ރާއްޖެ އަށް ހަތިޔާރު ގެނައުމަށް މީހަކު ނިޔަތް ގަނެފި ނަމަ، ހަތިޔާރު ވެސް ގެނެވޭ ގޮތަށް އެ މަގު ހުޅުވާލެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނި ކަމަށް ދޭހަވާ ގޮތަށް ނޫސްތަކުގައި ހަބަރު ޖަހާފައި ވަނީ މަފްހޫމް އޮޅޭ ގޮތަށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ކަމަށް ކަސްޓަމުން ބުނެފިއެވެ. ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް ހަމްދޫން ވިދާޅުވީ ކަސްޓަމްސްގެ […]
މުޙައްމަދު
ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ. އުމުރުން 25 އަހަރުގެ އެމްބާޕޭ ރެއާލަށް ބަދަލުވެފައި މިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ކުރިން ކުޅުނު ފްރާންސްގެ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައި ވަނީ މިދިޔަ ސީޒަންގެ ނިޔަލަށެވެ. ވުމާއިއެކު އޭނާ ރެއާލަށް ބަދަލުވެފައި މިވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. މިދިޔަ ޖޫންމަހު އެމްބާޕޭ ރެއާލަށް ބަދަލުވުމުގެ ހުރިހާކަމެއް ނިންމި ނަމަވެސް ރެއާ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވެސް ހާޒިރުވެވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އޭނާ އެންމެ ފުރަތަމަ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އެންގެވީ މިދިޔަ ހަފްތާގައެވެ. އެކަމަކު، އެ ބައްދަލުވުން ކުއްލި ގޮތަކަށް ފަސް ކުރީ، ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެޖެނ...
މުޙައްމަދު
ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ އަދި ކުންފުންޏަށް ގެއްލުންވާގޮތަށް ހަވާލުކޮށްފައިވާ ދެ ޕްރޮޖެކްޓެއް ބާތިލްކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. ޕީއެންސީގެ ޖަލްސާއެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ހަވާލުކުރި ބައެއް މަސައްކަތްތައް ރެކޯޑް ނުކުރެވިހުރި ކަމަށެވެ. އަދި އެ ފައިސާ ނުދީގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ފެނަކައިން ހިންގި ޚިޔާނަތްތަކުގެ ތަފްޞީލު ރައްޔިތުންނަށް ފެންނަން އެބައޮތް ކަމަށެވެ. ނިމިދިޔަ ސަރު...
އަޙްމަދު ވަހީދު
ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެއެވެ. މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވާތީ، އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ކަނޑުމަސް ލިބުން ދަތިވެފައި ވަނީ މި ދުވަސްވަރު މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ. “މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މ...
އަޙްމަދު ވަހީދު
ށ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ އެޓްމޮސްފިޔަރ ފައުންޑޭޝަންއާއި ގޮއިދޫ ކައުންސިލް ގުޅިގެން މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މި ކޯހުގެ ނިންމުމުގެ ހަފްލާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާފައިވާއިރު، މި ހަފްލާގައި އެޓްމޮސްފިޔަރ ފައުންޑޭޝަންގެ ނާއިބް ރައީސް ޢަބްދުލް އަޒީޒު ވަނީ ބައިވެރިވެލައްވާފައެވެ. މި ކޯސް ފުރިހަމަކޮށް ގޮއިދޫގެ 14 ކަނބަލަކު […]
އިބްރާހިމް ޚަލީލް
ހދ. ކުރިނބީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަޝްރޫއުގެ ދަށުން އައު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ މިހާތަނަށް ވަނީ ފުރިހަމަކޮށް...
