މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 769 ވަނަ ޞަފްޙާ

''ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައީސް ރައިސީ ވަނީ އަވަހާރަވެފައި''

''ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައީސް ރައިސީ ވަނީ އަވަހާރަވެފައި''

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެމަނިކުފާނު އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފިއެވެ. އީރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އަދި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ. މި ހެލިކޮޕްޓަރު ހޯދުމަށް ރެސްކިއު ޓީމުތަކުން ކުރި މަސައްކަތުން 15 ވަރަކަށް ގަޑިއި...

ޔުމްނާ ޢަލީ
ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިން ޕީއެންސީ އަށް ސޮއިކޮށްފި

ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިން ޕީއެންސީ އަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިން ހަބީބު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އިއްޔެ ސޮއިކޮށްފިއެވެ. ޕީއެންސީން އިއްޔެ ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ޝާމިން ހަބީބު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައި ކަމަށެވެ. ޕީއެންސީއާއި ޝާމިން ގުޅިވަޑައިގަތުމުން ފޯމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ޝާމިން...

ޔުމްނާ ޢަލީ
މޫސުން ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

މޫސުން ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

ހުޅަނގު މޫސުން ފެށި، ވައިބާރުވެ ވިއްސާރަވެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރުނު އިލްތިމާސްގައި ބުނެފައިވަނީ މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ވަޔާއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ރުއްރުކުން ހިކިފަނާއި ކާށި އަދި ގަސްގަހުން ހިކިފައިވާ ގޮފިފަދަ ތަކެތި ވެއްޓެމުން އަންނަ ކަމަށާއި، އެހެންކަމުން އާންމު ފަރުދުންގެ ގޯތިގެދޮރުގައި ހުންނަ ރުއްތައް ސާފުކޮށް،...

އިބްރާހިމް ޚަލީލް
އުއްމީދަކީ އީރާންގެ ރައީސް އާއި ވަފުދުގެ ބޭފުޅުން ހެޔޮ ހާލުގައި ފެނުން: ރައީސް

އުއްމީދަކީ އީރާންގެ ރައީސް އާއި ވަފުދުގެ ބޭފުޅުން ހެޔޮ ހާލުގައި ފެނުން: ރައީސް

އުއްމީދަކީ އީރާންގެ ރައީސް ޑރ. އިބްރާހިމް ރައިސީ އާއި ވަފުދުގެ ބޭފުޅުން ހެޔޮ ހާލުގައި ފެނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އީރާންގެ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އީރާންގެ ރައީސް އާއި އަރިހުގައި ދަތުރުކުރެއްވި ވަފުދު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައެވެ. މި ހާދިސާއާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި މެދުވެރިކޮށް ކުރެއ...

ޔުމްނާ ޢަލީ
ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް ސިޓީން ރެކޯޑް ހަދައިފި

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް ސިޓީން ރެކޯޑް ހަދައިފި

ލީގުގެ ފަހު މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ވެސްޓްހޭމްގެ މައްޗަށް ކުރި ހޯދައި، ޕްރިމިއާ ލީގު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ސިޓީން ކާމިޔާބުކޮށް ރެކޯޑް ހަދައިފިއެވެ. ޕްރިމިއާ ލީގުގެ ތާރީހުން 136 އަހަރު ފާއިތުވެފައިވާއިރު، ޖެހިޖެހިގެން ހަތަރު ފަހަރު ލީގުގެ ޗެމްޕިއަންކަން މީގެ ކުރިން އެއްވެސް ޓީމަކަށް ހޯދިފައި ނުވެއެވެ. ޕްރިމިއާ ލީގުގައި ރަސްކަން ކުރަމުން އަންނަ ސިޓީން މިވަނީ މިފަހަރު ލީގު ކާމިޔާބުކޮށް ޖެހިޖެހިގެން ހަތަރު ފަހަރު ލީގު ޗެމްޕިއަންކަން ހޯދައި ތާރީހު ބަދަލުކޮށްފައެވެ. މިރޭ […]

އިބްރާހިމް ޚަލީލް
ރިސޯޓެއްގެ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފި

ރިސޯޓެއްގެ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފި

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުގެ ބަންގްލަދޭޝް މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، އެ ރިސޯޓުނަ ގެއްލިގެން ހޯދަމުން ދަނީ އުމުރުން 32 އަހަރުގެ މީހެއް ކަމަށެވެ. އެމީހާ ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 15:54 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައި...

