ބަންގްލަދޭޝްގައި ހަރުފަތައް އިތުރުވެ، ހަރުފަ ދަތްއެޅުމުގެ ހާދިސާތަކުގައި އިންސާނުންނަށް ލިބޭ ނުރައްކާތައްވަނީ އިންތިހާއަށް އިތުރުވެފައެވެ. އެހެންކަމުން އެގައުމުގެ ހެލްތްމިނިސްޓަރ ސަމަންތާ ލާލް ސެން ވެސް ވަނީ ހަރުފަގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުން ވީއެންމެ އަވަހަކަށް ހޮސްޕިޓަލްތަކަށް ގެނައުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި ހުރިހާ ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް އެންޓި-ވެނަމް ބޭސް އެތެރެ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ހެލްތްމިނިސްޓްރީން ވަނީ އެގައުމ...
އަޙްމަދު ދާއޫދު
ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ރޭ ތުރުކީއާއި ޕޯޗުގަލް ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުރާތުގެ ދެވަނަ ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. ރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ޕޯޗުގަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއި އެކުއެވެ. ފުރަތަމަ ލަނޑު 21 ވަނަ […]
އިބްރާހިމް ޚަލީލް
ގދ. ފިޔޯރީން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ. ފުލުހުން ބުނީ އެ ކުއްޖާ މިހާރު ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ. މިކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުންނާއި ރައްޔިތުން ގުޅިގެން ހޯދުމުގެ މަސައްކަތް ކޮށްފައި ވަނީ، އެރަށު ފިނިވިލާގެ، މަރިޔަމް މީނާލް މުޙައްމަދު އެވެ. ފިޔޯރީން އަށް އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ ”ފިޔޯރީ އެމްވީ” ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި […]
ޔުމްނާ ޢަލީ
ގދ. ފިޔޯރީން އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން މިއަދު ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ ފިޔޯރީން އަށް އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން މިރޭ 19:08 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކުއްޖާ އެންމެފަހުން ފެނިފައި ވަނި ހަވީރު 17:00 ހާއިރު ގެއިން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. […]
ޔުމްނާ ޢަލީ
ބުރަފަތި މައްސަލަޖެހި ހާލުގައި ޖެހުނު ލޯންޗެއް ސަލާމަތްކޮށްފިއެވެ. ނ.އަތޮޅުން ފުރައިގެން ށ.އަތޮޅަށް ދަތުރުކުރި ށ.ފުނަދޫ ފަޒާ ސްޕީޑް ލޯންޗްގެ ބުރަފަތި މައްސަލަޖެހި ބޮމަސްދޫ ކައިރިއަށް ހުއްޓި ހާލުގައި ޖެހިފައި ވަނިކޮށް ށ.އަތޮޅު ފުލުހުން ވަނީ އެ ލޯންޗައް އެހީތެރިކަން ފޯރުކޮށްދީ އެ މީހުން ސަލާމަތްކޮށްފައެވެ. އެ ލޯންޗުގައި ހަތަރު ފަސިންޖަރުން ދަތުރުކުރިއިރު، އޭގެތެރޭގައި ތިން ކުޑަކުދިންނާއި އަންހެނަކު ހިމެނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާއިރު، މިހާރު އެ މީހުން ވަނީ ށ.ފުނަދ...
އިބްރާހިމް ޚަލީލް
އީދު ކުޅިވަރު ކުޅެން ރ. މީދޫ އަށް ދިޔަ އަންހެނަކު އެރަށު މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ރ. މީދޫގައި އީދު ޝޯވ ދޭން ތިބި ގްރޫޕެއްގެ އަންހެން މެންބަރެއް އެރަށު މިސްކިތެއްގައި ”ޓިކްޓޮކް” ކުޅުނު މައްސަލަ އެއް އެ އިދާރާއިން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަހަރު ވަރަށް ކުލަގަދަކޮށް އީދު ފާހަގަކޮށްފައިވާއިރު، މީދޫ […]
ޔުމްނާ ޢަލީ
މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ސައިކަލެއް ކަހާލައިގެން ހިނގި ހާދިސާއެއްގައި މީހަކު މަރުވެއްޖެއެވެ. ފުލުހުން ބުނީ ބްރިޖު ހައިވޭގައި މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 06:40 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި...
