މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 770 ވަނަ ޞަފްޙާ

ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ މަސައްކަތް ކުރުމުން ހުއްޓުވައި ޖޫރިމަނާކޮށްފި

ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ މަސައްކަތް ކުރުމުން ހުއްޓުވައި ޖޫރިމަނާކޮށްފި

މާލެސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ މަސައްކަތް ކުރަމުންދިޔަ ތަނެއްގެ މަސައްކަތް މާލެސިޓީ ކައުންސިލުން ހުއްޓުވައި ޖޫރިމާނާކޮށްފިއެވެ. މާލެސިޓީ ކައުންސިލުން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ، ޤަވާއިދާއި ހިލާފަށް މަސައްކަތް ކުރަމުންދިޔަ ތަނެއްގެ މަސައްކަތް ހުއްޓުވާ ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. “މަސައްކަތް ކުރާއިރު އެންމެހާ ބޭފުޅުންވެސް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވާ.” މާލެސިޓީ ކައުންސިލުން ބުނެފައިވެއެވެ. https://x.c...

އަލީ އާދިލް
އަމަލުތައް ބެހެއްޓިގޮތުން އަލެގްރީއަށް މަގާމް ގެއްލިއްޖެ

އަމަލުތައް ބެހެއްޓިގޮތުން އަލެގްރީއަށް މަގާމް ގެއްލިއްޖެ

ޔުވެންޓަސްއާއި އެތުލާންޓާ ބައްދަލުކުރި އިޓާލިއަން ކަޕް ފައިނަލް މެޗަށްފަހު އަމަލުތައް ބެހެއްޓިގޮތުން، ޔުވެންޓަސްގެ ކޯޗުކަމުން މަސިމިލިއާނޯ އަލެގްރީ، ވަކިކޮށްފިއެވެ. ޔުވެންޓަސްއާއި އެތުލާންޓާ ބައްދަލުކުރި އިޓާލިއަން ކަޕްގެ ފައިނަލް މެޗު ކުޅެފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަން ކަން ހޯދީ ޔުވެންޓަސްއެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު ހަތަރު ވަނަ މިނެޓުގައި ޖަހައިދިނީ ވްލަހޮވިޗެވެ. ރެފްރީ މެޗު ނިންމާލި ވަގުތު އަލެގްރީ ވަނީ ހަތަރުވަނަ އޮ...

އިބްރާހިމް ޚަލީލް
މުދާ އުފުލާ ދޯންޏެއް ގެއްލިގެން ހޯދަނީ

މުދާ އުފުލާ ދޯންޏެއް ގެއްލިގެން ހޯދަނީ

މުދާ އުފުލާ ދޯންޏެއް ގެއްލިގެން، އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެކެވެ. “AAA-37” ނަމަކަށް ކިޔާ މި މުދާ އުފުލާ ދޯނި ތިލަފުށިން ފުރާފައި ވަނީ 17 މޭ ވީ ހުކުރު ދުވަހު (އިއްޔެ) ހެނދުނު 06:00 ހާއިރު އެވެ. ތިން މީހުންނާއެކު ފުރި މި ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު […]

ޔުމްނާ ޢަލީ
މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި

މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރޭ ވަނީ  މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް، ރޭ މެންދަމު 12:00 އިން ހެނދުނު 6:00 އާއި ހަމަ އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން މިހާރު މި ސަމާލުގެ ވަގުތު ދަންމާލާފައިވާއިރު، މި ސަމާލުގެ މިހާރުގެ ވަގުތަކީ މިއަދު ހެނދުނު 6:00 އިން […]

ޙުސައިން ޝަހުދީ
މޫސުމަށް ސަމާލުވެ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެދިއްޖެ

މޫސުމަށް ސަމާލުވެ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެދިއްޖެ

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ދިފާޢީ ބާރުން އިލްތިމާސްކޮށްފިއެވެ. ޤައުމީ ދިފާޢީ ބާރުން މިފަދަ އިލްތިމާސެއްކުރީ، މޫސުމާ ބެހޭ ޤައުމީ އިދާރާ، މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ކުރިއަށް އޮތް ތިން ދުވަހަށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައިވާތީކަމަށް އެ އިދާރާއިން ބުނެފަވެއެވެ. މިގޮތުން ޚާއްޞަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކު...

