ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ދޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދޭން ޖެހޭ ހުޅުމާލެ މުނިސިޕަލްގެ ހިދުމަތްތައް އާބަންކޯ އިން ދެމުން އަންނާތީ އެކަން ބަދަލު ކުރުމަކީ އެމަނިކުފާނު...
މުޙައްމަދު
އިސްރާއީލްގެ ސިފައިން، ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ. އެއްގަމު މަގުން އިސްރާއީލުން ޣައްޒާ އަށް އެރި އިރު، އިސްރާއީލުން ދަނީ ހުއްޓުމެއް ނެތި، ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ. ވައިގެ މަގުން ޣައްޒާ އަށް ބޮން އެޅުން އިތުރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ޣައްޒާ އިން މުއާސަލާތީ ހިދުމަތްތައް މެދުކަނޑާލުމަށް ފަހުގައެވެ. އޭގެ ސަބަބުން ޣައްޒާގެ އެކި ހިސާބުތަކުގައި ތިބި މީހުންނާ އޮތް ގުޅުން އެއްކޮށް […]
މުޙައްމަދު
އިސްރާއީލުން ރެޔާއި ދުވާލު މެދު ނުކެނޑި ޣައްޒާއަށް ބޮން އަޅައި ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދު ކުރަމުން އަންނައުރު ބައިނަލް އަގްވާމީ މުޖުތަމައުވީ ކޮންތާކުތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލު ކުރައްވައިފިއެވެ. ފަލަސްތީނުގެ ބިމުގެ ދިފާއުގައި އެ ބިމުގެ ދިފާއުގައި މަސައްކަތްކުރާ ހަމާސް ޖަމާއަތުން މި މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލަތަކަށްފަހު، އިސްރާއީލުން، ފަލަސްތީނާ ދެކޮޅަށް ފެށި އުދުވާނުގައި ދަނީ ލާއިންސާނީ ރަޙުމްކުޑަ އެތަ...
ޔުމްނާ ޢަލީ
އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންނާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލައި ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އދ. ގެ އާންމު މަޖިލިހުން ބޭއްވި ކުއްލި ބައްދަލުވުމުގައި ހާއްސަ ގަރާރެއް ރޭ ފާސްކޮށްފިއެވެ. މި ގަރާރު ފާސްކޮށްފައި ވަނީ އދ. ގެ އާންމު މަޖިލިހުގައި ބައިވެރިވި މެމްބަރު ގައުމުތަކުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ގައުމުތަކުން އަމަލުކުރުން ލާޒިމް ނޫން މި ގަރާރަށް އދ. ގެ 120 ގައުމަކުން ތާއީދުކޮށްފައިވެއެވެ. ގަރާރާ ދެކޮޅަށް 14 ގައު...
މުޙައްމަދު
ފަލަސްތީނަށް އެހީވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށް އަދާލަތު ޕާޓީ އިން ގޮވައިލައިފިއެވެ. އެ ޕާޓީ އިން މިހެން ގޮވައިލީ ކޮށްފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ަވނީ ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން އުޅޭ ސިޙްޔޫނީން ޣައްޒާއިން ފެނާއި، ކާނާއާއި، ބޭސްފަރުވާ އަދި ކަރަންޓާއި މުވާޞަލާތީ ޚިދުމަތް ކަނޑައިލުން ކުށްވެރިކޮށްފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޤަތުލުޢާންމު ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގައި ފަލަސްޠީނުގެ މުސްލިމުންނާއި ޤުދުސް...
މުޙައްމަދު އަފްރާޙް
ކެލާ ދާއިރާގައި ފަށާފައިވާ މަސައްކަތްތައް ނިންމަން ވަކާލާތުކޮށް، ޒިންމާދާރު އިދިކޮޅު މަޖިލިސްމެމްބަރެއްގެ ގޮތުގައި ހުރުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް ޕްރައިމަރީ 2024 ގައި ވާދަކުރަން ނިންމަވައިފިއެވެ. އައު ދައުރަކަށް ގޮނޑި ކާމިޔާބު ކުރުމުގެ މަސައްކަތަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން އިބްރޭ ހާމަކުރެއްވީ މީސް މީޑިއާގައި ލިޔުއްވި މެސެޖެއްގައެވެ. އިބްރޭގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ކެލާ...
