އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންނަށް ފިޔަވަޅު އަޅަނީ
މިއަދު އިރުއޮއްސުނު ވަގުތު އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގި ބިދޭސީން ހޯދައި ފިޔަވަޅު އަޅާނެކަމުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ އިންޑިއާ ބައެއްގެ މެދުގައެވެ. އެ ސަރަހައްދަށް ގިނަބަޔަކު ޖަމާވެފައި ވަނިކޮށް ހިނގި މި މާރާމާރީއާއި ގުޅިގެން އެ ސަރަހައްދުގެ ހަމަޖެހުން ގެއްލިގެންދިޔަ މަންޒަރު މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ. މިރޭ އެކްސްގައި ޝައްމާން ވިދާޅުވީ މިއަދުގެ...