ޙުސައިން ޝަހުދީ
މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ހުދު ސަމާލު

މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ހުދު ސަމާލު

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު […]

ޙުސައިން ޝަހުދީ
އިހަވަންދޫ މައި ކަޕް އަނެއްކާ ވެސް ފަށަނީ

އިހަވަންދޫ މައި ކަޕް އަނެއްކާ ވެސް ފަށަނީ

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އިހަވަންދޫގައި ބާއްވާ ފޯރިގަދަ މައި ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ފަށަން ނިންމާފައިވާ ކަމުގައި އިހަވަނަދޫ ކްލަބް ޕޯލްސްޓާއިން ހާމަކޮށްފިއެވެ. އިހަވަންދޫ މައި ކަޕް ފުޓްބޯޅަ މުބާރާތަކީ 2007 ވަނަ އަހަރު، އޭރު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އެހީތެރިކަމާއިއެކު އެ ރަށުގައި ހިންގަން ފަށާފައިވާ މުބާރާތެކެވެ. މި މުބާރާތް ފުރަތަމަ ހަތަރު އަހަރު ކުރިއަށް ގެންގޮސްފައި ވަނީ އިހަވަންދޫގެ ޓީމްތަކަށް ހާއްސަކޮށްގެންނެވ...

އިބްރާހިމް ޚަލީލް
ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިހަވަންދޫ ބަނދަރުތެރޭ ފައިބަރު މަސައްކަތް ކުރުން މަނާވާނެ

ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިހަވަންދޫ ބަނދަރުތެރޭ ފައިބަރު މަސައްކަތް ކުރުން މަނާވާނެ

ހއ.އިހަވަންދޫ ބަދަނދަރުތެރޭ އެއްވެސް ސިފައެއްގައި ފައިބަރގްލާސް މަސައްކަތް ކުރުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 148 ވަނަ އާންމު ބައްދަލުވުމުގައެވެ. އެ ކައުންސިލުން ބުނީ ގިނަ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާތީއާއި އެ މަސައްކަތަކީ ސިއްހަތަށް ނުރައްކާތެރި ކަމަކަށްވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ބަނދަރުތެރޭ ފައިބަރގްލާސްއާއ...

އިބްރާހިމް ޚަލީލް
އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑަކަށް ލަންދޫ

އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑަކަށް ލަންދޫ

އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ލަގަބު ނ. ލަންދޫ އަށް ލިބިއްޖެ އެވެ. އުރީދޫން ބުނީ ލަންދޫގައި އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހު ކުރުމަކީ، އޭއައިގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. މި މަސައްކަތަކީ އުރީދޫއިން މުޅި ރާއްޖެ އެއްކޮށް ޑިޖިޓަލް މޯލްޑިވްސް އަކަށް ހަދައި ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީ ވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް […]

އިބްރާހިމް އަސްވާޤް
އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީ މުދަލު ޒަކާތް: ހުތުބާ

އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީ މުދަލު ޒަކާތް: ހުތުބާ

ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތްކަމަށާއި އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. ހުކުރު ހުތުބާގައި ބުނީ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފިޠުރު ޒަކާތް ކަމުގައި ކަމަށާއި އެހެންކަމުން މަދު މީހަކު މެނުވީ ފިޠުރު ޒަކާތް ދެއްކި ނަމަވެސް ވަރަށް ގިނަބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަކުރެވޭ ކަމަށެވެ. ޙަޤީޤަތުގައި މިއީ ވަރަށްބޮޑު އޮޅުމެއް ނ...

އަލީ އާދިލް
ހައިވޭގައި ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ މީހުން ޖޫރިމަނާކޮށް ނަސޭހަތް ދީފި

ހައިވޭގައި ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ މީހުން ޖޫރިމަނާކޮށް ނަސޭހަތް ދީފި

ހުޅުމާލެއާއި މާލެ އާއި ދެމެދު އަޅާފައިވާ ހައިވޭ މަތީގައި ހެލްމެޓް ނާޅާ، ސައިކަލުގައި ދަތުރުކުރި ދެ މީހަކު ޖުރިމަނާކޮށް ނަސޭހަތް ދީފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސިނަމާލެ ބްރިޖް ގައި ހެލްމެޓް ނާޅައި ސައިކަލު ދުއްވި މީހާއާއި އެސައިކަލުގެ ފަހަތުގައި އިން މީހާއާއި މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި ދެ މީހުން ވެސް  ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައިވާކަމަށްވެސް ވިދާޅުވިއެވެ. “ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ގ...

