މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިޞާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްތައް 21 އަހަރަށް ކުއްޔަށް ދޫކުރެވޭނެ ގޮތަށް “މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު” މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްރަކްޗާ އިން އެކުލަވާލައިފިއެވެ. މި ގައިވާއިދު ވަނީ އިގްތިސާދީ ނުވަތަ އިންޑަސްޓްރިއަލް ނޫން ބޭނުންތަކަށް ދޫކުރާ ފަޅު ރަށްތައް ދޫކުރެވެނީ ގިނަވެގެން 21 އަހަރަށް ކަމަށް ބުނެފައިވީނަމަވެސް...
މުޙައްމަދު އަފްރާޙް
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ އެކު ކޯލިޝަން ނުހެދުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ނިންމުމަކީ އެމްޑީޕީ އަށް ގޮންޖެހުމަކަށް ނުވާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޑީޕީ އިސްވެ އޮވެ ޖޭޕީ އާއި އަދާލަތާއި އެމްއާރްއެމް ހިމެނޭ ގޮތަށް ހެދި ކޯލިޝަން، މި […]
މުޙައްމަދު އަފްރާޙް
ރައްޔިތުންނަށްޓަކައި ޤައުމުގެ ސިޔާސަތު ކަނޑައަޅައި ޤައުމު ހިންގަން ތިއްބަވަންވީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ފަދަ ބޭފުޅުންކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވި އައްޑޫގައި އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޒާރު ދެއްކެވި ވާހަކާގައި ވިދާޅުވީ، ނައިބު ރައީސް ތަރުޖިބާ ކުރެވެނީ އިތުބާރާއި، ތެދުވެރިކަމާއެކު ހަރުދަނާ ސިޔާސަތުތަކެއްގެ މަތީގައި މުރާލި މަސައްކަތްޕުޅުތަކެއް ކުރައްވަމުން ދައުރެއް ނިންމަވާ ބޭފުޅެއް ގޮތުގައި ކަމަ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލް އުސްތާޒު މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ “މައުމޫން ފައުންޑޭޝަން” އުވާލަން ޔޫތް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ މިނިސްޓްރީން މި އިއުލާން ކުރީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން މި އަހަރުގެ ނިޔަލަށް ޖެހިހެހިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނެތުމާއި ހިންގާ ކޮމިޓީ ރަޖިސްޓަރީ ކޮށްފައި ނުވުމުންނެވެ. މިހާރު އާންމުކޮށްފައިވާ ލިސްޓްގައިވާ ޖަމިއްޔާތަަކަށް ސެޕްޓެމްބަރު 24، 2023 ވާ އަންގާރަ ދުވަހުގެ މެންދުރ...
މުޙައްމަދު އަފްރާޙް
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު (ހަނަފީ) ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެމްޑީޕީ އަށް ސޮއި ކުރެއްވިކަން ހާމަކުރައްވާފައިވަނީ މިއަދުއެވެ. ހަނަފީ ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑުވައިޒަރުކަމުގެ މަގާމު ވެސް އެއްދުވަހަށް ފުރުއްވާފައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވި ދުވަސް ނޫން އަނެއް ދުވަހު ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ. ހަނަފީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅ...
މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. މި އަންދާސީ ހިސާބާއި ގުޅިގެން އެސްވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވާނަމަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ކުރިން މެއިއިލް ކުރެއ...
އިބްރާހިމް ޚަލީލް
އދ. ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 65 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 64,416 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު […]
އަޙްމަދު ވަހީދު
ވެމްކޯގެ ވެބްސައިޓް ދިވެހި ބަހުން ލިޔެފައި ނުހުންނާތީ ހައި ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރުން ސުވާލު ކުރިމަތިކޮށް, އެއީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް ވިދާޅުވެއްޖެ އެވެ. ވެމްކޯގެ މައުލޫމާތުތަކެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލައެއް ވެމްކޯއިން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ސުވާލު އުފެއްދެވީ ވެމްކޯގެ މަސައްކަތުގެ ދާއިރާއާއާ ގުޅޭގޮތުންނެވެ. ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވީ ވެމްކޯގެ ވެބްސައިޓްގައި ދިވެހި ބަހުން މައުލޫމާތު...
ހުސައިން ހަބީބް
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ވާދަކުރެއްވުމަށް ނިންމަވައި، ފޯމު ހުށަހަޅުއްވައިފިއެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްއާރްއެމް އިން ޕްރައިމަރީއެއް ބާއްވަން ނިންމައި، އެކަމަށް އެދޭ މެމްބަރުންނަށް ފުރުސަތު ހުޅުވައިލާފައިވަނީ މި ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ ފުރުސަތު މިއަދު ހަމަވާނެއެވެ. މައުލޫމާތު ލިބިފައިވާ އެ...
