މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ސަރުކާރާއި އަމިއްލަ މަދަރުސާތަކުގައި 96000 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު އުނގެނޭނެ އެވެ. އެއީ ސަރުކާރުގެ 217 މަދަރުސާއެއްގައި އުނގެނޭނެ 83000 ދަރިވަރުން އަދި އަމިއްލަ މަދަރުސާތަކުގައި އުނގެނޭނެ 13000 ދަރިވަރުން ނެވެ. ސަރުކާރުގެ 217 މަދަރުސާއެއްގެ ތެރެއިން 162 މަދަރުސާއެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު، މީގެ ތެރެއިން 55 މަދަރުސާއެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެއެވެ. […]
ޔުމްނާ ޢަލީ
އެސްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ޓީމްގެ ޝަރަފް ހޯދި ބަޔާން ލެވަކޫސަން އިން ޖަރުމަނު ކަޕް ވެސް ކާމިޔާބު ކޮށް، އެ ޓީމްގެ އާދަޔާ ހިލާފް ސީޒަން ނިންމާލައިފިއެވެ. ރޭ ކުޅުނު ކަޕް ފައިނަލް މެޗުގައި ލެވަކޫސަން އިން ވަނީ ދެވަނަ ޑިވިޒަންގެ ޓީމެއްކަމަށް ވާ ކައިސަސްލައުޓެން އަތުން 1-0 ގެ ނަތީޖާއިން މޮޅުވެފައެވެ. ނިމިގެން މިދިޔައީ ލެވަކޫސަންއަށް ވަރަށް ތާރީހީ ސީޒަނެކެވެ. އެ ޓީމްގެ ހަޔާތުގައި ޖަރުމަނު ލީގުގެ ޗެމްޕިއަނަކަން […]
އިބްރާހިމް ޚަލީލް
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރ ޓޯނީ ކްރޫސްއަށް އެ ޓީމްގެ ސަޕޯޓަރުންގެ ހިތުގައި އޮތް ލޯބި ދައްކާލައިފިއެވެ. ޔޫރޯ ފުޓބޯޅަ މުބާރާތަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ކްރޫސް ނިންމާފައިވާއިރު ރޭ ލީގުގެ ފަހު މެޗުގައި ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ވާދަކޮށް 0-0 ގެ ނަތީޖާއިން އެއްވަރުވީ މެޗަކީ، ރެއާލްގެ ބާނަބެއު ސްޓޭޑިއަމްގައި ކްރޫސް ކުޅުނު އޭނާގެ ފަހު މެޗެވެ. އުމުރުން 34 އަހަރުގެ ކްރޫސް ވަނީ އަންނަ މަހު އޭނާގެ […]
އިބްރާހިމް ޚަލީލް
ފައިނަލް މެޗުގައި ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި އެފްއޭކަޕް ކާމިޔާބު ކޮށްފިއެވެ. މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން ސިޓީ ބަލިކޮށްގެންނެވެ. ޔުނައިޓެޑަށް އެފްއޭކަޕް އެންމެ ފަހުން ކާމިޔާބު ކުރެވިފައި ވަނީ 2016 ވަނަ އަހަރުއެވެ. އޭރު ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރީ ލުއިސް ވެންހާލްއެވެ. މިއީ ޔުނައިޓެޑުން އެފްއޭކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. އެންމެ ގިނައިން އެފްއޭކަޕް ކާމިޔާބު […]
އިބްރާހިމް ޚަލީލް
އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފިއެވެ. ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ ތ. މަޑިފުށި، ނައިޓްރޯޒް، އައިޝަތު ޒޯޔާ ފިކުރީ އެވެ. އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ވިލިމާލޭ، ނާލިސް ނަމަކަށް ކިޔާ ގެއެއްގައެވެ. އެންމެފަހުން ޒޯޔާ ފެނިފައިވަނީ މީގެ ހަތަރު […]
ޔުމްނާ ޢަލީ
އޮޔާ ދަނިކޮށް މިއަދު ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދަނިކޮށް، ފެނުނު މީހަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. އެ އިދާރާއަށް މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:35 ހާއިރުއެވެ. ފުލުހުން ބުނިގޮތުގައި އެއީ އަންހެނެކެވެ. އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޮޔާ [...
ޔުމްނާ ޢަލީ
ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ކުރަމުން އަންނަ ވިއްސާރަ އާއި ގުޅިގެން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ފުރަތަމަ ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. ހެނދުނު 6:00 ގައި ނެރުނު މި ސަމާލުގެ ވަގުތު މިއަދު ހެނދުނު 11:00 އަށް ވަނީ ހަމަވެފައެވެ. އެއަށްފަހު […]
ޔުމްނާ ޢަލީ
ކަނޑުމަތީ އޮޔާދިޔަ މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން މީހަކު އޮޔާދާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެ އިދާރާއަށް މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:35 ހާއިރުއެވެ. މިހާރު އެމީހާ ކަނޑުމަތިން ނަގައިގެން ގެންގޮސް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. މިކަމުގެ އިތުރުމައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެ...
ޔުމްނާ ޢަލީ
ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ނޯންނާނެކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ސްރީލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސް، އެކަން އާންމުކޮށްފައެވެ. މި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނީ ލަންކާގައި އަލަށް ބޭނުންކުރަން ފަށާ އީ-ވިސާ ސިސްޓަމެއް ގާއިމްކޮށް ހިދުމަތް ފަށާފައިވާތީ، އެ ގައުމުގެ ކަމާ ގުޅޭ އިދަރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ޚާރިޖީ...
