މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 906 ވަނަ ޞަފްޙާ

"ޒީރޯ" ގައި ތިބި އޮނާނާ އާއި މެގުއާ އެންމެ ފަހުން ހީރޯއިންނަށް

"ޒީރޯ" ގައި ތިބި އޮނާނާ އާއި މެގުއާ އެންމެ ފަހުން ހީރޯއިންނަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރޫޕް އޭގައި މެންޗެސްޓާ ޔުނައިޓެޑާއި ކޯޕެންހޭގަން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ކޯޕެންހޭގަން މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ބައެއް މެޗުތަކުގައި ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރ ހެރީ މެގުއާ އާއި ކީޕަރ އޮނާނާއަށް ފާއިތުވި ދުވަސްތަކުގައި ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުވެފައެވެ. […]

އިބްރާހިމް ޚަލީލް
މަކުނުދޫ ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އާއިލާއާއި ހަވާލުކޮށްފި

މަކުނުދޫ ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އާއިލާއާއި ހަވާލުކޮށްފި

ހދ. މަކުނުދޫ ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އިންޑިއާ އަށް ފޮނުވައިލައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް އެމީހުންގެ އާއިލާއާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. މި ހިނގާ އޮކްޓީބަރު މަހުގެ 21 ވަނަ ދުވަހު ހިނގި މި ހާދިސާ އާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅެފައިވަނީ މަކުނުދޫގައި […]

މުޙައްމަދު އަފްރާޙް
ބެލިންހަމް ލަނޑުން ރެއާލުން ބްރާގާ ބަލިކޮށްފި

ބެލިންހަމް ލަނޑުން ރެއާލުން ބްރާގާ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ރެއާލް މެޑްރިޑާއި ބްރާގާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ބްރާގާގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން ވަނީ 2-1 ގެ ނަތީޖާއިން ބްރާގާ މައްޗަށް ކުރި ހޯދާފައެވެ. މެޗުގައި ރެއާލަށް ފުރަތަމަ ލަނޑު ޖަހައިދިނީ ރޮޑްރިގޯއެވެ. ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ވިނީސިއަސް ބްރާގާގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ ރޮޑްރިގޯ ވަނީ ޓެކުލްކޮށް ބޯޅައިގައި ޖައްސައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މެޗުގެ […]

އިބްރާހިމް ޚަލީލް
''މަޖިލިސް އިންތިޚާބު ބޭއްވޭނީ އަންނަ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު''

''މަޖިލިސް އިންތިޚާބު ބޭއްވޭނީ އަންނަ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު''

2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ”އެކްސް”ގައި ވިދާޅުވީ، ރައްޔިތުންގެ މަޖލީހުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ 2024 މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 2...

ޔުމްނާ ޢަލީ
މާލޭގައި އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފި

މާލޭގައި އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފި

މާލޭގައި އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭ ކަލާފާނު ސްކޫލް ކައިރީ އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައްސަލަ އިއްޔެ އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން މި މައްސަލަ ތަހުގީގުކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. މާލޭގައި އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ފެންމަތިވެފައިވާއިރު، މާލޭގެ ކެނެރީ މަގުގައި ރޭ 22:00 ހާއިރު ވެސް ވަނީ މާރާމާރީއެއް ހިނގާފައެވެ. މި މައްސ...

ޔުމްނާ ޢަލީ
ނާޖާއިރު މަންފާއެއް ނުހޯދަން، މި ހުރީ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީގައި: ގަސަމް

ނާޖާއިރު މަންފާއެއް ނުހޯދަން، މި ހުރީ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީގައި: ގަސަމް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ހިންގުމުގެ ތެރެއިން އެއްވެސް ނާޖާއިޒު ފައިދާއެއް ހޯއްދަވާފައި ނުވާނެ ކަމަށާއި، އަދިވެސް ހުންނެވީ އޭނާގެ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ރޭ ވިދާޅުވެއްޖެއެވެ. ސިމެންތިގަށާ މެޝިނެއް ބޭނުންކޮށްގެން އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލާ ވީޑިއޯއެއް މި މަހުގެ 22 ވަނަ ދުވަހު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއާއި ގުޅިގެން އެފަދަކަން ހުއްޓުވައި ތަހުގީގު ހިންގުމަށް އެންޓިކޮރަޕްޝ...