އަޙްމަދު ވަހީދު
ސްވިޒަލެންޑްގެ ކުޅަދާނަ އެޓޭކިން މިޑްފީލްޑަރ ޒެރްޑަން ޝަކީރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ޖަރުމަނުގެ ބަޔާން މިއުނިކަށާއި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ވެސް ކުޅުނު އުމުރުން 32 އަހަރުގެ ޝަކީރީ އޭނާ ގައުމީ ޓީމުން ރިޓަޔަރ ކުރަން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އިންސްޓްގްރާމްގައި ކުރި ޕޯސްޓްއް މެދުވެރިކޮށެވެ. ކްލަބް ފުޓްބޯޅައިގައި ވެސް މޮޅަށްކުޅޭ ޝަކީރީ އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ގައުމީ ޓީމުގައި ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. 2010 ވަނަ […]
އިބްރާހިމް ޚަލީލް
ތަމްރީނެއްގައި ބައިވެރިވުމަށް 20 އިމާމުން މިރޭ ބުރޫނާއީ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ ބުރޫނާއީ ދާރުއްސަލާމަށް 20 އިމާމުން ފުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ. އިސްލާމިކް މިނިސްޓަރު ވަނީ މި އިމާމުންނާ މިއަދު ބައްދަލު ކުރައްވައިފައެވެ. މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ ތިން ވަނަ ފަހަރެވެ. މިގޮތުން މިއަހަރު 60 އިމާމުންވަނީ […]
މުޙައްމަދު
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އެމެރިކާ އާއި ޗައިނާއިން ޑްރޯން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ އެމެރިކާ އާއި ޗައިނާ ސަރުކާރުގެ ފަރާތުން ޑްރޯން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުފަހަރު މޮނިޓާ ކުރުމަށް އެމްއެންޑީއެފް އާއި އެއިދާރާއާއި ގުޅިގެން އެ ޑްރޯންތައް ބޭނުން ކުރާނ...
ޔުމްނާ ޢަލީ
މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފިއެވެ. ފުލުހުން ބުނިގޮތުގައި، މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށްނެގި މައްސަލައެއް އެ އިދާރާ އަށް ވަނީ ހުށަހެޅިފައެވެ. އިއްޔެ ރިޕޯޓުކުރި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރުނުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވިޔަފާރިވެރިންގެ މިސްކިތް ހިމެނޭހެން މާލޭގެ މިސްކިތްތަކުން ވައްކަންކުރުން ވަނީ އާންމުވެފައެވެ. މިގޮތުން ވިޔަފާރިވެރިންގެ މިސްކިތުން ވެސް އެހެން ބައެއް މިސްކިތްތަކުން ވެސް ފައިވާން ވ...
ޔުމްނާ ޢަލީ
ޒަކާތު ފަންޑުން ޖޫންމަހު 107 މީހަކަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ ދީފިއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ޖޫން 2024ގެ ތަފާސް ހިސާބު ރިޕޯޓު އިއްޔެ އާންމުކޮށްފައިވާއިރު، ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޒަކާތު ފަންޑުން ޖޫން މަހު ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި، 107 މީހަކަށް ޖުމްލަ 870957 ރުފިޔާގެ އެހީ ވަނީ ދީފައެވެ. މި އެހީ ދީފައިވާ ފަރުވާގެ ތެރޭގައި ތަފާތު ބޮޑެތި ހަތަރު ބައްޔަކަށް ފަރުވާ […]
ޙުސައިން ޝަހުދީ
ސްކުއެއަރސްޕޭސް ވެބް ހޯސްޓިންގ ޕްރޮވައިޑަރގައި ރަޖިސްޓްރީކޮށްފައިވާ ގިނަ އަދަދެއްގެ ކްރިޕްޓޯކަރަންސީ ޕްރޮޖެކްޓްތަކަކަށް ހެކަރުން އަމާޒުކޮށް، ޑީއެންއެސް ހައިޖެކިންގ ހަމަލާއެއް ދީފިއެވެ. މި ހަމަލާގެ މަޤްޞަދަކީ އެ ޕްރޮޖެކްޓްތަކުގެ ބޭނުންކުރާ ފަރާތްތަކުގެ ފައިސާ ވަގަށް ނެގުމެވެ. ޑީއެންއެސް ހައިޖެކިންގ ނުވަތަ ޑީއެންއެސް ރީޑައިރެކްޝަންއަކީ އިންޓަނެޓް ޓްރެފިކް އޮޅުވާލުމަށް ޑޮމެއިން ނޭމް ސިސްޓަމް (ޑީއެންއެސް) އަށް ބަދަލު ގެނައުމަށް ހެކަރުން ކުރާ ސައިބަރ ހަމަލާއެކެވެ. މިކަން ކުރެވެނީ ޝިކާރައަކަށްވާ ފަރާތ...
