ޙަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް މަޝްވަރާކޮށްފި
އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް، ޝައިޚް ޔޫސުފް ޙަސަން ޚަލާވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައި ވަނީ، ޤާބިލުކަން އިތުރުކުރުމާއި، ވުނަކުރުމާއި، މެހެމާންދާރީގެ ދާއިރާއިންނާއި ޙަލާލް ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، އިސްލާމީ އިޤްތިޞާދު ކުރިއެރުވ...