ޔުމްނާ ޢަލީ
އިދިކޮޅު ޕީޕީއެމްގެ ނަމުގައި ފޭކް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. ޕީޕީއެމްގެ ނަމުގައި ރެއިން ފެށިގެން މީހުންގެ ފޯނުތަކަށް ފޮނުވަމުން ދަނީ، ޕެކޭޖް ޑެލިވަރީގެ ހިދުމަތް ދޭ ޑީއެޗްއެލްގެ ލިންކެއް ހިމެނޭ މެސެޖެކެވެ. ޕެކެޖް ޑެލިވާ ނުވަނީ ފައިސާ ނުދައްކާތީ ކަމަށާއި، ލިންކަށް ވަދެ އެކަން ފުރިހަމަ ކުރުމަށް މެސެޖުގައި ބުނެފައިވެއެވެ. ޕީޕީއެމުން ބުނީ އެ ސްޕޭމް މެސެޖުތަކެއް ކަމަށާއި އޭގައި ހިމެނޭ ލިންކަށް ނުވަނުމަށް އެދޭ ކަމަށެވެ. ޑީއެޗްއެލްގެ ޕެކޭޖަކަށް ފައިސާ […]
މުޙައްމަދު
“މެޖެސްޓީ 62” ނަމަކަށް ކިޔާ ޔޮޓްގައި މިއަދު ރޯވި އަލިފާން އެއްކޮށް ނިއްވާލައިފިއެވެ. މި ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 07:37 ހާއިރު އެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކުއެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު އެތަނުގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އެ ޔޮޓްގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރެވުނީ، އެމްއެންޑީއެެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން […]
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޔާސީ ގޮތުން ބާރުވެރި ވުމަށް ރައްޔިތުން ވަނީ ހަރުދަނާ ބިންގަލެއް އަޅާފައި ކަމަށާއި، ދެންއޮތީ އެ ބިންގަލުގެ މައްޗަށް ސިޔާސީގޮތުން ނުފޫޒުގަދަ ރަށަކަށް ވުމުގެ މަސައްކަތް ކުރުންކަމަށާއި، އެކަން ކުރެވޭނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕޮޓެންޝިއަލް ހުރި އެ ރަށު މީހުންނަށް އެރަށު ރައްޔިތުން ފުރުސަތު ދީގެން ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް ފޭސްބުކްގައި ލިޔުއްވާފައިވާގޮތުގައި ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީސް އިންތިހާބުގައި...
ޔުމްނާ ޢަލީ
ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީި ރިޒްކާލްޓަން ފަރި ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އެހެންވެ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގެ ރިފޯޓް ލިބިފައިވަނީ 07:37 ހާއިރު ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ. ސަފާރީގައި ތިބި ޓޫރިސްޓުންނާއި ކުރޫއިން އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށާއި މީހަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ...
މުޙައްމަދު އަފްރާޙް
މާދަމާ ރޭ ހަނދުކޭތަ ހިފާތީ ކޭތަ ނަމާދު ކުރަން ނިންމައިފިއެވެ. ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުގެ އިދާރާ އަދި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކަށް ފޮނުއްވި ސާކިއުލާ އެއްގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ހިނގާ އޮކްޓޯބަރު މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ހަނދުކޭތައެއް ހިފާނެ ކަމަށެވެ. މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭގަޑިން އެރޭ 11:01 ގައި ކަމަށާއި ކޭތަ އެންމެބޮޑަށް ހިފާފައި ހުންނާނީ އެރޭ މެންދަމުން އަލިވެ، 1:14 ގައި ކަމަށެވެ. […]
މުޙައްމަދު އަފްރާޙް
އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވަނީ އިންޑިއާއާ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ ބުލޫމްބާގް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މުުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން އިންޑިއާގެ ހައިކޮމިޝަނާ ބައްދަލުކުރައްވަައި މިހައިތަނަށް ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ބޭނުންފުޅުވެވަޑައިގަންނަވަނީ ރާއްޖެ އަކީ ހަގީގީ މާނައިގައި ފުރިހަމަ...
