ޖޯޒީތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ތިން މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ބަޔަކު ވަގަށް ނަގައިގެން ޖޯޒީތަކެއް ގެންގުޅޭ މައްސަލައެއް މިއަދު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ވައްކަންކުރިކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިއަދު މެންދުރުފަހު 13:15 ހާއިރުއެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. ދާޚިލީ ސަލާމ...
ޔުމްނާ ޢަލީ
”ޢަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެކެވެ. ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނެވެ. އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަމެވެ. މާތް اللهގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ. އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް اللهއަށް މުނާޖާ ދެންނެވުމަށް ޓަކައެވެ. ޢަރަފާތު ދުވަހު ޢަރަފާތުގެ...
ޔުމްނާ ޢަލީ
ފްރީޒްކޮށްފައިވާ ރަޝިއާގެ އެސެޓްތައް ބޭނުންކޮށްގެން ޔޫކްރެއިނަށް 50 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖީ7 އިން އެއްބަސްވެއްޖެއެވެ. މި ލޯނަކީ ރަޝިޔާސިފައިންނާ ދެކޮޅަށް ޔޫކްރެއިންއިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅުމަށް އެހީތެރިވުމުގެ ގޮތުން ނަގާ ލޯނެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މި ނިންމުމުގެ ސަބަބުން ޖީ-7 ގެ ގައުމުތައް ޔޫކްރެއިންއާއެކު ސާބިތުކަމާއެކު ތިބިކަމުގެ ސާފު މ...
އަޙްމަދު ދާއޫދު
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 30 މީހަކު ޝަހީދުވެފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 37،232 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާގައި އިތުރު 85،037 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ސަލާމަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން އަދިވެސް ގިނަ ބަޔަކު […]
އަޙްމަދު ދާއޫދު
މި މަހުގެ 13 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 50 ވަނަ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޓަލީއަށް ވަޑައިގަންނަވައިފިއެވެ. ދުނިޔޭގެ ބޮޑެތި އިޤްޞާދީ ތަކުގެ ލީޑަރުން ބައިވެރި ވަޑައިގަންނަވާ ޖީ7 އައުޓްރީޗް ސަމިޓަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ މޯދީއަށް ދައުވަތު ދެއްވާފައެވެ. މޯދީގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ދެއްވި ހާއްސަ ބްރީފިންއެއްގައި ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވާތުރާ ވިދާޅުވީ އިޓަލީގެ ބޮޑުވަޒީރުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރ...
އަޙްމަދު ދާއޫދު
2023 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ އެޓާނީ ޖެނެރަލްގެ އޮފީހުގެ (ބަންޑާރަނައިބު އޮފީހުގެ) ވެބްސައިޓްގައި ޝާއިޢުކޮށްފިއެވެ. އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ހިނގަމުންމިދާ ވެރިކަމުގެ ފަސް އަހަރު ދުވ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި އަޅަން ނިންމާފައިވާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. ވަޒީރު ރާފިޢު މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ނިމުނު ގައުމީ ޗެސް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވަނީ ގިނަ ކުޅިވަރުތަކުގެ ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ފާހަގަ ކުރަށްވާފައެވެ. އަދި މިކަމަށް ހައްލެއް ހޯދ...
ޔުމްނާ ޢަލީ
އީދު ބަންދާއި ދިމާކޮށް އިތުރު ފްލައިޓްތަކެއް އަޅަން ޤައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ. މޯލްޑިވިއަނުން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު ފަސް މަންޒިލަކަށް ވަނީ އެޑިޝަނަލް ފްލައިޓް ޝެޑިއުލް ކޮށްފައެވެ. މިގޮތުން އެންމެ އުތުރުން ހއ.ހޯރަފުއްޓަށް ޖޫން 20 ވަނަ ދުވަހަށް ވަނީ ފްލައިޓެއް ޝެޑިއުލްކޮށްފައެވެ. އަދި ނ. މާފަރަށް 21 ޖޫން އަށް ވަނީ ފްލެއިޓެއް ޝެޑިއުލް ކޮށްފައެވެ. ޖޫން 20 ވަނަ ދުވަހަށް ރ. އިފުރަށް ވެސް ފްލައިޓެއް ޝެޑިއުލްކޮށްފައިވާއިރު، އެދުވަހަށް ކޫއްޑޫ އަދި […]
ޔުމްނާ ޢަލީ
އުރީދޫއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަޟްހާ އީދަށް ހާއްސަ އޮފާތަކެއް އިއުލާނުކޮށްފިއެވެ. މި އޮފާތައް އުރީދޫން ތައާރަފުކޮށްފައިވަނީ މި އުފާވެރި މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް، ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައްވެސް ހިމެނެއެވެ. ބޯނަސް ޑޭޓާ އޮފާއިން، ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ...
