މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 911 ވަނަ ޞަފްޙާ

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިންމާލަނީ

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިންމާލަނީ

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިޔަލަށް ނިންމާލުމަށް އަމާޒު ކަނޑައަޅައިފިއެވެ. ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލައްވާފައިވާ އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އޭރު މަސައްކަތް ފަށާފައިވަނީ މިމަހުގެ 15 ދުވަހު އެ މަސައްކަތް ނިންމުމަށް އަމާޒެއް ކަނޑައަޅައިގެންނެވެ. ޑިރެކްޓާ އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތް ކަނޑައެ...

މުޙައްމަދު އަފްރާޙް
ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރަން ނިންމައި، ފުޓްބޯޅަ ކުލަބްތަކުގެ އެހީތެރިކަމަށް އެދެފި

ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރަން ނިންމައި، ފުޓްބޯޅަ ކުލަބްތަކުގެ އެހީތެރިކަމަށް އެދެފި

އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) މިއަދު އިއުލާންކޮށް ފުޓްބޯޅަ ކުލަބްތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަމަށް އެދެފިއެވެ. މިއަދު ތޯރިގް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށާއި ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެފްއޭއެމްގެ ރައ...

އިބްރާހިމް ޚަލީލް
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު އިސްތިއުފާ ދީފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު އިސްތިއުފާ ދީފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ޖޯޝް ޕައުލް އިއްޔެ އިސްތިއުފާ ދީފިއެވެ. ޖޯޝް ޕައުލް އިސްތިއުފާ ދީފައި ވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އޭނާ ބުނީ ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކަކީ އެމީހުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ހަމަ އެގޮތަށް އިސްރާއީލް އިން ފަލަސްތީންގެ ޣައްޒާ އަށް ރައްދުގައި ދެމުން އަންނަ ހަމަލާތަކާއި އިސްރާއީލާއި އެމެރިކާ ގުޅިގެން ކުރަމުން އަންނަ […]

މުޙައްމަދު
ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް

އިޒްރާއީލްގެ ޔަހޫދީން ފަލަސްތީނަށް ދެމުންއަންނަ އުދުވާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ނެއްލައިދޫ ކައުންސިލާއި އެ ރަށު ރައްޔިތުން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް މި ހަރަކާތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މިއަދު މިހަރަކާތް ފެށުމުގެ ގޮތުން އެ ރަށުގެ ހުއިފިލަނޑާ މަސްވެރިންނާއި ގުޅިގެން މިރޭ ހުއިފިލަނޑާ ނެގުމުގެ ހަރަކާތެއް...

އިބްރާހިމް ޚަލީލް
ވީއައިއޭ ތެރޭގައި އަޑުގަދަކުރަމުން ދިޔަ ފަތުރުުވެރިއެއް ފުލުހުންގެ ބެލުމުގެ ދަށަށް

ވީއައިއޭ ތެރޭގައި އަޑުގަދަކުރަމުން ދިޔަ ފަތުރުުވެރިއެއް ފުލުހުންގެ ބެލުމުގެ ދަށަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތެރޭގައި އަޑުގަދަކުރަމުން ދިޔަ ފަތުރުުވެރިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެތެރޭގައި އެހެން މީހުންނަށް އުދަނގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ ޢަމަލުތައް ހިންގާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ވިދާޅެއް ނުވެއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެއީ ޗައިނާގެ މީހެކެވެ. އަދި އޭނާ...

މުޙައްމަދު އަފްރާޙް
އަމާންކަން ގެއްލޭ ވާހަކަތަކުގެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލި

އަމާންކަން ގެއްލޭ ވާހަކަތަކުގެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލި

އަމާންކަން ގެއްލޭ ވާހަކަތައް މަނާކޮށްފައި އޮތް މާއްދާ ހައި ކޯޓުން ބާތިލްކުރުމާ ދެކޮޅަށް ހުށަހެޅި ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ. އާންމު ގާނޫނުތަކުގެ 8 ވަނަ މާއްދާގެ ދެ ވަނަ ނަމްބަރުގެ ދަށުން އަމާންކަން ގެއްލޭ ވާހަކަތައް ދެއްކުމަކީ މަނާ ކަމެއް ކަމަށް ބަޔާން ކޮށްފައި އޮއްވާ  ހައި ކޯޓުން މި އަހަރު އެ މާއްދާ ބާތިލްކުރީ ގާނޫނު އަސާސީއާ ހިލާފް ކަމަށް ބުނެ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް […]