ޔުމްނާ ޢަލީ
އާބަންކޯ ކޯލް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

އާބަންކޯ ކޯލް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

އާބަމްކޯގެ ކޯލް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މި ބަދަލު އެ ކުންފުނިން ގެނެސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެންނެވެ. އެގޮތުން މިހާރު ކޯލް ސެންޓަރުގެ ހިދުމަތް ހަފުތާގެ ހަތް ދުވަހު 24 ގަޑިއިރަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ އާބަންކޯއިން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް، ހިދުމަތްތައް ކުރިއެރުވުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަރބަންކޯގެ ކޯލް ސެންޓަރުން 24 ގަޑިއިރުގެ ޚިދުމަތް ލިބިގެން ދިއުން. މިއީ ކަސްޓަމަރުންނަށް ލުއިފަސޭހަވެ ޚިދުމ...

އަޙްމަދު ވަހީދު
ޣާލިބު ކެލާ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ

ޣާލިބު ކެލާ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސް އަހްމަދު ޣާލިބު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ކެލާ ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމާ އެކަން ޢިއުލާންކޮށްފިއެވެ. ޣާލިބާއެކު އޭނާ އަށް ތާއީދުކުރާ ޕިޕީއެމްގެ މެމްބަރުންތަކެއް މިހާރުގެ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އާ ގުޅުނީ މި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި […]

ޔުމްނާ ޢަލީ
ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުވާ މަޝްރޫއެއްގައި ސޮއިކުރަން އުޅޭ ޚަބަރު އެމްޓީސީސީން ދޮގުކޮށްފި

ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުވާ މަޝްރޫއެއްގައި ސޮއިކުރަން އުޅޭ ޚަބަރު އެމްޓީސީސީން ދޮގުކޮށްފި

ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުވާ މަޝްރޫއެއްގައި ސޮއި ކުރަން އުޅޭކަމަށް ބުނެ އަންގާރަ ދުވަހު ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ރާއްޖޭގެ ތަފާތު އެކި ސިނާއަތްތަކުގައި ފުޅާދާއިރާއެއްގައި ވިޔަފާރީގެ ހަރަކާތް ކުރިއަށްގެންދާ ކުންފުންޏަކަށް ވެފައ،ި ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ އާމްދަނީ އާއި ފައިދާ އަދ...

އަޙްމަދު ވަހީދު
ރާއްޖެއިން ފަލަސްތީނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމައިފި

ރާއްޖެއިން ފަލަސްތީނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމައިފި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖެއިން ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމައިފިއެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ އަހުންނާއި އުހްތުންނަށް ދެ މިލިއަން މަސް ދަޅު ހަދިޔާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާ ކުރަނ...

މުޙައްމަދު
24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 305 ކުއްޖަކު ޝަހީދުކޮށްލައިފި

24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 305 ކުއްޖަކު ޝަހީދުކޮށްލައިފި

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ވައިގެ މަގުން ދިން ހަމަލާތަކުގައި ޣައްޒާގެ 305 ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ، މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެގަނެ ދިން ކުއްލި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. މި ހަމަލާތަކުގައި އިސްރާއީލުން 1،400 މީހުން ވަނީ މަރާލައިފައެވެ. އަދި […]

މުޙައްމަދު
"ހަމާސްގެ ހަނގުރާމަވެރިން ކަންތައްތައް ކުރީ ވަރަށް ރަނގަޅަށް"

"ހަމާސްގެ ހަނގުރާމަވެރިން ކަންތައްތައް ކުރީ ވަރަށް ރަނގަޅަށް"

ހަމާސްގެ ހަނގުރާމަވެރިން ފަލަސްތީނުގެ ޣައްޒާ އަށް ގެންގޮސް ކަންތައްތައް ކުރީ ވަރަށް ރަނގަޅަށް ކަމަށާއި އެމީހުން ކާބޯތަކެތި ވެސް ދިން ކަމަށް ޣައްޒާ އަށް ރަހީނުކޮށްގެން ގެންދިއުމަށް ފަހު، ރޭގެ ވަގުތެއްގައި ދޫކޮށްލި އިސްރާއީލްގެ އަންހެނަކު ބުނެފިއެވެ. މި މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެ، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްގެން އިސްރާއީލަށް ގެންދިޔައެވެ. ހަމާސް ޖަމާއަތުން ބުނާ ގޮތުގައި، ޣައްޒާ އަށް ގެންދިޔަ މީހުންގެ އަދަދު 250 އަށް އަރާނެއެވެ. […]