އަލީ އާދިލް
މާރަންދޫ ބަދަހި ކަޕް، ހޭންޑް ބޯލް އަދި ފުޓަސްލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މާރަންދޫ ބަދަހި ކަޕް، ހޭންޑް ބޯލް އަދި ފުޓަސްލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ބާއްވާ ބަދަހި ކަޕް ހޭންޑް ބޯލް އަދި ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތްތަކަކީ އެ ރަށުގެ މުއައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތަކެކެވެ. ފުޓްސަލް މުބާރާތް ފިރިހެން ބޭފުޅުންނަށް ހާއްސަކޮށްފައިވާއިރު، ހޭންޑް ބޯލް މުބާރާތް ބާއްވަނީ ކަނބަލުންނަށެވެ. މި މުބާރާތް ރާވާ ހިންގަނީ މާރަންދޫ ކައުންސިލާއި އެ ރަށު އިޖުތިމާއީ މަރުކަޒު ގުޅިގެންނެވެ. މި ދެ މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނ...

އިބްރާހިމް ޚަލީލް
ކަރަންޓް ބިލްތައް ބޮޑުކޮއްގެން، ތިންލައްކައެއްހާ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއްގައި ދަޢުވާކުރުމަށް ފޮނުވައިފި

ކަރަންޓް ބިލްތައް ބޮޑުކޮއްގެން، ތިންލައްކައެއްހާ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއްގައި ދަޢުވާކުރުމަށް ފޮނުވައިފި

ކަރަންޓް ބިލްތަކަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފި އެވެ. 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ.ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ އޭސީސީއިން ތަހުޤީޤުކޮށް އެ މައްސަލައިގައި ކޮރަޕްޝަނުގެ ދަޢުވާކޮށް...

އަލީ އާދިލް
"ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024" ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

"ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024" ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމިއްޔާ ޖަމާއަތްތަކަށެވެ. މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މިޓީން މި މަހުގެ 20 ވަނަ ދުވަހު...

އިބްރާހިމް ޚަލީލް
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފައްދައިފި

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް” ގެ ނަމުގައި ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ. ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނުން ރައީސް އަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ކުންފުންޏެކެވެ. މިގޮތުނ...

ޔުމްނާ ޢަލީ
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ނުކުރާތީ ފިޔަވަޅު އަޅަނީ

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ނުކުރާތީ ފިޔަވަޅު އަޅަނީ

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އިދާރާތަކުން މަސައްކަތް ނުކުރާތީ ފިޔަވަޅު އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ. އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައި އެވެ. މިދިޔަ 2023  ވަނަ އަހަރު އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ 50,370,512.75 ރ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އެ ކޮމިޝަ...

އަލީ އާދިލް
ރާއްޖޭގައި 3 ހޮސްޕިޓަލެއް އަޅަން ސައުދީން 50 މިލިއަން ޑޮލަރުގެ ލޯނެއް

ރާއްޖޭގައި 3 ހޮސްޕިޓަލެއް އަޅަން ސައުދީން 50 މިލިއަން ޑޮލަރުގެ ލޯނެއް

ރާއްޖޭގެ އެކިކަންކޮޅުތަކުގައި 150 އެނދުގެ ތިން ހޮސްޕިޓަލެއް އަޅަން ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. މި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ވިދާޅުވީ...

މުޙައްމަދު
ވެލާނާ އެއާޕޯޓުގެ ތަރައްގީއަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު ދީފި

ވެލާނާ އެއާޕޯޓުގެ ތަރައްގީއަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ހިނގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ސައުދީ ޑިވެލޮޕްމަންޓް ފަންޑުން ރާއްޖެ އަށް އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއް މިއަދު ދީފިއެވެ. ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސ...

މުޙައްމަދު