ޙުސައިން ޝަހުދީ
ބީބީސީގައި މަސައްކަތް ކުރާ ޓިއުނީޝިއާގެ ނޫސްވެރިއަކު އިސްތިއުފާ ދީފި

ބީބީސީގައި މަސައްކަތް ކުރާ ޓިއުނީޝިއާގެ ނޫސްވެރިއަކު އިސްތިއުފާ ދީފި

ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލް ބީބީސީގައި މަސައްކަތް ކުރާ ޓިއުނީޝިއާގެ ނޫސްވެރިއަކު އެ ޓީވީ ޗެނަލުން އިސްތިއުފާ ދީފިއެވެ. އެ ޓީވީ ޗެނަލުން އިސްތިއުފާ ދީފައި ވަނީ ނޫސްވެރިޔާ ބައްސާމް ބޮނެނީއެވެ. ބައްސާމް، ބީބީސީން އިސްތިއުފާ ދީފައި ވަނީ، ފަހަކަށް އައިސް އެ ޓީވީ ޗެނަލުން އިސްރާއީލް ކޮޅަށް ބުރަވެ، ހަބަރުތައް ގެނެސްދެމުން އަންނާތީއެވެ. އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން އަންނަ އުދުވާނާ ގުޅިގެން ބީބީސީން ބޮޑަށް ކުށްވެރި ކުރަނީ ފަލަސްތީނެވެ. ފަލަސްތީނުގެ ކުށެއް ނެތް ކުޑަ ކުދިންނާއި […]

މުޙައްމަދު
މަރުވެފައި އޮއްވާ މިއަދު ފެނުނީ ރަސްފަންނު ސަރަހައްދަށް ރޭ މޫދަށް ފުންމާލި މީހެއް: ފުލުހުން

މަރުވެފައި އޮއްވާ މިއަދު ފެނުނީ ރަސްފަންނު ސަރަހައްދަށް ރޭ މޫދަށް ފުންމާލި މީހެއް: ފުލުހުން

މަރުވެފައި އޮއްވާ މޫދުން މިއަދު ފެނުނީ ރަސްފަންނު ސަރަހައްދަށް ރޭ މޫދަށް ފުންމާލި މީހެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ މިއަދު ކަނޑުމަތިން ފެނުނު ހަށިގަނޑަކީ ރަސްފަންނާ ދިމާލުން ރޭ މޫދަށް ފުންމާލި މޭހެއްގެ ހަށިގަނޑު ކަމަށް މިހައިތަނަށް ކުރި ތަހުގީގުން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެއީ ދިވެހި ފިރިހެނެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެއީ އުމުރުން 41 އަހަރުގެ މީހެއް ކަމަށާއި އެމީހާގެ ހަށިގަނޑު މިހާރުވަނީ […]

މުޙައްމަދު އަފްރާޙް
އުރީދޫ ނޭޝަންސް ގޭމާސް ލޭންޑް ފެސްޓިވަލް މިއަދު ފަށަނީ

އުރީދޫ ނޭޝަންސް ގޭމާސް ލޭންޑް ފެސްޓިވަލް މިއަދު ފަށަނީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް “އުރީދޫ ނޭޝަން ގޭމާސް ލޭންޑް” މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ. މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ގޭމާސް ލޭންޑް ގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. ގޭމާސް ލޭންޑަކީ މި ހަފުތާ ބަންދުގައި ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އުފާވެރި ގޭމިން ތަޖުރިބާއެއް ކުރެވިގެންދާނެ ފެސްޓިވަލެއް ކަމަށް އުރީދޫއިން ބުންޏެވެ. ގޭމާސް ލޭންޑްގެ ހަރަކާތްތައް ކުރިއަށް ދިއުމަށް ރޭވިފައިވަނީ: ފުރަތަމަ ދުވަސް – އޮކްޓޯބަރު 19 • މެންދުރު […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީގައި ސިލިންޑަރެއް ގޮވައި 4 މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ސީރިއަސް