އަޙްމަދު ވަހީދު
މާލޭގައި ވަގު ވެހިކަލް ވިއްކާ ބޮޑު ނެޓުވޯކެއް ފުލުހުން އަތުލައިގެންފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނެޓުވޯކު ފަޅާއެރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ހުއްދައާއެކު ނޫނީ ނުވަދެވޭ ސަރަހައްދެއްގައި އޮއްވައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ވަގަށްނަގާފައިވަނިކޮށް އެ ހޯދުމުގެ ތެރޭގައެވެ. މި މައްސަލައިގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ އަހްމަދު ނިޒާމް, 43, މ. މޮޑަން ކޮމެޓް އަދި އެމްއޭސީއެލްގެ ސްޓާފެއް...
އަޙްމަދު ވަހީދު
ޔުއެފާ ޔޫރޯ 2024 އަށް އުރީދޫއިން ސޮނީ ލިވްއަށް ހާއްސަ ޕެކްތަކެއް އިއުލާނު ކޮށްފިއެވެ. އުރީދޫން ތައާރަފުކުރި ޕެކުތަކުގެ ތެރޭގައި އެންމެ 250 ރުފިޔާއަށް ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރިމިއަމް މެމްބަޝިޕްގެ އިތުރުން 100 ޖީބީ ހިލޭ ޑޭޓާ 30 ދުވަހުގެ ވެލިޑިޓީއާއެކު ލިބޭނެއެވެ. މި ހާއްސަ އޮފާގެ ސަބަބުން ކަސްޓާމަރުންނަށް ޑޭޓާ ލިމިޓްގެ ކަންބޮޑުވުމެއް ނެތި ސޮނީ ލިވްއިން ޔޫއެފާ ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށްސްޓްރީމް ކުރެވޭނެކަމަށް އުރީދޫން ބުންޏެވެ. ސޮނީ ލިވް ޕެކުތަކާއެކު ފުޓްބޯޅައަށް […]
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓްކުރުމަށް ސަރުކާރުން ޤާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. ޤާނޫނުއަސާސީގައި މިހާރު ބުނާގޮތުން ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެމެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަ...
ޔުމްނާ ޢަލީ
ލޯކަލް ކައުންސިލްތަކުގެ އިދާރާތައް އަލުން އިމާރާތް ކުރުމަށް 50 ރަށެއް ކަނޑައަޅައި އެރަށްތަކުގެ ނަންތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ރަށްކުގެ ނަންތައް ޢިއުލާންކޮށްފައިވާއިރު، މިއީ އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުގެ ދަށުން އަލ...
ޔުމްނާ ޢަލީ
އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީން އާންމުކޮށްފި އެވެ. މިއަދު އެ މިނިސްޓްރީން އާންމުކުރި ލިސްޓުގައި 58 ކުންފުންޏެއް ހިމެނެ އެވެ. ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަށް ހުއްދަދެނީ،މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލު ކަމަށްވާ “ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު”ގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށެވެ. ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހަށެވެ. އަދި އުމްރާއަށް މީހުން ގެ...
އަލީ އާދިލް
ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އައު ހާބަ ބޭސިންގެ 67 އިންސައްތަ މަސައްކަތް ވަނީ ނިިމިފައެވެ. މި މަޝްރޫއުގެ ދަށުން، 28,393 ކިއުބިކް މީޓަރުގެ ސަރަހައްދުގެ އައު ހާބަ ބޭސިން ފުންކުރުމާއި، 30,480 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 12,968 […]
އަޙްމަދު ވަހީދު
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ތުހުމަތުވާ މުހައްމަދު މަފާޒް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ […]
ހުސައިން ހަބީބް
މާލެ ސަރަހައްދުގެ ހަ ތަނެއްގައި މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް އަޟްހާ އީދުގައި މާލޭގެ 28 މިސްކިތެއްގެ އިތުރުން ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިންމާފައި ވަނީ މާލޭގެ އިސްލާމީ މަރުކަޒު، ކިންގް ސަލްމާން މިސްކިތް، މާފަންނު ސްޓޭޑިއަމް، ވިލިމާލެ ބޯޅަދަނޑު، ހުޅުމާލެ ފުރަތަމަ ފިޔަވަހި […]
މުޙައްމަދު
ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ ދިވެހި ހައްޖާޖީއަކު ރޭ ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ފާތިމަތު ހަފީޒާ، 80، އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހަފީޒާ ނިޔާވީ ރޭގެ ވަގުތެއްގައެވެ. ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލްހަރާމްގައި މިނިސްޓްރީން ބުންޏެވެ. ހަފީޒާގެ މަރާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ. މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1،150 މީހުން ހައްޖަށް ގޮސްފައިވެއެވެ.
މުޙައްމަދު