ހަނިމާދޫ އުތުރު ރާޅުގަނޑު ސަރަޙައްދު ތަރައްޤީކުރުމަށް ސާވޭއާއި ޑިޒައިނިން މަސައްކަތް ވެސް ޝެރެޓް ސްޓޫޑިއޯ އަށް
ހދ. ހަނިމާދޫ އުތުރު ރާޅުގަނޑު ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދު ސާރވޭކޮށް، ޑިޒައިންކުރުމުގެ އިތުރުން ޑީޓެއިލްޑް ޑްރޯވިންގތައް ތައްޔާރުކުރުމުގެ މަސައްކަތް “ޝެރެޓް ސްޓޫޑިއޯ”އާ ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލީ އިބްރާހީމެވެ. އަދި ޝެރެޓް ސްޓޫޑިއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިޔާއެވެ. ޖުމްލަ 162,000 ރުފިޔާއަށް ހަވާލުކުރެވުނު މި މަ...