އަޙްމަދު ދާއޫދު
ޣައްޒާގެ މެދުތެރޭގައިވާ އދ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އިތުރުވެއްޖެކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ބުނެފިއެވެ. އާދީއްތަ ދުވަހު ނުސެއިރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ އދގެ ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އޭޖެންސީ (އަންރުވާ) ހިންގާ އަބޫ އޮރެއިބާން ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އިތުރުން 102 މީހުން ޒަޚަމްވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެބަޔާނުގައި ވާގޮތުން މި ހަމަލާގައި […]
އަޙްމަދު ދާއޫދު
ޔޫއެންގެ ފަލަސްތީނު ރެފިއުޖީންނާބެހޭ އޭޖެންސީ (އަންރުވާ) “ޓެރަރިސްޓް ޖަމާއަތެއް” ގެ ގޮތުގައި ސިފަކުރުމަށް ކުރެވޭ މަސައްކަތްތައް އީޔޫއިން ބަލައިނުގަތުމަށް ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ އީޔޫގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ޖޮސެޕް ބޮރެލްއެވެ. ޖޯޑަން-އީޔޫ އެސޯސިއޭޝަން ކައުންސިލްގެ 15 ވަނަ ބައްދަލުވުމުގެ ތެރެއިން، ޖޯޑަންގެ ބޭރު ވަޒީރު އައިމަން ސަފަދީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮރެލް ވިދާޅުވީ އަންރުވާ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރުމަށް ކުރެވޭ އެއްވެސް މަސައްކަ...
އަޙްމަދު ދާއޫދު
ދެމިއޮންނަނިވި އާޚިރަތުގެ މައްޗަށް ތިޔަބައިމީހުން މި ފަނާވެދަނިވި ދުނިޔެއަށް އިސްކަން ދެމުއެވެ. ފަހެ، ތިޔަބައިމީހުން ދުނިޔެއާއިގެން މަޝްޣޫލުވަމުއެވެ. އަދި އާޚިރަތް ހަނދާން ނައްތާލަމުއެވެ. ދުނިޔެއަށް ވުރެ އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިއޮތުން ބޮޑުވެގެންވާ ޙާލުގައެވެ. ދުނިޔެއަކީ ފަނާވެދާނޭ ތަނަކަށް ވެފައި، އާޚިރަތަކީ އަބަދަށް ދެމިއޮންނާނެ ތަނަކަށް ވެފައި، ފަނާވާ އެއްޗަކަށްވުރެ ދެމިހުންނަ އެއްޗެއްގެ ހެޔޮކަން ބޮޑުވާނެތީއެވެ. ދުނިޔޭގެ ގެތަކާއި، ބިނާތައް ރަނުން ހުރެފައި، އާޚިރަތުގެ ގެތަކާއި ބިނާތ...
Thiladhun
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ ރަސްމީ މަރުކާ އާއި ސިއްކަ ފަރުމާކުރަން ހުޅުވާލައިފިއެވެ. ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ހުށަހަޅާ މަރުކާއާއި ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް މޮޅަދޫ ކައުންސިލުން ވަނީ ނިންމާފައެވެ. އެ ކައުންސިލުން ބުނީ ސިއްކަ ފަރުމާކުރުމުގެ ބޭނުމަކީ އެ އިދާރާއިން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ޚަރަކާތްތަކާއި، އެކިއެކި ރަސްމިއްޔާތުތަކާއި، ރަސްމީ ލިޔެކ...
އިބްރާހިމް ޚަލީލް
އެންޓި ކޮރަޕްޝަނާ ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓަކަށް ކުރީގެ ރައީސް އަބްދުالله ޔާމީން ޔާމީން ޖަމާކުރި އެއް މިލިއަން ޑޮލަރު އަނބުރާ ދެވޭނީ އޭސީސީއަށް ކަމަށާއި އެ ފައިސާ ހޯދަން ބޭންކުގެ ގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ހައިކޯޓުގައި މިއަދު ބުނެފި އެވެ. އެސްކްރޯ އެކައުންޓަކަށް 2018 ވަނަ އަހަރު ޔާމީން އެއް މިލިއަން ޑޮލަރު ޖަމާ ކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާތީ އޭސީސީއާ އެކު ހެދި […]
ހުސައިން ހަބީބް