ޔުމްނާ ޢަލީ
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޒީނާޒް އަދުނާން ހަމަޖައްސައިފި އެވެ. ޕީއެންސީ އިން ރޭ ބުނީ އެ ޕާޓީގެ އާ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އިއްޔެ ޒީނާޒް ހަމަޖައްސާފައިވާ ކަމަށެވެ. ޒީނާޒް އަކީސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފްގެ އަނބިކަނބަލުންނެވެ. އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިޚާބުގައި ޕީއެންސީ ޓިކެޓް ހޯދުމަށް ޕީއެންސީ/ޕީޕީއެމްގެ ފުވައްމުލަކު ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންޓިގާ ބާބުޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް، މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމުގެ އިތުރުން، ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރަ...
ޙުސައިން ޝަހުދީ
މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު ބަންދުކޮށްފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. އެއީ ނޭޕާލު މީހެކެވެ. އެމީހާ ބަންދުކޮށްގެން ގެންގުޅެނީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގައެވެ. ފުލުހުން ބުނީ، މާލޭގެ މާފަންނު ގައި ހުންނަ ގެސްޓް ހައުސްއެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް އެ އިދާރާ އަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލާގައި، އެ ގެސްޓް ހައުސްގައި ފުލުހުން ހަރަކާތްތެރިވެ، އެމީހާ ސަލާމަތްކޮށްފައިވާއިރު، އެމީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހ...
ޔުމްނާ ޢަލީ
ފަލަސްޠީނުގެ ޣައްޒާގެ ރަފާގައި މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން އިސްރާއީލް އޭ ކިޔުނު ޔަހޫދީ ޖަމާއަތުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލަން، ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓު (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް ޢަމުރެއް ނެރެފިއެވެ. އިސްރާއިލުން ރަފާގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ބޯޑަރުތައް ހުޅުވަން ފުރުސަތު ދީ، އެހީ ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ނޭޅޭނެހެން ފުރުސަތު ދިނުމަށް ވެސް އައިސީޖޭ އިން ވަނީ އިސްރާއީލުގެ މައްޗަށް އަމުރުކޮށްފައެވެ. އި...
ޔުމްނާ ޢަލީ
ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމުން ޒަވީ ހެނާންޑޭޒް ވަކިކުރަން އެ ކުލަބުން ނިންމައިފިއެވެ. އުމުރުން 44 އަހަރުގެ ޒަވީ ބާސާގެ ކޯޗުކަމުން ވަކިކުރަން ނިންމާފައި ވަނީ މިއަދު އެ ކްލަބްގެ ރައީސް ޖޯން ލަޕޯޓާއާއި ސްޕޯޓިން ޑައިރެކްޓަރ ޑެކޯއާއިއެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ. ޒަވީ ބާސެލޯނާއާއި ހަވާލުވީ 2021 ވަނަ އަހަރުގެ ސީޒަންގެ މެދުތެރެއިންނެވެ. އެ ސީޒަންގައި ކާމިޔާބެއް ނުހޯދުނު ނަމަވެސް ޖެހިގެންއައި ސީޒަންގައި ޒަވީގެ އިރުޝާދުގެ ދަށުން ބާސާއިން ސްޕެނިޝް ލީގު ކާމިޔާބު ކުރިއެވެ. ނަމަވެސް މި […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސް އިން ބާއްވާ އާންމުންގެ ތަރުހީބު ބޮޑު ހަރަކާތް”އުރީދޫ ފަން ރަން“ އަންނަ ޖުލައި މަހު ލ.ގަމުގައި ބާއްވަން ނިންމައި ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ. އުރީދޫ ފަން ރަން ލާމު އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 05 ޖުލައި 2024 ގައެވެ. މިއީ މިއަހަރު ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތައްވެގެންދާނެއެވެ. މިގޮތުން މި އުފާވެރި ދުވުން، އުރީދޫ ފަން ރަން ލާމު އެޑިޝަންގައި ބައިވެރިވުމަށް http://ore.do/funrun2024 މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު […]
ޔުމްނާ ޢަލީ
ބޯކޮށް ވާރޭ ވެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ނެރެމުން އައި ރީނދޫ ސަމާލުގެ ދަރަޖަ، ހުދު ސަމާލަށް ބަދަލުކޮށްފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ސަމާލުގެ ދަރަޖަ ހުދު ސަމާލަށް ދަށްކޮށް، މި ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 20:00 އިން މިރޭ […]
ޔުމްނާ ޢަލީ
ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް ސަލްމާން ބިން އަބްދުލް އަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނަށް އަވަސް ޝިފާއަކަށް މިއަދު އެދިވަޑައިގެންފިއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިއްހަތާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. Deeply...
މުޙައްމަދު
އއ. ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު އިއްޔެ މަރުވެއްޖެއެވެ. ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވި އިރު، މިއަދު ކ. ފިހާޅޮހި ރިސޯޓުން ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފައެވެ. އެ ރިސޯޓުގައި މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ރަޝިއާ ފަތުރުވެރިއެކެވެ. ފުލުހުން ބުނީ އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއަކު ހަބަރު ހުސްވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:30 […]
މުޙައްމަދު