މުޙައްމަދު
މާލެ އިން ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމުގައި ފުލުހުން މިއަދު ބުނެފިއެވެ. ގެއްލިގެން ހޯދަނީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު އިޔާޝް ވަސީމް (24އ) އެވެ. ފުލުހުން ބުނީ އިޔާޝް އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އިޔާޝް އެންމެ ފަހުން ފެނިފައި ވަނީ ޖޫން 14 ވަނަ ދުވަހު ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ. އިޔާޝްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ […]
މުޙައްމަދު
ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ރޭ ނެދަލެންޑްސްއާއި ފްރާންސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ގްރޫޕް ސްޓޭޖްގައި ފްރާންސާއި އޮސްޓްރިއާ ބައްދަލުކޮށް ފްރާންސް މޮޅުވި މެޗުގައި އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ބަދަލުކުރިއެވެ. އަނިޔާއިން މުޅިން ސަލާމަތް ނުވިނަމަވެސް މާސްކް ބޭނުން ކޮށްގެން އެމްބާޕޭއަށް ރޭގެ މެޗުގައި ކުޅެވޭނެކަމަށް ފްރާންސްގެ މެޑިކަލް ޓީމުން ކަށަވަރު ކޮށްދިނުމާއިއެކު، ރޭ މެޗަށް ފްރާންސުން [...
އިބްރާހިމް ޚަލީލް
ހދ. ހަނިމާދޫ ޒުވާނުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ، އެރަށުގެ ކުޅިވަރަށް ޚިދުމަތް ކުރަމުން އަންނަ، އަހްމަދު ޖަލީލު (ޖައްލެ) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި ޖައްލެ މިއަދު ނިދާ ނުތެދުވެގެން ބެލިއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެހެންވެ އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީއެވެ. ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ޖައްލެ ނިޔާވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. ”ޖައްލެގެ ބޮޑު ބައްޔެއް ހުންނަކަން އިނގިފައެއްނެތް، ރޭގައި ބަނޑަށް ވައިގަނޑެއް އަރަ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހާއި އާދިއްތަ އަދި ހޯމަ ދުވަހު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި އެ ސަރަޙައްދުތަކަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ […]
މުޙައްމަދު
މީސްމީޑިއާގައި މީހަކު އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މީސްމީޑިއާގެ އެކްސްގައި މީހަކު ވަނީ އިސްލާމްދީނުގެ މަތިވެރި އެއް އަޅުކަން، އިސްލާމް ދީނުގެ ފަސް ވަނަ ރުކުން ކަމަށްވާ ޙައްޖުގެ އަޅުކަމަށް ނިސްބަތްކޮށް ޖޯކުޖަހައި ޕޯސްޓެއް ކޮށްފައެވެ. އެމީހާ އެ ޕޯސްޓް ކުރީ ޔޯގާ އަށް ތާއީދުކޮށް، އިސްލާމްދީނަށް ފުރައްސާރަކޮށެވެ. މި ޕޯސްޓްގެ މައްސަލަ ފެންމަތިވެފައިވާއިރު، އެ މިހާއާއި ނިސްބަތްކޮށް ގިނަބަޔަކު އަންނަނީ މީސްމީޑިއާގައި ނުރުހުންފާޅު ކުރަމުންނެވެ. އެ...
ޔުމްނާ ޢަލީ
އައްޑޫ ސިޓީގެ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިންތަކެއް މުޒާހަރާ ކުރަމުން އެބަދެއެވެ. ފުލުހުން ބުނީ ހުޅުމީދޫ މިފްކޯ ބަނދަރުގައި 80 ވަރަކަށް މަސްވެރިން މުޒާހަރާކުރަމުން އަންނަކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި މުޒާހަރާގެ ބައިވެރިންނަށް އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެނަމަ މަސްފެކްޓްރީގެ ހުރިހާ ސީނައަރ މުވައްޒަފުން އެތަނުން ބޭރުކުރާނެ ކަމަށް އެމީހުންގެ ތެރެއިން ބަޔަކު ބުނެފައިވާ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އެދެވޭ ޖަވާބެއް ނުލިބޭނަމަ އެތަނުގެ ބަދިގޭގައި ކެ...
