މާލޭގެ މޭޔަރުގެ އިތުރުން ތިން ކައުންސިލަރުން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ މިއަދު ޢިއުލާންކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ޢިއުލާންކުރި ރަސްމީ ނަތީޖާގައި ބުނާގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރެއްވި އާދަމް އާޒިމް އެ މަގާމު ކާމިޔާބު ކުރެއްވީ ވޯޓުދިން މީހުންގެ 44.81 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 7621 ވޯޓެވެ. އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު...
ޔުމްނާ ޢަލީ
ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި އަންނަ ދިރޭސީ އަހަރު ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް އެވެ. ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގެ ބައެއް ނިންމުންތައް ވެސް އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި ނިނ...
ޔުމްނާ ޢަލީ
ޔަމަންގައި ހޫތީ ހަނގުރާމަވެރިންގެ ބާރު އޮންނަ ސަރަހައްދަކުން ރަތް ކަނޑުގައި އޮތް އެމެރިކާގެ އަސްކަރީ މަނަވަރަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލައިފިއެވެ. ނަމަވެސް އެމެރިކާ އިން ބުނަނީ އެ ގައުމުގެ މަނަވަރަކަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާ ވައްޓާލާފައިވާ ކަމަށެވެ. މިއީ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން އިސްރާއީލަށް ވާގިވެރިވާ އުޅަނދުތަކަށް ހަމަލާދޭން ފެށި ފަހުން އެމެރިކާގެ މަނަވަރަކަށް އަމާޒުކުރި ފުރަތަމަ ހަމަލާއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑު...
މުޙައްމަދު
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުން އަވަސް ކުރަން ރާއްޖެ އާއި އިންޑިއާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފިއެވެ. މިދިޔަ މަހުގެ ކުރީކޮޅު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓްގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބައްދަލު ކުރައްވައި ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ މެދުގައި ކޯ-ގްރޫޕެއް އުފެއްދެވުމަށް ނިންމަވައިފައެވެ. “ހައި ލެވެލް ކޮމިޓީ” އެއް އުފައްދައި އެ ކޮމިޓީގެ […]
މުޙައްމަދު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން 43 އިދާރީ ދާއިރާއެއްގައި ޕްރައިމަރީ ބާއްވަން ނިންމައި އެ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އިއްޔެ އާންމުކޮށްފިއެވެ. އެމްޑީޕީން ވަނީ އަންނަ 20 ވަނަ މަޖިލީހަށް އެ ޕާޓީގެ ޓިކެޓް ހޯދަން ޝައުގުވެރިވާ ފަރާތްތައް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތުގައި ކުރިމަތިލި މެންބަރުންކުރެ އެއް މެންބަރަކު ކުރިމަތިލި ދާއިރާތަކަ...
ޔުމްނާ ޢަލީ
ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނީ، އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 14.77 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އަޙްމަދު ވަހީދު
“ޗައިނާ ވަން” ސިޔާސަތުގައި ދެމިތިބޭނެ ކަމަށާއި ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ. ޓައިވާނުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބު ޗައިނާއާ ދެކޮޅު ކެންޑިޑޭޓް ލައި ޗިންގް ޓޭ ވަނީ ކާމިޔާބުކޮށްފައެވެ. ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރި އިރު އޭނާއަކީ މިހާރުވެސް ޓައިވާނުގެ ނައިބު ރައީސްއެވެ. ޓައިވާނުން ވެރިއަކު އިންތިހާބު ކުރިއިރު، ޗައިނާ އިން އެކަމެއް ގަބޫލެއް ނުކުރެއެވެ. ޗައިނާ އިން […]
މުޙައްމަދު
ރައްޔިތުންނަށް ބަނޑުހަނޑޫ ދޭން ބުނުމަކުން މިހާރު ނުހެއްލޭނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ އިބްރޭ މިހެން ވިދާޅުވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ހޮވުމުން، އިބްރޭ ސަރުކާރަށް ”ވައްބަހުން ޖެއްސެވީ” އަންނަ ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި ފުށް ބ...
