ތިން ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އދ. މަހިބަދޫ އާއި ދ. މާއެނބޫދޫ އަދި ލ. މާވަށުގެ ބިން ހިއްކުމުގެ މަސައްކަތެވެ. މި މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުނ...
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ ދެވަނަ މައްސަލަ ވެސް އެ ކޯޓުން މިއަދު ބަލައިނުގަނެ, ބޭރުކޮށްލައިފި އެވެ. ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ އިސްތިއުނާފް މައްސަލަ ނުނިމި އޮތުމުން އެ މަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓަށް ކުރިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ވެސް އެ ކޯޓުން އޮތީ ބަލައިނުގަތުމަށް ނިންމައިފަ އެވެ. ޔާމީންގެ ފަރާތްޕުޅުން މިއަދު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް […]
ހުސައިން ހަބީބް
ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު، މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަހްމަދު އަދީބު ރާއްޖެއިން ބޭރުގައި ހޯއްދަވަމުން ގެންދަވާ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ސިންގަޕޫރުގައި ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު ފަރުވާގެ މުއްދަތު އަންނަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތު އިތުރުކޮށްދިނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަ...
މުޙައްމަދު އަފްރާޙް
އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި އިއްޔެ ޓީމް ހަނިމާދޫއާއި ކުޅިމަގު ބައްދަލުކުރި މެޗު އެއްވަރުވީއިރު މާރަންދޫން ސެންސިޓީ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހަނިމާދޫއާއި ކުޅިމަގެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ އަލީ އާމިރެވެ. […]
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަޙަޅާފައިވާ މައްސަލަ ބަލައިނުގަތުމުން، ސުޕްރީމް ކޯޓަށް އަނެއްކާވެސް އިތުރު މައްސަލައެއް ވައްދައިފި އެވެ. ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ފަރާތުން ހޮނިހިރު ދުވަހުގެ ރޭ ހުށަހެޅި ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެވެ. އިތުރު މައްސަލައެއް މިއަދު ހުށަހެޅި ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތުމާމެދު އަ...
ހުސައިން ހަބީބް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އިންތިޚާބީ އެޖެންޓަކަށް އެމްއެންޕީގެ އެއް ފައުންޑާ، އަދި އެއް ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ހަމަޖައްސައިފިއެވެ. ނާޒިމްގެ ރިޔާސީ ކެމްޕޭން ތަރުޖަމާނު ގޮތުގައި ވެސް ހުންނެވި އުޝާމް އެ މަގާމަށް ހަމަޖެއްސިކަން އެމްއެންޕީން ވަނީ މިއަދު ހާމަކޮށްފައެވެ. ނާޒިމްގެ ކެމްޕޭން...
ޔުމްނާ ޢަލީ
ކުރީގެ ޢަދާއިގުޅޭ، ” އަޅުގަނޑުގެ މި ރެސްޓޯރެންޓް، ނަރީސްޓޭސްޓް ހުޅުވުމުގެ އުފަލުގައި ތިޔަ އެންމެ ބޭފުޅުން ބައިވެރިވެދެއްވީތީ ޝުކުރު ދަންނަވަން! މި ރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށްޓަކައި، އިތާމޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ އޯނަރ ހާރޫން އަޙުމަދު އަޅުގަނޑުމެންގެ މި ދަޢުވަތު ޤަބޫލު ކުރައްވައި ވަޑައިގެންދެއްވީތީ އަޅުގަނޑާއި އަޅުގަނޑުމެންގެ ޓީމްގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން..” ފައިސަލްގެ އެ ޖުމްލައިން ހައިރާންކަމާއިއެކު ޔަޝްމީއަށް ހާރޫންގެ މޫނަށް ބަލައިލެވުނެވެ. އޭރު ހެވިފައި ހާރޫނ...
ސަލާމާ ޢަބްދުލް ޢަލީމް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. “ނުއިވޭ އަޑުތައް” މި ސިލްސިލާގެ 5 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ ކަމަށާއި ދޯނީގައި މަސްފިނިކުރެވޭނޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި މަހުގެ އަގު 22 ރުފިޔާއަށް ބަދަލުކޮށްދެއްވާނެ ކަމަށާއި...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި، އާންމު ރައްޔިތު ބައްދަލުވުމަށް ހާޟިރުވެފައި ވަނީ އެންމެ ދެ މީހުންކަމުގައި އެ ކައުންސިލުން ހާމަކޮށްފިއެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކުން ޖުލައި މަހު ރައްޔިތުންނާއި ބައްދަލުވުން ބާއްވަން ޖެހެއެވެ. ވުމާއިއެކު ހަނިމާދޫ ކައުންސިލުން ނިންމާފައި އޮތީ 24 ޖުލައި 2023 (މިރޭ) 21:00 ގައި ރައްޔިތުންނާއި ބައްދަލުކުރުމަށެވެ. މި ބައްދަލުވުން އޮންނާނެ ގަޑިއާއި ވަގުތާއި...