މުޙައްމަދު އަފްރާޙް
20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފެތުންތެރިން ރެކޯޑުތަކެއް މުގުރާލައިފިއެވެ. ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ، ފުކުއޯކާ 2023 ގައި މި ރެކޯޑުތައް މުގުރާލާފައިވަނީ ރާއްޖޭގެ ގައުމީ ފެތުންތެރިންގެ ތެރޭގައި ހިމެނޭ، ހަމްނާ އަހުމަދު، އިމްއާން އަލީ، މިރާލް އައިން ލަތީފް އަދި މުހައްމަދު ރިހާން ޝިހާމް އެވެ. ސްވިމިން އެސޯސިއޭޝަނުން ވިދާޅުވީ ހަމްނާ ރެކޯޑު ހަދާފައިވަނީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގައި ކަމަށާއި އޭނާ ރެކޯޑު ހެދީ 1 […]
މުޙައްމަދު އަފްރާޙް
ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެެއިން ފެނިއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މި ބަލި ޖެހިފައިވަނީ ދިވެއްސަކަށް ކަމަށާއި މި ކޭސް ރެކޯޑު ކުރެވުނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ރާއްޖެ އިން ބޭރުން އައި ނުވަތަ އިމްޕޯޓެޑް ކޭސް އެއް ކަމަށެވެ. މީގެ އިތުރުން އޭނާއަކީ މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހެއް ކަމަށާއި އޭނާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. ކޮންޓެކްޓް ޓްރޭސިންގެ […]
މުޙައްމަދު އަފްރާޙް
ހއ. ދިއްދޫ ގައި ފައުންޑޭޝަން އިން ނާސިން ކޯހެއް ކުރިއަށް ގެންދިއުމަށް ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރި ދިއްދޫ ކައުންސިލު އިދާރާ އިން ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ، އެކައުންސިލްގެ އެހީތެރިކަމާއެކު ވިލާ ކޮލެޖުން ސެޓްފިކެޓް 4 އިން ނާސިން ކޯހެއް އެރަށުގައި ގެންދަން ނިންމާފައިވާ ކަމަށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހު އެވެ. މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ދިވެހި އަދި އިސްލާމް މާއްދާ...
މުޙައްމަދު އަފްރާޙް
ބ. ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 23 ގައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 30,504 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 1843 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، […]
އަޙްމަދު ވަހީދު
ރާއްޖޭގެ 58 އަހަރުފުރޭ 59 ވަނަ މިނިވަން ދުވަހާއި ގުޅިގެން މާލޭގައި ކުރިއަށް ހަރަކާތްތަކަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަވީރާއި، މިރޭ މާލޭގެ މަގުތަކުގައި ޕެރޭޑާއި ފުޅަނދުބުރު ބޭއްވުމަށް ހަމަޖެހިފައިވާތީ ބައެއް މަގުތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދު ހަވީރު 3 ން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 7 ން އެ ހަރަކާތްތައް ނިމެންދެން ބައެއް މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެ […]
މުޙައްމަދު އަފްރާޙް
ސޭލްސްމަނެއް ކޭޝިއަރެއް ނެތި ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯ އިން ޤާއިމުކޮށްފައިވާ ސްމާޓް ސްޓޯ ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރި (ކުރިން އެސްޓީއޯ ފިހާރަ) ހިންގި ތަނުގައެވެ. މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ. އެމަނިކުފާނު ވަނީ ހިދުމަތްތައް ފަސޭހަ ކުރުމުގެ ރޮނގުން އެސްޓީއޯއިން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި އެ ކުންފުނީގެ ޓީމަށް މަރުހަބާ ވިދާޅުވެފައެވެ. އެސްޓީއޯ އިން ބުނިގޮތުގައި މި ފިހާރ...
އަޙްމަދު ވަހީދު
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދައިގެން އެކުގައި މަސައްކަތް ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދިން ދައުވަތު ގަބޫލު ނުކުރާކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބުގައި އެމް.ޑީ.ޕީ އާއެކު މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރުމަށް، އެ ޕާޓީގެ އެންމެ އިސްފަރާތް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްއާރްއެމް ޒައީމް، ކުރީގެ ރައީސް ރައީސް އަލްއުސްތާޛް...
މުޙައްމަދު އަފްރާޙް
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު އެމެރިކާގައި ކޭމްޕް ކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުން ކުޅުނު އެކުވެރިކަމުގެ މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ. މި މެޗުގައި ރެއާލުން މި ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ގެންދިޔަ ޒުވާން މިޑްފީލްޑރ ޖޫޑް ބެލިންހަމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދީ އޭނާއެވެ. ރެއާލުން މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ […]
އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޓާފް ކުއީން އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މި ހަފްތާ އަންގާރަ ދުވަހުގެ ރޭ ނޮޅިވަރަންފަރު ޓާފް ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ޓާފް ކުއީންއާއި އަމާޒް އެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ޓާފް ކްއީން ވަނީ ޗެމްޕިއަންކަން […]
އިބްރާހިމް ޚަލީލް