ޔުމްނާ ޢަލީ
އަންނަ މާރިޗް މަހުގެ 15ގެ ކުރިން ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ އެ ޤައުމަށް ގެންގޮސް ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. މި މުބާރާތަށް ހުށަހަޅާ ލޯގޯގައި އަންހެނުންގެ ތަރައްގީއާއި ހޯރަފުށި ރަމްޒުކޮށްދޭން ޖެހެއެވެ. އަދި މީގެއިތުރުން އެ ރަށަށް ހާއްސަ ކަމެއް ނުވަތަ ކަންތައްތަކެއް ނުވަތަ އެ ރަށުގެ ސަގާފަތެއް ނުވަތަ އެ ރަށުގެ ތާރީހް ހިމަނަން ޖެހެއެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެ ކޮމެޓީން ފާސްކުރާ ލޯގޯ ފަރުމާކުރާ ފަރާތަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ސްޕަ ކަޕް ފައިނަލުގައި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ރެއާލަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ ސައުދީގެ އަލް ނަސްރުގެ ދަނޑުގި ރޭ ކުޅުން ފައިނަލް މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއީ ރެއާލުން ސްޕެނިޝް ސްޕަކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ބާސާއިންނެވެ. އެ ޓީމުން […]
އިބްރާހިމް ޚަލީލް
ރަސްފަންނު ކުރިމަތީގައި ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އަޅަން ކޮރެލް ބޮލެވާޑަށް ދިން ބިން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލުގައި 426 މިލިއަން ޑޮލަރު (6.5 ބިލިއަން ރުފިޔާ) ހޯދަން އެ ކުންފުނިން ދައުވާކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކޮރެލް ބޮލެވާޑަށް ރަސްފަންނު ކުރިމަތިން ދިން ބިން އަތުލުމަށްފަހު ހުޅުމާލެއިން އެ ކުންފުންޏަށް ބިމެއް ދޭން ނިންމީ ކުރީގެ ސަރުކާރުގައި 2019 ވަނަ އަހަރު އެވެ. އެ މައްސަލާގައި ކޮރެލް ބޮލެވާޑް […]
ހުސައިން ހަބީބް
ރާއްޖޭގައި އަލަށް ތަޢާރުފްކުރާ އެއާ އެމްބިއުލާންސްގެ ޚިދުމަތް އަންނަ މާރިޗް މަހުގެ 1 ގައި ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، 17 ނޮވެމްބަރު 2023ގައި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ކުރެއްވި ފުރައްމާނަ ދަތުރުފުޅުގައި ޗައިނާ އަށް ވަޑައިގަތުމަށްފަހު އިއްޔެ މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ދަޢުވަތަަކަށް މިމަހުގެ 7 އިން 13 އަށް...
ޔުމްނާ ޢަލީ
އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އާޒިމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް އޭނާ އަށް އިތުބާރު ކުރައްވައި އިންތިހާބު ކާމިޔާބުކޮށް ދެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތުނުކޮށް އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. Male’ City Mayor kamah alhugandah ithubaaru kuravvaa, inthihaab kodhdhevveethee shukuru […]
މުޙައްމަދު
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގައި ބާއްވާ ފޮތިކޮތަޅު ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ފަހަން ދަންނަ 30 ފަރާތަކަށެވެ. މި ކޯސް ކުރިއަށް ގެންދަން ރާވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ކްލާސްތައް ކުރިއަށް ގެންދަން ރާވާފައި ވަނީ ރޭގަނޑު 20:30 އިން 22:30 އަށް، އެންއޯސީ ހޯލުގައެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން […]
އިބްރާހިމް ޚަލީލް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ދެ ޤައުމުގެ ދެމެދުގައި ބާއްވާ ރަސްމީވާހަކަތައް މިއަދު ފަށައިފިއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ޢިއުލާންކުރެއްވީ އެކުވެރި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް، (ޔޫއޭއީ)އަށް ކުރެއްވި ދަތުރުފުޅަށްފަހު 3 ޑިސެމްބަރު 2023 ގައި މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައ...
ޔުމްނާ ޢަލީ
މި އަހަރުގެ އެންމެ ހޫނު ދުވަސްވަރު، މެދުނުކެނޑި ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފިއެވެ. ސްޓެލްކޯއިން ބުނީ މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމަށްޓަކައި، ގެންނަން ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރު ސެޓް އިއްޔެ ރާއްޖެ ގެނެވިފައިވާ ކަމަށެވެ. މިހާރު އެ ޖަނަރޭޓަރު ސެޓްތައް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އިތުރު ދެ ޖަަނަރޭޓަރު ސެޓު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް ސްޓެލްކޯއ...
އަޙްމަދު ވަހީދު
މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ނުކުރެވުނީ މަސައްކަތް ނުކުރެވިގެން ކަމަށާއި ހިދުމަތް ނުކޮށްދެވިގެން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް ސަރުކާރު ލިބި، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އުޅެން ޖެހުމުން އިންތިހާބަށް ދޭންވާ ސަމާލުކަން ނުދެވުނު ކަމަށެވެ. އިއްޔެގެ އިންތިހާބަކީ ލިބުނު ފިލާވަ...
މުޙައްމަދު