ކުޅުދުއްފުށީގައި ސިލިންޑަރެއް ގޮވައި 4 މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ސީރިއަސް

ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ކުޅުދުއްފުށީގައި 4 މީހަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށި ސިޓީ އެއާޕޯޓު ފަޔާ ގެ ޓްރެއިނިން އަށް ބޭނުންކުރާ ސިލިންޑަރެއް ރިފީލް ކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށާއިި އެ ހާދިސާގައި 4 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެއީ އެ […]

މުޙައްމަދު އަފްރާޙް
ދިއްދޫގައި ބަންގި އާއި ޤުރްއާން ވޯކްޝޮޕެއް ބާއްވައިފި

ދިއްދޫގައި ބަންގި އާއި ޤުރްއާން ވޯކްޝޮޕެއް ބާއްވައިފި

ހދ. ދިއްދޫގައި ބަންގި އަދި ޤުރްއާން ވަރކްޝޮޕެއް ބާއްވައިފިއެވެ. މިއީ އެރަށު ޖަމިއްޔާއެއް ކަމަށްވާ، ދިއްދޫ އެކުވެރިކަމިގެ ޗޭނުގެ ފަރާތުން އިންތިޒާމުކޮށް، އެކަޑަމީ އޮފް ތަޢައްލަމް އަލް ޤުރްއާން އާއި އަޖުރު އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ވަރކްޝޮޕާއި ގުޅޭގޮތުން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ދިއްދޫ އެކުވެރިކަމުގެ ޗޭނުގެ ނައިބު ރައީސް އަބްދުﷲ ޝަފީގު ވިދާޅުވީ މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި ސްކޫލު ކުދިންނާ އާންމުންނާއެކ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި ސިޓީގައި ބަސް ދަތުރުކުރާ މަގުތަކުގައި ޕާކު ކުރުން މަނާ ކޮށްފި

ކުޅުދުއްފުށި ސިޓީގައި ބަސް ދަތުރުކުރާ މަގުތަކުގައި ޕާކު ކުރުން މަނާ ކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި ބަސް ދަތުރުކުރާ މަގުތަކުގައި ޕާކު ކުރުން އެރަށު ކައުންސިލުން މަނާ ކޮށްފިއެވެ. އެ ކައުންސިލުން ވިދާޅުވީ މިގޮތަށް ހަމަޖެއްސީ އެރަށުގައި އާރް.ޓީ.އެލް ބަހުގެ ހިދުމަތް ފަށާފައިވާތީ ކަމަށާއި އެ ބަސްތަކަށް ފަސޭހަކާމައެކު ދަތުރު ކުރުމުގެ މަގުފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން 7 މަގެއްގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުން އެ ކައުންސިލުން ވްނީ މަނާކޮށްފައިވާ ކަމަށެވެ. އެއީ އޯކިޑްމަގާއި ސަހަރާމަގާއި މާލިމި ހިނގުން އަދި ފ...

މުޙައްމަދު އަފްރާޙް
ކުމުންދޫ ފުޓްސަލް: ލަޔަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، ސީއެސް ވިމެންސް ފައިނަލަށް

ކުމުންދޫ ފުޓްސަލް: ލަޔަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، ސީއެސް ވިމެންސް ފައިނަލަށް

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގެ ގްރޫޕް ބީގައި ލަޔަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، ގްރޫޕް ބުރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް އަންހެން ބައިގެ ފައިނަލުން ސީއެސް ވިމެންސް ޖާގަ ހޯދައިފިއެވެ. މުބާރާތުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ބީޗް ސިޓީ ވިމެންސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެސް […]

އިބްރާހިމް ޚަލީލް
މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެ

މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެ

މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ކަނޑުމަތިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އެ ހަށިގަނޑު ފެނިފައި ވަނީ މާލެއަތޮޅު ދޫނިދޫ އާއި ފުނަދޫ އާ ދޭތެރޭ ކަނޑުމަތިންނެވެ. އެހެންކަމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ހަށިގަނޑު ފެނިގެން އެ އިދާރާ އަށް ރިޕޯޓުކޮށްފައިވަނީ މއިަދު ހެނދުނު 9:10 ހާއިރު ކަމަށެވެ. އެހެންނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރައްވައެވެ. މ...