މުޙައްމަދު އަފްރާޙް
އަންނަ އަހަރު އަހަރު އިންޓަ ސްކޫލް، އިންޓަ ކޮލެޖް އަދި އިންޓަ އޮފިސް އީސްޕޯޓްސް މުބާރާތްތައް ބާއްވަން އުރީދޫ ނޭޝަން ގޭމާސް ލޭންޑުން ނިންމައިފިއެވެ. މިކަން އިއުލާން ކުރެއްވީ އުރީދޫ ނޭޝަން ގޭމާސް ލޭންޑް – ދަ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލް ނިންމާލުމަށް ބޭއްވި އުރީދޫ ނޭޝަން ގޭމާސް އެވޯޑްސް 2023 ގައި އުރީދޫ ގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒުއެވެ. ނިޔާޒު ވިދާޅުވީ ގޭމިން މިހާރު ވަނީ ނިމުމެއް ނެތް ފުރުސަތުތަކުން ފުރިފައިވާ އިންޑަސްޓްރީއަކަށް […]
އަޙްމަދު ވަހީދު
ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން އެ އަތޮޅުގެ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ އެ އަތޮޅު ވައިކަރަދޫގައި ބޭއްވުމަށް އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގައި ވަނީ ފަސް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި “ބޭސިކް ފަހާ” ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ޖުމްލަ 20 ބައިވެރިންނަށް ފުރުޞަތު ދިނުމަށް ނިންމާފައިވާ މި ކޯހުގެ މުއްދަތަކީ ވިހި ދުވަހެވެ. މި ކޯސް އެ ރަށުގައި ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ހައްލު އެބައޮތް ކަމަށާއި، ފަހަތަށް ޖެހުމެއްނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު (ނިޔާ) ވިދާޅުވެއްޖެއެވެ، ނިޔާ މިހެން ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އުޅެގެން އެމްޑީޕީން އަނެއްކާވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދ...
ޔުމްނާ ޢަލީ
މީސްތަކުންނާއި މުއާމަލާތްކުރާއިރު މުއާމަލާތް ކުރަންވާނީ އެކުވެރިކަން ދެމެހެއްޓޭގޮތައް ރިވެތި ބަހުރުވައިން އިންސާފުވެރިކަމާ ވިސްނުންތެރިކަމާއެކުގައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”މުޢާމަލާތް ކުރުމުގެ އަޚްލާޤް” އެވެ. މިއަދުގެ ޚުޠުބާގައި މި މަޢުލޫއަށް ވަރަށް ފުރިހަމައަށް އަލިއަޅުވާލާފައިވާއިރު، މުސްލިމުންނަކީ ހިތްތިރި މުޢާމަލާތް ކުރުމުގައި ރިވެތި، މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ލުއިކޮށްދޭ ސާދާ ބަޔެއްކަން ފާހަގަކޮށްފަވެެއެވެ. އަދި މުސްލިމ...
ޔުމްނާ ޢަލީ
ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަންކުރި 5 މަސް ބޯޓު ފުރަން ހުއްދަދީފިއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދަށް ވަދެ، ޤާނޫނާ ހިލާފަށް މަސްވެރިކަން ކުރަންއުޅުނު ބޭރުގެ 5 މަސްބޯޓެއް ދޫކޮށްލީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ ޖޫރިމަނާ ދެއްކުމުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކޯސްޓް ގާޑުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓު ކަމަށާއި މިއިން ކޮންމެ ބޯޓެއް ވަނީ 1 ލައްކަ […]
މުޙައްމަދު އަފްރާޙް