ޔުމްނާ ޢަލީ
ސޯމާލިޔާ ބަޔަކާއެކު ފަޅު ރަށަކަށް ޑިންގީއެއް ލައްގައިފިއެވެ. ފުލުހުން ބުނިގޮތުގައި ސޯމާލިޔާ ބަޔަކާއެކު ޑިންގީ އެއް ލައްގާފައި ވަނީ ނ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ވަވަތި އަށެވެ. އެ ޑިންގީގައި ސޯމާލިޔާގެ ތިން މީހަކު ތިބިކަމަށް ވެސް ފުލުހުން ބުނެއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.
ޔުމްނާ ޢަލީ
ބޮޑު ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މުޅި ރަންވޭ ބޭނުންކުރަން ހުޅުވާލަން ނިންމާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް (އާރުސީއެލް) އިން ބުނެފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން 2460 މީޓަރުގެ ރަންވޭ އެއް ތަރައްގީކޮށްފައިވާއިރު މިވަގުތު ބޭނުން ކުރަމުން އަންނަނީ އޭގެ ތެރެއިން 1200 މީޓަރެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އާރުސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވި...
ޔުމްނާ ޢަލީ
އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ފިޔަވަޅުތައް އެޅުމުގެ މާކުރިން ޓިކްޓޮކް އިން އެމެރިކާގެ ސަރުކާރަށް “ކިލް ސްވިޗެއް” ހުށަހެޅިކަން އެޕްލެޓްފޯމުން ކަށަވަރުކޮށްދީފިއެވެ. ޓިކްޓޮކުން ވަނީ 2022 ވަނަ އަހަރު އެމެރިކާގެ ސަރުކާރަށް “ކިލް ސްވިޗެއް” ހުށަހަޅައި، ޑޭޓާ ޕްރޮޓެކްޝަންގެ ބައެއް ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ އެ ޕްލެޓްފޯމް ބަންދުކުރުމުގެ ފުރުސަތު ކަމާ ބެހޭ ފަރާތްތަކަށް ދީފައިވާ ކަމަށް ބުނެފަ އެވެ. މިކަން ހާމަވެފައިމިވަނީ ޓިކްޓޮކް އާއި އެކުންފުނީގެ ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް އިން އެމ...
އަޙްމަދު ދާއޫދު
އިސްރާއީލު ސިފައިން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތައް ވަރުގަދަކޮށް، ހުކުރު ދުވަހު ދިން ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ، ވަށާލާފައިވާ ސަރަހައްދުގައި މިހާރުވެސް އޮތް އިންސާނީ ހާލަތު އިތުރަށް ގޯސްވެއްޖެއެވެ. އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި 30 މީހުންގެ ހަށިގަނޑު ހުކުރު ދުވަހު ޣައްޒާ ސިޓީގެ އަލްއަހްލީ އަރަބި ހޮސްޕިޓަލަށް ގޮސްފައިވާއިރު، ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ “އުނދަގޫ އަދި އަނިޔާވެރި ދުވަހެއް”ގެ ގޮތުގައި ހުކުރުދުވަސް ވެގެން ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. ޣައްޒާގެ...
އަޙްމަދު ދާއޫދު
ޔޫރޯ 2024 ގައި އޮސްޓްރިއާއާ ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗުގެ އޮންލައިން ބްރޯޑްކާސްޓަށް ހެކަރުންގެ ހަމަލާއެއް އަމާޒުވެއްޖެއެވެ. މިއީ މިފަހަރުގެ ޔޫރޯ މުބާރާތުގެ ތެރެއިން ޕޮލެންޑްގެ ފުޓްބޯޅަ ޓީމަށް އަމާޒުކޮށް ދިން ދެވަނަ ސައިބާ ހަމަލާ ކަމަށް އެ ގައުމުގެ ދައުލަތުގެ ބްރޯޑްކާސްޓަރު ވަނީ ބުނެފައެވެ. މިގޮތުން ބްރޯޑްކާސްޓަރު ޓީވީޕީން ބުނީ ފުރަތަމަ ޗެކްތަކުން އެނގުނު ގޮތުގައި ހެކަރުން ޑިސްޓްރިބިއުޓެޑް ޑިނައިލް އޮފް ސާވިސް (ޑީޑީއޯއެސް) ހަމަލާއެއް ދޭން ފަށާފައިވާ ކަމަށާއި އޭގެ ސަބަބުން ގިނަ އަދަދެއްގެ […]
އަޙްމަދު ދާއޫދު