މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 744 ވަނަ ޞަފްޙާ

ޔުކްރެއިން މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ޔުކްރެއިން މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި މިރޭ ޔުކްރެއިންއާއި ސްލޮވާކިއާ ބައްދަލުކުރި މެޗުން، ޔުކްރެއިން މޮޅުވުމުން އެ ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. މިރޭ މެޗު ޔުކްރެއިން އިން ކާމިޔާބުކުރީ ސްލޮވާކިއާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ. މިރޭ މެޗުން ޔުކްރެއިން މޮޅުވުމުން ގްރޫޕް އީގައި ހިމެނޭ ހަތަރު ޓީމްގެ ތެރެއިން ތިން ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެ ޓީމްތަކަކީ ރޮމޭނިއާ، ޔުކްރެއިންގެ އިތުރުން ސްލޮވާކިއާއެވެ. […]

އިބްރާހިމް ޚަލީލް
ޕީއެންސީގެ ”ޕީއެންސީ ހައުސް“ މާދަމާ ރޭ ހުޅުވަނީ

ޕީއެންސީގެ ”ޕީއެންސީ ހައުސް“ މާދަމާ ރޭ ހުޅުވަނީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) މާދަމާ ރޭ (ހޮނިހިރު ދުވަހުގެ ރޭ) ހުޅުވާނެކަމަށް އެ ޕާޓީން ބުނެފިއެވެ. ޕީއެންސީން ބުނީ ނި ޖަގަހަ ހަދާފައި ވަނީ މާލޭގެ، ހ.ވެޔޮވިލާ ގައި ކަމަށެވެ. އެއީ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި އިމާރާތެވެ. މި ޖަގަހަ ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު ފެށޭނީ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. ޕީއެންސީން ބުނިގޮތުގައި މި […]

ޔުމްނާ ޢަލީ
ޒުވާނަކު ގެއްލިގެން ހޯދުމަށް އާންމުންގެ އެހީތެރިކަަމަށް އެދިއްޖެ

ޒުވާނަކު ގެއްލިގެން ހޯދުމަށް އާންމުންގެ އެހީތެރިކަަމަށް އެދިއްޖެ

ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ، އަޙްމަދު ޢިޔާޝް ވަސީމްގެ ޢާއިލާ އަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު […]

ޔުމްނާ ޢަލީ
މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން މިއަހަރު 21 މައްސަލައެއް

މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން މިއަހަރު 21 މައްސަލައެއް

މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން މިއަހަރު މިހާތަނަށް ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 21 އަށް އަރައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މި އަހަރުގެ މިހާތަނަށް 21 މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ. މި މައްސަލަތަކުގައި ހިމެނޭ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއް ހޯދައި ވަނީ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން މިއަހަރު މިހާތަނަށް 21 މައްސަލައެއް ހުށަހެޅިފައިވާ ކަމ...

ޔުމްނާ ޢަލީ
އީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ނަގައިފި

އީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ނަގައިފި

މާލޭގެ އީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ނަގައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ރޭގައި އީދު މިސްކިތުން ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ. ރޭގައި އެ މިސްކިތުން ވަގަށް ނެގީ ކިތައް ފަންކާ ކަމެއް ސިޓީ ކައުންސިލުން ނުބުނެއެވެ. ނަމަވެސް އެ މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މި […]

ޔުމްނާ ޢަލީ
ކެނަޑާ ބަލިކޮށް ޗެމްޕިއަން އާޖެންޓީނާއިން ފެށުން ރަނގަޅުކޮށްފި

ކެނަޑާ ބަލިކޮށް ޗެމްޕިއަން އާޖެންޓީނާއިން ފެށުން ރަނގަޅުކޮށްފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް 2024، ގެ ފުރަތަމަ މެޗުގައި ޗެމްޕިއަން އާޖެންޓީނާއިން ކެނަޑާ ބަލިކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ މުބާރާތް ހުޅުވި މެޗުގައި 2-0 ގެ ނެތީޖާއިން އާޖެންޓީނާއިން ވަނީ ކެނަޑާ ބަލިކޮށްފައެވެ. މި މެޗުގައި އާޖެންޓީނާއިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގައި އާޖެންޓީނާއިން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވީ، މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ކެނަޑާގެ ކީޕަރ މެކްސިމް ކްރެޕައު އެވެ. ކައުންޓަ އެޓޭކެއްގައި […]

