މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 594 ވަނަ ޞަފްޙާ

ރަސްމާލެއަކީ އެއް ފަސްގަނޑެއްގައި އެންމެ ގިނަ މީހުން އާބާދުވާނެތަން

ރަސްމާލެއަކީ އެއް ފަސްގަނޑެއްގައި އެންމެ ގިނަ މީހުން އާބާދުވާނެތަން

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެންމެ ބޮޑު ޙައްލެއް ގެނެސްދޭނެ ކަމަށް ބެލެވޭ ރަސްމާލެ މަޝްރޫޢަކީ އެއް ފަސްގަނޑެއްގައި އެންމެ ގިނަ މީހުން އާބާދުވާނެ އެންމެބޮޑު މަޝްރޫޢު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ކ.ގުޅިއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. “ރަސްމާލެ މަޝްރޫޢަކީ، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް، ބޯހިޔާވަހިކަމުގެ މައްސަލައަށް، އެއް ސަރަޙައް...

އިސްމާއިލް މޫސާ
ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން އާޓް އެގްޒިބިޝަނެއް ބާއްވަނީ

ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން އާޓް އެގްޒިބިޝަނެއް ބާއްވަނީ

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން “ޝޭޑްސް އޮފް މައިންޑް” ގެ ނަމުގައި އާޓް އެގްޒިބިޝަނެއް ބާއްވަން ނިންމައިފި އެވެ. މި އެގްޒިބިޝަން ފެށުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެގްޒިބިޝަން ކުރިއަށްދާނީ މިމަހުގެ 12 އިން 17 އަށް ނެޝަނަލް އާޓް ގެލެރީގައެވެ. އެގްޒިބިޝަން ބޭއްވޭ މުއްދަތުގައި އާޓް ގެލެރީއަށް ވަނުމަށް އެއްވެސް ފީއެއް ނުނަގާނެ […]

އިސްމާއިލް މޫސާ
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށުމަށް މިމަހު ކޮންޓްރެކްޓަރުން ހޯދަނީ

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށުމަށް މިމަހު ކޮންޓްރެކްޓަރުން ހޯދަނީ

ސަރުކާރުން ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރުން ހޯދަން މިމަހު އިއުލާންކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކ.ގުޅިއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުގައި ރައީސް ވިދާޅުވީ މިއަހަރަކީ ތަރައްގީގެ މަސައްކަތާއެކު، މުއްސަނދިކަން ރައްޔިތުންނަށް އިހްސާސްކޮށްދިނުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރެއްކަމަށެވެ. ރައީސް ވިދާޅުވީ މިއަހަރު އެކ...

އިބްރާހިމް ޚަލީލް
މަސްތުވާތަކެއްޗާއި އެކު ކަމަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ކަމަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. ކަމަދޫގައި ހަރަކާތްތެރިވާ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. މި މަހުގެ 1 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނަކީ، މާލެއިން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފަރާތަކީ ލ. ގަން މަތިމަރަ...

އިސްމާއިލް މޫސާ
އާސަންދައިން ބޭސް ލިބުން ދަތިވާނަމަ ރިޕޯޓުކުރަން އެދެފި

އާސަންދައިން ބޭސް ލިބުން ދަތިވާނަމަ ރިޕޯޓުކުރަން އެދެފި

އާސަންދައިން ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވާނަމަ އެކަން ރިޕޯޓުކުރުމަށް އެ ކުންފުނިން މިއަދު އާންމުންގެ ފަރާތުން އެދެފި އެވެ. އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޭސް ގަންނަން ދިއުމުން އަމިއްލަ އަތުން ފައިސާ ދައްކަން ޖެހުނަސް ނުވަތަ އާސަންދައިން ބޭހެއް ލިބެން ނެތްނަމަވެސް، އެކަން ވައިބަރ މެދުވެރިކޮށް ރިޕޯޓުކުރެވޭނެ ކަމަށެވެ. މިގޮތުން ޝަކުވާ ހުށަހަޅަން ޖެހޭނީ 7951400 ނަންބަރަށެވެ. އާސަންދައިން އިތުރަށް ބުނެފައިވަނީ، ޝަކުވާ ހުށަހަޅާއިރު ބޭހުގެ ނަމާއި، ބޭސް ސިޓީ އަދި ރަސީދު ވެސ...

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
އެޗްޑީސީގެ ޑީއެމްޑީއަކަށް ފަޔާޒު މަންސޫރު އައްޔަނުކޮށްފި

އެޗްޑީސީގެ ޑީއެމްޑީއަކަށް ފަޔާޒު މަންސޫރު އައްޔަނުކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އާކިޓެކްޓް ފަޔާޒު މަންސޫރު އައްޔަނުކޮށްފިއެވެ. މި ސަރުކާރުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރެވުނު ފުރަތަމަ ފަރާތަކީ ފަޔާޒެވެ. ފަޔާޒު މި މަޤާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ އެޗްޑީސީގެ މަސައްކަތަށް ރަސްމީކޮށް ނުކުމެވަޑައިގަތީ މިއަދުއެވެ. ފަޔާޒަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ދުވަސްތަކެއް ވަންދެން އެޗްޑީސީގައި މަސައްކަތްކުރައްވާފައ...

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
''ގޮވާން ކުރުން''، ހާއްސަ ދަރުސް މިރޭ އިހަވަންދޫގައި

''ގޮވާން ކުރުން''، ހާއްސަ ދަރުސް މިރޭ އިހަވަންދޫގައި

ހއ. އިހަވަންދޫގައި ”ގޮވާން ކުރުން” ނަމުގައި ހާއްސަ ދަރުހެއް މިރޭ ބާއްވަން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން ބުނީ، ” ގޮވާންކުރުން” ނަމުގައި މިރޭ އެރަށުގައި ހާއްސަ ދަރުހެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މި ދަރުސް ދެއްވަން ހަމަޖެހިފައި ވަނީ މަޝްހޫރު ދީނީ ޢިލްމް ވެރިޔާ އައްސެއިޚް އިލްޔާސް ޙުސައިން އެވެ. މި ދަރުސް އޮންނާނީ ޕާކް ސަރައްހައްދުގައި ކަމަށް އިހަވަންދޫ ކައުންސިލުން ބުންޏެވެ. މިރޭ 20:15 ގައި ފަށަން ނިންމާފައިވާ މި ދަރުސް އަޑުއެއްސެވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން...

ޔުމްނާ ޢަލީ
ރައީސް ގުޅިއަށް ވަޑައިގަންނަވައިފި

ރައީސް ގުޅިއަށް ވަޑައިގަންނަވައިފި

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެ އަތޮޅު ގުޅިއަށް ވަޑައިގަންނަވައިފި އެވެ. ރައީސް އޮފީހުން ހާމަކުރައްވާ ގޮތުން، މިއީ 2024 ވަނަ އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ގުