަ އަހަރަށް ޖާގަ ލިބިފައިވާކަން ޔަގީންކަން ދެވިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ: ޝަހީމް

އަންނަ 2025 އަހަރު ހައްޖަށް ދިޔުމަށް ޖާގަ ލިބިފައިވާކަން ޔަގީންކަން ދެވިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. އަންނަ އަހަރުގެ ހައްޖަށް މީހުން ގެންދިޔުމުގައި ނުފޫޒުކަންކަން ނިންމާކަމަށް ދޭހަވާގޮތަށް މީސްމީޑިއާގައި އަންނަނީ ބައެއް މީހުން އަޑުފަތުރަމުންނެވެ. މިގޮތަށް އަޑުފަތުރާތީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ހިޖުރީ 1446 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ޖާގަ ހައްޖު...

ޔުމްނާ ޢަލީ
ބްރެޒިލްގެ 600 އަށްވުރެ ގިނަ މީހުން ސިއްރުން އިނގިރޭސިވިލާތުން ބޭރުކޮށްފި

ބްރެޒިލްގެ 600 އަށްވުރެ ގިނަ މީހުން ސިއްރުން އިނގިރޭސިވިލާތުން ބޭރުކޮށްފި

ބްރެޒިލްގެ 600 އަށްވުރެ ގިނަ މީހުން ސިއްރުން އިނގިރޭސިވިލާތުން ބޭރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. ލޭބަރ ޕާޓީގެ ސަރުކާރު އިނގިރޭސިވިލާތުގައި ވެރިކަމަށް އައި ފަހުން، 600 އަށްވުރެ ގިނަ ބްރެޒިލް ރައްޔިތުން، އޭގެ ތެރޭގައި 109 ކުޑަކުދިން ހިމެނޭ ގޮތަށް، ސިއްރުން އެ ޤައުމުން ބޭރުކޮށްފިކަމަށް އޮބްޒާވަރ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. މިއީ އިނގިރޭސި ވިލާތުގެ ހޯމް އޮފީހުން މިހާތަނަށް ކުރި އެންމެ ބޮޑެތި ތިން ޑިޕޯޓޭޝަން ޗާޓަރ ފްލައިޓްތަކެވެ. މި ފްލައިޓްތަކުގައި މީހުން ފޮނުވާލާފައިވަނީ އޯގަސްޓް 9 […]

އަޙްމަދު ދާއޫދު
މާލޭގެ ގެއެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް

މާލޭގެ މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައިވަނީ މާފަންނު ގެއެއްގެ 10 ވަނަ ފަންގިފިލާގައި ހުރި ގުދަނެއްގައި ކަމަށެވެ. މިރޭ 6:30 ހާއިރު ހިނގި މި ހާދިސާގައި ރޯވި އަލިފާން ގާތްގަނޑަކަށް ގަޑިއިރެއްތެރޭ ނިއްވާލައިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެ ގެޔަކީ މާލޭ، މާވެޔޮމަގު ފަތަހަ ފިހާރަ ކައިރީ ހުންނަ ގެއެވެ. މި ހާދިސާއާ ގުޅޭ ގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ ނިޔަދުރުމާ ގޭގައި އަލިފާނުގެ ހާދިސާ...

ޔުމްނާ ޢަލީ
ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން ދެންމެ ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ފެނޭތޯ އެހި ވޯޓުގައި 78 މެމްބަރުން ވޯޓު ދެއްވީ އިސްލާހު ފާސް ކުރުމަށެވެ. އިސްލާހާ ދެކ...

އަލީ އާދިލް
ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

21 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ހޯދުމުގެ މަސައްކަތް އަންނަނީ އަޙްމަދު ޝާހީން، ރ. މާކުރަތު / ތިންތަރި އެވެ. އަޙްމަދު ޝާހީންގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުންޏެވެ. އަޙްމަދު ޝާހީންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަ...

ޔުމްނާ ޢަލީ
ޓްރަމްޕަށް ރައީސް މުޢިއްޒު މަރުޙަބާ ދަންނަވައިފި

ޓްރަމްޕަށް ރައީސް މުޢިއްޒު މަރުޙަބާ ދަންނަވައިފި

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވައިފި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ވަރުގަދަ ގުޅުމަކީ އިޙްތިރާމާއި އެއް ޤައުމުން އަނެއް ޤައުމުގެ ކަންކަން ދެނެގަތުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. މީގެއިތުރުން ރައީސް މުޢިއްޒު ވަނީ...

އަލީ އާދިލް