އިބްރާހިމް ޚަލީލް
ބޮޑު އީދު އުރީދޫން ފާހަގަކުރީ ބޮޑުކޮށް

ބޮޑު އީދު އުރީދޫން ފާހަގަކުރީ ބޮޑުކޮށް

ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ރަށްރަށާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އުރީދޫން ބުނީ، އީދުގެ އުފަލުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތުގައި ހަރަކާތްތައް ރޭވުމުގެ އަމާޒުގައި ކުރެވުނު ކަންކަން ކަަމަށެވެ. އުރީދޫން މި އީދުގައި ހިންގި ހަރަކާތްތައް: އުރީދޫ އީދު ހަދިޔާ އުރީދޫ ޓީމުން ވަނީ އީދު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް ހަދިޔާ ބަހައިފައެވެ. އެންސީއޭ ބޮޑު އީދު 1445 އުރީދޫ އާއި ނޭޝަނަލް ސެންޓާ […]

އަޙްމަދު ވަހީދު
އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް

އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާއި ސްޕެއިން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް، ދެވަނަ ބުރުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފަހިކޮށްފައެވެ. މެޗުގެ ވަރަށް ކުރީކޮޅު އިޓަލީގެ އޭރިއާ ތެރެއިން ތަނަވަސްވީ ފުރުސަތެއްގައި ސްޕެއިންގެ މިޑްފީލްޑަރ ޕެޑްރީ ގޮންޒާލޭޒް ބޮލުން ޖެހި ބޯޅަ އިޓަލީގެ […]

އިބްރާހިމް ޚަލީލް
ކުޑަކުދިންނަށް ކުރާ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް އީޔޫއިން "ޗެޓް ކޮންޓްރޯލް" ގާނޫނެއް ހުށަހަޅައިފި

ކުޑަކުދިންނަށް ކުރާ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް އީޔޫއިން "ޗެޓް ކޮންޓްރޯލް" ގާނޫނެއް ހުށަހަޅައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ޑިޖިޓަލް މެޓީރިއަލް އާ ދެކޮޅަ ށް މަސައްކަތް ކުރުމުގެ މަގްސަދުގައި ޔޫރަޕިއަން ޔޫނިއަން އިން “ޗެޓް ކޮންޓްރޯލް” ގާނޫނުގެ ނަމުގައި އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. ނަމަވެސް މި ފިޔަވަޅުގެ ސަބަބުން ޕްރައިވެސީ އާއި ޑިޖިޓަލް ހައްގުތަކާ މެދު ވަނީ ވަރުގަދަ ބަހުސެއް އުފެދިފައެވެ. މި ގާނޫނުގެ ދަށުން އީޔޫގައި އޮޕަރޭޓްކުރާ މެސެޖިން ޕްލެޓްފޯމްތަކުން އެންޑް-ޓު-އެންޑް އެންކްރިޕްޝަން އިން ހިމާޔަތްކޮށްފައިވާ މެސެޖްތައް ހިމެނޭ ގޮތަށް ހުރިހާ މެސެޖެއް ސްކޭން ކުރަން ޖެހެއެވެ. މިކަމުގެ ސ...

އަޙްމަދު ދާއޫދު
ޗައިނާގެ ކޯސްޓްގާޑު ސިފައިންނަކީ ކަނޑުފޭރޭ ބައެއްގެ ގޮތުގައި ފިލިޕީންސުން ސިފަކޮށްފި

ޗައިނާގެ ކޯސްޓްގާޑު ސިފައިންނަކީ ކަނޑުފޭރޭ ބައެއްގެ ގޮތުގައި ފިލިޕީންސުން ސިފަކޮށްފި

ދެކުނު ޗައިނާ ކަނޑުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ފިލިޕީންސާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އިތުރުވެ ޗައިނާގެ ކޯސްޓްގާޑު ސިފައިންނަކީ ކަނޑުފޭރޭ ބައެއްގެ ގޮތުގައި ފިލިޕީންސުން ސިފަކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު ސެކަންޑް ތޯމަސް ޝޯލް ކައިރީގައި ހިނގި މި ހާދިސާގައި ފިލިޕީންސްގެ ސިފައިންނާ ޗައިނާގެ ކޯސްޓްގާޑުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފިލިޕީންސްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ޗައިނާގެ ކޯސްޓްގާޑުގެ އުޅަނދުތަކުން ފިލިޕީންސްގެ ބޯޓުތަކަށް ހަތިޔާރާއެކު އ...

އަޙްމަދު ދާއޫދު
ވިހަ އެކުލެވިގެންވާ ބަނގުރާ ބުއިމުގެ ސަބަބުން އިންޑިއާގައި 34 މީހުން މަރުވެއްޖެ

ވިހަ އެކުލެވިގެންވާ ބަނގުރާ ބުއިމުގެ ސަބަބުން އިންޑިއާގައި 34 މީހުން މަރުވެއްޖެ

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގައި ވިހަ އެކުލެވިގެންވާ ބަނގުރާ ބުއިމުގެ ސަބަބުން 34 މީހުން މަރުވެއްޖެ އެވެ. މިއީ އަންގާރަ ދުވަހުގެ ރޭ ކަލާކުރުޗީ ޑިސްޓްރިކްޓްގައި ހިނގި ހާދިސާއެކެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ “ބޫޓްލެގް ރާ” (އަމިއްލައަށް އުފައްދާ ބަނގުރާ) ޕެކެޓުކޮށްގެން ގަވައިދާ ހިލާފަށް އިންޑިއާގައި ވިއްކުން އާއްމުވަމުންދާއިރު، އެ ބޯ މީހުންނަށް ބޮލުގައި ރިއްސުމާއި، ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ދަނީ ކުރިމަތިވަމުންނެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި ގާތްގަނޑަކަށް 8...

އަޙްމަދު ދާއޫދު
ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެ

ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެ

ހދ. ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެރަށު ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ރޭ 9:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ އުމުރުން 32 އަހަރުގެ ފިރިހެނަކަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައިވާ ކަމަށް ވެސް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފ...

މުޙައްމަދު
''ހިލޭ ގެއެއް ދޭކަށް ނޫނީ ފްލެޓެއް ދޭން މީހަކު ނުގުޅާނެ''

''ހިލޭ ގެއެއް ދޭކަށް ނޫނީ ފްލެޓެއް ދޭން މީހަކު ނުގުޅާނެ''

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ބޮޑުވެފައިވާއިރު، ރައްޔިތުން ހޭލުންތެރިވެ އެ ކަމަށް ހާއްސަ ސަމާލުކަމެއްދޭންޖެހޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ. އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ”އަސްލު” ޓީވީގެ ”ބާބު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާން ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ބޮޑުވެފައިވާއިރު މިފަދަ ބައެއް ކޯލުތައް ޖަލުތެރެއިން ވެސް އާދެއެވެ. އެކަން ހައްލު...

ޔުމްނާ ޢަލީ
މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށް ކުރިމަތިލީ ޕީއެންސީ އާއި އެމްޑީޕީން

މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށް ކުރިމަތިލީ ޕީއެންސީ އާއި އެމްޑީޕީން

މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީ އާއި ޕީއެންސީން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ބާއްވަން ނިންމާފައި ވަނީ މައްޗަންގޮޅި މެދު ދާއިރާއާއި ހެންވޭރު ހުޅަނގު ދާއިރާ އަދި ހުޅުމާލެ ދާއިރާ އަށް ކައުންސިލަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނެވެ. މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. މައްޗަންގޮޅި މެދު ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރަނީ ފާތިމަތު […]

މުޙައްމަދު
ވޯލްޑް ބޭންކުން ރާއްޖެއަށް އާ ކަންޓްރީ ޑައިރެކްޓަރެއް ކަނޑައަޅައިފި

ވޯލްޑް ބޭންކުން ރާއްޖެއަށް އާ ކަންޓްރީ ޑައިރެކްޓަރެއް ކަނޑައަޅައިފި

ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް އާ ކަންޓްރީ ޑައިރެކްޓަރެއް ހަމަޖައްސައިފިއެވެ. އެ މަގާމަށް ހަމަޖައްސާފައި ވަނީ ޑޭވިޑް ސިސްލަންއެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ ފާރިސް ހަދާދް ޒާވޯސްއެވެ. ވޯލްޑް ބޭންކުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސިސްލެން މި މަގާމާ ހަވާލުވާނީ އަންނަ މަހުގެ 1 އިން ފެށިގެން ކަމަށެވެ. ފާރިސް ހަދާދު ޒާރްވޮސް ވޯލްޑް ބޭންކުގެ އެހެން މަގާމަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ […]

މުޙައްމަދު
ހައްޖު އޮޕަރޭޝަން ކާމިޔާބު، އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި: ޝަހީމް

ހައްޖު އޮޕަރޭޝަން ކާމިޔާބު، އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި: ޝަހީމް

މި އަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި އަންނަ އަހަރު ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިއިރު، އެކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ. މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން 1،150 ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިޔައެވެ. އެ ހައްޖުވެރިންނާ އެކުގައި ޝަހީމްގެ އިތުރުން ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވެސް […]

މުޙައްމަދު
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ނުހިއްކާ އޮތް ސަރަހައްދު ހިއްކަން މި މަހު ފަށަނީ

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ނުހިއްކާ އޮތް ސަރަހައްދު ހިއްކަން މި މަހު ފަށަނީ

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގައި މިހާރު ނުހިއްކާ އޮތް ސަރަހައްދުގެ މަސައްކަތް މިމަހު ފަށާނެކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ. ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރަނީ 3 އޭރިއާއަކަށް ބަހާލައިގެންނެވެ. ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން ‘ސައިޓް އޭ”ގައި 10 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ. އަދި “ސައިޓް ބީ”ގައި 13 […]

އަޙްމަދު ވަހީދު
މުސްލިމުންގެ ސަގާފަތް ފޮހެލަން ޗައިނާއިން އެތައް ސަތޭކަ ވިލެޖެއްގެ ނަންތައް ބަދަލުކުރިކަމުގެ ތުހުމަތު

މުސްލިމުންގެ ސަގާފަތް ފޮހެލަން ޗައިނާއިން އެތައް ސަތޭކަ ވިލެޖެއްގެ ނަންތައް ބަދަލުކުރިކަމުގެ ތުހުމަތު

އުއިގޫރު މުސްލިމުންގެ ސަގާފަތާއި އައިޑެންޓިޓީ ފޮހެލުމުގެ ގޮތުން ޗައިނާއިން ޝިންޖިއާން ސަރަހައްދުގެ އެތައް ސަތޭކަ އަވަށެއްގެ ނަން ބަދަލުކުރި ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ތުހުމަތުކޮށްފި އެވެ. އެ ޖަމާއަތުން ނެރުނު ރިޕޯޓެއްގައި ވާގޮތުން 2009 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 630 އަވަށެއްގެ ނަމުން އުއިގޫރު ދީނާއި ތާރީހާއި ސަގާފަތާ ގުޅުން ހުރި ލަފުޒުތައް އުނިކޮށްފައިވެ އެވެ. ޗައިނާގެ އަމިއްލަ އަށް ޝާއިއުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބިނާކޮށް […]

އަޙްމަދު ދާއޫދު