ޔުމްނާ ޢަލީ
ފާހަނާގައި ބޮޑުވާ ފެންގަނޑު މަގުމައްޗަށް ފައިބާ ގޮތަށް ލޯވަޅެއް އެޅުމުން ޖޫރިމަނާ ކޮށްފި

ފާހަނާގައި ބޮޑުވާ ފެންގަނޑު މަގުމައްޗަށް ފައިބާ ގޮތަށް ލޯވަޅެއް އެޅުމުން ޖޫރިމަނާ ކޮށްފި

މަގުމައްޗަށް ފެންފައިބާތީ މާލޭ ސިޓީ ކައުންސިލުން ޗެކުކުރިއިރު އެގޭގެ ފާހަނާ ފެންބޮޑުވެގެން ފާހަނާތެރެއިން ލޯވަޅެއް ތޮރުފާލައި ފެން ބޭރަށް ފައިބާގޮތަށް ވަނީ ހަދާފައިވާ ކަމަށާއި އެކަން ކުރިމީހާ ޖޫރިމަނާ ކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ. އެ ގެއިން ފެން ފައިބާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކޮށް، މާލެ ސިޓީ ކައުންސިލުން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ގެއަކުން މަގުމައްޗަށް ފެންފައިބާތީ ސިޓީ ކައުންސިލުން އެ ތަން ޗެކުކުރި ކަމަށެވެ. އަދި ބުނެފައިވަނީ މިކަން ކުރިފަރާތަށް ވަނީ އެކަ...

އަލީ އާދިލް
އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާތީ, އިމާރާތްކުރާ ސައިޓުތައް މަދިރި އާލާނުވާނެހެން ސާފުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާއިން އަންގައިފި އެވެ. އެ މިނިސްޓްރީން މިއަދު ނެމިނސިްޓްރީއިން ނެރުނު އިޢުލާނެއްގައިބުނީ, އިމާރާތްކުރާ ސައިޓުތަކަކީ މަދިރި އާލާވާފަދައިން ފެން ހަރުލާފައި ހުންނަ ތަންތަނަށް ވާތީ އެފަދަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެ...

އަލީ އާދިލް
ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި ތިން މީހަކު ހައްޔަރުކޮށްފި

ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި ތިން މީހަކު ހައްޔަރުކޮށްފި

ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. މިކަމުގެ މަޢުލޫމާތު ހިއްސާ ކުރަމުން ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ދެ ފުލުހަކާމެދު، ތިން މީހަކުވެގެން ވަޅިން ބިރުދައްކާ މާރާމާރީ ހިންގާފައި ވަނީ ރޭ 22:00 ހާއިރު ކަމަށެވެ. އެ މީހުން އެ ޢަމަލު ހިންގީ ކުލަ ހެދުމުގައި ތިބި ދެ ފުލުހަކާމެދު ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނިގޮތުގަައި […]

ޔުމްނާ ޢަލީ
ހއ. އަތޮޅުން ފެށިގެން އދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން އދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު މޫސުމީ ސަމާލު، ރީނދޫ ސަމާލު ފުރަތަމަ ނެރެފައި ވަނީ ހެނދުނު 6:30 އިން 10:30 އަށް، ށ. އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅެއް ހިމެނޭހެން އައްޑޫ ސިޓީ އާއި ހަމައަށެވެ. އެއަށަފަހު މި ވަގުތު މެންދުރުފަހު 2:30 އާއި ހަމައަށް އެ ސަރަހައްދުތަކަށް ވަނީ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށި ނޮލެޖް ސެންޓަރާއި ޕަބްލިކް ލައިބްރަރީގެ ލޯގޯ ފަރުމާކޮށްދޭނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށި ނޮލެޖް ސެންޓަރާއި ޕަބްލިކް ލައިބްރަރީގެ ލޯގޯ ފަރުމާކޮށްދޭނެ ބަޔަކު ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ނޮލެޖް ސެންޓަރާއި ޕަބްލިކް ލައިބްރަރީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި ދެ ލޯގޯ ފަރުމާ ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި އެ ސިޓީގެ ނޮލެޖް ސެންޓަރާއި ޕަބްލިކް ލައިބްރަރީގެ މަސައްކަތްތައް ރަމްޒުކޮށްދިނުމާއި، އެ ސިޓީގެ ތާރީހާއި ސަގާފަތާއި އާދަކާދައާއި މަސައްކަތްތެރިކަމާއި ހުނަރު ރަމްޒުކޮށްދިނުން ހިމެނެއެވެ. މި ދެ ގެ ލޯގޯ ފަރުމާކުރުމަށް ރާއްޖޭގެ ޑިޒައިނަރުންނަށާއި ރެޖިސްޓްރީ ކޮށްފައިވާ ވ...

