ފްރާންސް ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ
ފްރާންސްގެ ސަރުކާރަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުވެއްޖެއެ. މިގޮތުން، ބުދަ ދުވަހު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބަޖެޓް ފާސްކުރުމުގައި ވޯޓު ނުނަގައި ކުރިއަށް ދިއުމަށް ބޭނުންވާތީ، ވާތުފިޔައިގެ ޕާޓީތަކާއި ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތަކުން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ހުށަހެޅުމެކެވެ. މި ހުށަހެޅުން ފާސްވެއްޖެނަމަ، ސަރުކާރު ވެއްޓި، ބޮޑުވަޒީރު މިޝެލް ބާނިއޭ އިސްތިއުފާދޭން ޖެހޭނެއެވެ. އޭނާ މި މަޤާމުގައި ހުންނަތާ އަދި ދެމަހާއި ބައި ވެސް ނ...