މުޙައްމަދު
ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް އެދި 40،594 ފޯމު

ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް އެދި 40،594 ފޯމު

ސަރުކާރުން ހުޅުވައިލާފައިވާ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ މުއްދަތު ހަމަވި އިރު، ފްލެޓަށް 21،000 އަށްވުރެ ގިނަ ފޯމު އަދި ގޯއްޗަށް އެދި 19،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ. މި މުއްދަތު ހަމަވެފައިވަނީ މިއަދު މެންދުރު ފަހު 3 ޖެހިއިރުއެވެ. އެ ސްކީމްތަކުގެ ދެވަނަ ބުރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުށަހެޅީ 21،247 ފޯމު ހުށަހަޅާފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން 19،347 ފޯމު ވަނީ ހުށަހަޅާފައެވެ. ގެދޮރުވެރިޔާ […]

މުޙައްމަދު އަފްރާޙް
ޓޫރިޒަމްގެ ނައިބު ވަޒީރު އާތިފް ކުޅުދުއްފުށީ ދެކުނު ގޮނޑިއަށް ވާދަކުރައްވަނީ

ޓޫރިޒަމްގެ ނައިބު ވަޒީރު އާތިފް ކުޅުދުއްފުށީ ދެކުނު ގޮނޑިއަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް ނިންމަވައި، އެ ދާއިރާގެ ގޮނޑިއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިކަން ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރު އަޙްމަދު އާތިފް މިއަދު ހާމަކުރައްވައިފިއެވެ. ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ އާތިފް މިކަން ހާމަކުރެއްވީ މީސް މީޑިއާއަށް މިއަދު ދޫކޮށްލެއްވި މެސެޖެއްގައެވެ. މި މ...

ޔުމްނާ ޢަލީ
މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ

މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުށަހެޅިފައިވާ ޝަކުވާތަކަށް 2023 ނޮވެމްބަރު 5 ގެ ކުރިން، އީސީ އިން ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅި ފަރާތްތަކަށް އީސީ އިން ނިންމާ ނިންމުން، ސަބަބާއެކު އަންގާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދާއިރާ...

މުޙައްމަދު އަފްރާޙް
ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި ސަރުކާރުގެ ހިއްސާއެއް ނެތް: އައްބާސް

ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި ސަރުކާރުގެ ހިއްސާއެއް ނެތް: އައްބާސް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ސަރުކާރުގެ ހިއްސާއެއް ނެތް ކަމަށް އެ މައްސަލަ މޮނިޓާ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އައްބާސް ވިދާޅުވީ ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި، އެމަނިކުފާނާ ސިޔާސީ ގޮތުން ފިކުރު ތަފާތު […]

މުޙައްމަދު އަފްރާޙް
ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭގޮތް ހަދައިފި

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭގޮތް ހަދައިފި

ރަސްމީ ބަންދު ދުވަހު މަސަައްކަތްކޮށްފިނަމަ، ހާޟިރީ އެލަވަންސް ލިބޭގޮތް ހަދައިފިއެވެ. މި ބަދަލު ގެނައީ މިނިސްޓްރީ އޮފް ފިނޭންސް އިން އާންމުކޮށްފައިވާ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ އިސްލާހުގައެވެ. އެގޮތުން ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާނަމަ، ހާޟިރީ އެލަވަންސް ދޭންޖެހޭ ގޮތަށް މިހާރުވަނީ ޕްރޭމްވޯކް ގައި ހިމަނާފައެވެ. އެހެން ނަމަވެސް، އިސްލާހުގައިވާ ގޮތުގައި، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި...

މުޙައްމަދު އަފްރާޙް
ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް އުމުރުފުރާއަށް ބަދަލެއް

ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް އުމުރުފުރާއަށް ބަދަލެއް

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް، މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާއަށް ބަދަލު ގެނެސްފިއެވެ. ކުރިން މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހުޅުވާލާފައި އޮތީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ. މި މުބާރާތުގައި […]

އިބްރާހިމް ޚަލީލް