އިބްރާހިމް ޚަލީލް
ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށް ފޯޑެން

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށް ފޯޑެން

އިނގިރޭސި ޕްރިމިއާ ލީގުގެ، މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް މެންޗެސްޓާ ސިޓީގެ އިންގްލެންޑް މިޑްފީލްޑަރ ފިލް ފޯޑެން ހޮވިއްޖެއެވެ. އުމުރުން 23 އަހަރުގެ ފޯޑެންގެ ފަރާތުން މި ސީޒަންގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޭނާ ވަނީ ލީގުގައި ސިޓީއަށް ކުޅެދިން މެޗުތަކުގައި 17 ލަނޑުޖަހައި 8 ލަނޑު ޖަހަން އެހީތެރިވެދީފައެވެ. ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމާއި ފިޔަވަޅަކާއި ގާތަށް ސިޓީން ޖެހިލާފައިވާއިރު، ފާއިތުވި ހަތަރު ސީޒަންގައި ވެސް ޕްރިމިއާ ލީގުގެ […]

އިބްރާހިމް ޚަލީލް
18 އަތޮޅެއް ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި

18 އަތޮޅެއް ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ށ.އަތޮޅުން ފެށިގެން 17 އަތޮޅެއް ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅެއް ހިމެނޭހެން އައްޑޫ ސިޓީ އާއި ހަމައަށެވެ. މި ސަމާލުގައި ނުހިމެނެނީ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅެވެ. ނަމަވެސް މި ދެ އަތޮޅަށް ވެސް މޫސުން އޮތީ ގޯސްކޮށެވެ. ކަނޑުތައް ގަދަވެ، މިހާރު ވެސް މި […]

ޔުމްނާ ޢަލީ
އެންމެ މެޗަކުން ވެސް ބަލިނުވެ ލީގު ނިންމައި، ލެވަކޫސަން ތާރީހުގެ ތެރެއަށް

އެންމެ މެޗަކުން ވެސް ބަލިނުވެ ލީގު ނިންމައި، ލެވަކޫސަން ތާރީހުގެ ތެރެއަށް

ޖަރުމަނު ލީގުގައި މި ސީޒަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބަޔާން ލެވަކޫސަން އިން ލީގު ނިންމައި ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލެވަކޫސަން އިން ވަނީ އޮއުސްބާގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރިހޯދާފައެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސަން އިން ފަސް މެޗު އޮއްވައި ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ވަނީ ކަށަވަރު ކޮށްފައެވެ. ރޭ މެޗަށް ފަހު އެ ޓީމާއި ޝީލްޑް ހަވާލުކުރިއިރު، މިއީ އެ ޓީމްގެ […]

އިބްރާހިމް ޚަލީލް
ފުރަތަމަ ހަ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ކުރިމަގުގެ ބިންގާ އެޅިއްޖެ: ފައިސަލް

ފުރަތަމަ ހަ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ކުރިމަގުގެ ބިންގާ އެޅިއްޖެ: ފައިސަލް

ފުރަތަމަ ހަ މަސް ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ބިންގާ އެޅިގެން ގޮސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަމަ ހަ މަސްދުވަހުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ލަނޑުދަނޑިއާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ފައިސަލް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިމަގު ބައްޓަނ...

ޔުމްނާ ޢަލީ
އިންޑިއާ އަށް ނިސްބަތްވާ ތިން މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި

އިންޑިއާ އަށް ނިސްބަތްވާ ތިން މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި

އިންޑިއާ އަށް ނިސްބަތްވާ ތިން މީހަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި އެވެ. މިއަދު އިމިގްރޭޝަނުން ފޮޓޯ ޢާންމުކޮށް، އެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ، ރޯހިތް ކުމާރު (33އ) އާއި ގުރުޖަންތް ސިންގް (24އ) އަދި ޝަމްޝޭން އަލަމް (35އ) އަށެވެ. https://x.com/immigrationmv/status/1791783044086727013?s=52 އެ ތިން މީހުންނަށް އިމިގްރޭޝަނުން އަންގާފައިަނީ ކުރިއަށް އޮތް ރަސްމީ ފަސްދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށެވެ. އެ މީހުން އިމިގްރޭޝަނަށް ހާޒިރު ވާން އެންގި ސަބަބެއް އިމިގްރޭޝަނުން ހާމަ ކ...

އަލީ އާދިލް
މާފުށީ ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވެއްޖެ

މާފުށީ ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވެއްޖެ

ކ.މާފުށީ ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވި އަލިފާން މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާލެ އޭރިއާ ކޮމާންޑް، މާފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންގެ މަސައްކަތުން ނިއްވާލައިފިއެވެ. އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި މި ލޯންޗުގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ މާފުށި ސްޓޭޝަނަށް ލިބުނީ މެންދުރު 12:34 ހާއިރެވެ. އަދި އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކުރިއިރު، އަލިފާން ނިއްވާލެވިފައި ވަނީ 12:46 ހާއިރު ކަ...

އަލީ އާދިލް
އީދު ފާހަގަ ކުރަން 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅައިފި

އީދު ފާހަގަ ކުރަން 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅައިފި

އަންނަ ބޮޑު އީދު ތިން ރަށެއްގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ކަލްޗާ މިނިސްޓްރީން ބުނެފި އެވެ. އަޟްހާ އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެކަމަށް ހުޅުވާލި ފުރުސަތު ހުކުރު ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު 26 ރަށަކުން ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށް ކަލްޗާ މިނިސްޓްރީން ބުނެ އެވެ. އެ […]

އަލީ އާދިލް