އިބްރާހިމް ޚަލީލް
ރާއްޖޭގައި އެންމެފަހުން އުފެދުނު ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ގެ ރިޔާސީ ޕްރައިމަރީ އޮންނަދުވަހު ވެސް އެ ޕާޓީއާ ގުޅުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއައްސިސް، އިންތިގާލީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެ ޕާޓީއަކީ ވަރަށް ފަހުން ރަޖިސްޓާވި ޕާޓީއަކަށް ވާތީ، މި ވަގުތަކީ ވެސް ޕާޓީއަށް މެންބަރުން އިތުރު […]
މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅިފައި ނުވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ބޭފުޅަކު ހަމަޖައްސަވައިފި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ދައުރުވަމުންދާ ޚަބަރާއި ގުޅިގެންނެވެ. ޕްރޮގްރެސިވް ކޯލިޝަންގެ މައުލޫމާތު މީޑިއާ އަށް ހިއްސާކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ބުނީ ރަނިންގ މޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސ...
މުޙައްމަދު އަފްރާޙް
ސަރުކާރު ބަދުނާމުވާ ގޮތަށް ޢަމަލުކުރުން މަނާކޮށް، ރާއްޖޭގައި މުދައްރިސުންގެ ސުލޫކީ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފިއެވެ. މުދައްރިސުން އަމަލުކުރަން ޖެހޭ ވަކި އުސޫލެއް މީގެ ކުރިން އާންމުކޮށްފައި ނުވާއިރު، މިހައިތަނަށް އަމަލުކުރަމުން ގޮސްފައިވަނީ މުދައްރިސުންގެ ވަޒީފާގެ ބަޔާނުގައި އޮންނަ ގޮތަށެވެ. އެެހެންނަމަވެސް އެހެނިހެން ކަންކަމުގެ ތެރޭގައި ތަނުގެ ވެރިން އަންގާ ގޮތަށް އަމަލުކުރުމާއި ބެހޭ ބައެއް މުދައްރިސުންގެ ވަޒީފާގެ ބަޔާނުގައި ކުރިން ވެސް ހިމަނާފައި ވެއެވެ. މުދައްރިސުންގެ ސުލޫކީ މި...
މުޙައްމަދު އަފްރާޙް
ރާއްޖެ އާއި އިންޑިއާ އާ ދެމެދު، އިމިގްރޭޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމާއި ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. “މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އޮން ކޯޕަރޭޝަން އޮން އިމިގްރޭޝަން މެޓަރސް” ގެ ނަމުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖުލައި 24 ވީ ހޯމަ ދުވަހުއެވެ. ފޮރިން މިނިސްޓްރީީގައި ކުރިޔަށްދިޔަ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސައިނެވެ. އިންޑިއާގެ ފ...
މުޙައްމަދު އަފްރާޙް
ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނެރުމަށް ނިިންމާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ ފޯމު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ފުރުމަށްފަހު، ޕީޕީއެމް އާ ހަވާލުކޮށްފިއެވެ. ޕީޕީއެމް އިން ބުނީ ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި އެމަނިކުފާނު ކުރައްވައި، ކަރެކްޝަން މެދުވެރިކޮށް އަނބުރާ އެ ޕާޓީގެ އޮފީހަށް ލިބިފައިވާ ކަމަށެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަ...
މުޙައްމަދު އަފްރާޙް
ރައީސް ސާލިހަކީ ދުވާލަކު ގޮތަކަށް ވާހަކަ ދައްކަވާނެ ބޭފުޅެއްނޫން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “ދަ ޑިމޮކްރެޓްސް” އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ސާލިހަށް މަލާމާތް ކުރައްވައި، ހަޖޫ ޖައްސަވައި ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި ސާލިހަކީ ކޮންމެ ދުވަހަކު ބޭސް ކާންޖެހޭ ބަލި ބޭފުޅެއް ކަމަށް ވިދާޅުވުމުން އެކަމަށް ރައްދުދެއްވައެވެ. ނަޝީދު ވިދާޅުވެފައިވަނީ ސާލިހު ވަނީ ވެފައިވާ ވައުދުތަކުގެ މަތީން […]
މުޙައްމަދު އަފްރާޙް
ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު އާދިލް އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ތުޅާދޫގައި އިމާރާތްކުރަން ފަށާ މި ހޮސްޕިޓަލަކީ ރަށުގެ މުޅި އާބާދީ...
އަޙްމަދު ވަހީދު
ސެޕްޓެެމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ. ޔާމީންގެ އިންތިހާބީ އެޖެންޓެއް މިއަދު އިއުލާން ކޮށްފައިވީ ނަމަވެސް، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން އެމަނިކުފާނަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެވޭނެކަމާއިމެދު ވަނީ ޝައްކު އުފ...
މުޙައްމަދު އަފްރާޙް
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގުގެ އިތުބާރު ނެތްކަމަށް އެ ކޮމިޝަނުން ފާސްކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަށްޓަކައި ބޭއްވި ޖަލްސާގައި އެ ކޮމިޝަންގައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަނީ ބައިވެރިވެފައެވެ. އަދި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުން ވަނީ ފުވާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނ...
މުޙައްމަދު އަފްރާޙް