މުޙައްމަދު އަފްރާޙް
ފަލަސްތީނަށް އަމާންކަން ދެއްވުމަށް އެދި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފި

ފަލަސްތީނަށް އަމާންކަން ދެއްވުމަށް އެދި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފި

ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ދިނުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ. އިސްލާމިކް މިނިސްޓްރީން ކައުންސިލްތައް ފޮނުވި ސާކިއުލާއެއްގައި ބުނީ އިސްރާއީލްގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ ނަމާދެއްގެ ފަހު ރ...

މުޙައްމަދު
ފަލަސްޠީނުގެ ގަދީމީ ތާރީޚު

ފަލަސްޠީނުގެ ގަދީމީ ތާރީޚު

ފަލަސްޠީނުގެ ގަދީމީ ތާރީޚު އޮޅުވާލުމަށް އިސްލާމްދީނުގެ ޢަދުވުން ޚާއްޞަ ޔަހޫދީން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ފަލަސްޠީނުގެ ބިމުގެ މައްޗަށް ޒަޔަނިސްޓް ޔަހޫދީންކުރާ މިލުކުވެރިކަމުގެ ދައުވާ ސައްހަ އެއްޗަކަށް ހެދުމަށް ޓަކައެވެ. އެހެން ނަމަވެސް ފަލަސްޠީނުގެ ތާރީޚު ގުޅިފައިވަނީ ދުނިޔޭގެ ތާރީޚުގެ ވަރަށް މުހިންމު ހާދިސާތަކަކާ ކަމަށްވާތީ އެ ޙަޤީޤަތް އޮޅުވާލެވިފައެއް ނުވެއެވެ. ކަންޢާނީން ފަލަސްޠީނުގެ ފުރަތަމަ ވަޒަންވެރިންނަކީ ކަންޢާނީންނެވެ. އޭގެކުރިން އެ ސަރަޙައްދުގައި އެއްވެސް ބަޔަކު ވ...

ޢަބްދުﷲ ސަޢީދު
އުރީދޫ ކަސްޓަމަރުންނަށް ޕީއެސްޖީގެ މެޗެއް ބަލާލަން ޕެރިހަށް ދިއުމުގެ ފުރުސަތު

އުރީދޫ ކަސްޓަމަރުންނަށް ޕީއެސްޖީގެ މެޗެއް ބަލާލަން ޕެރިހަށް ދިއުމުގެ ފުރުސަތު

އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ގުޅިގެން ޚާއްސަ ލަކީޑްރޯއެއް ފަށައިފިއެވެ. މި އަންގާރަ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2023އާ ހަމައަށް ކުރިއަށްގެންދާ މި ލަކީޑްރޯގައި އުރީދޫގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. މި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ޕެރިސް ދެކޮޅު ޓިކެޓާއި، 2 ރެއާއި 3 ދުވަހަށް ފުލް ބޯޑާއެކު އެކޮމޮޑޭޝަންގެ އިތުރުން، ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގައ...

އަޙްމަދު ވަހީދު
ބީއެމްއެލް މާސްޓަކާޑުން ވިޔަފާރިކޮށްގެން އިނާމު ލިބޭ ޕްރޮމޯޝަނެއް

ބީއެމްއެލް މާސްޓަކާޑުން ވިޔަފާރިކޮށްގެން އިނާމު ލިބޭ ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ. މާސްޓަކާޑު ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަން ގެ މުއްދަތުގައި 2،500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކޮށްގެން 500 ރުފިޔާ އާ ހަމައަށް ވައުޗަރު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން މާސްޓަކާޑު ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޕްރޮމޯޝަން ގެ މުއްދަތުގައި މާސްޓަކާޑު ބޭނުންކޮށްގެން 3،000 ރުފިޔާ އާ ހަމަޔަށް ހަދާ ޓްރާންސެކްޝަންތަކަށް 600 […]

އަޙްމަދު ވަހީދު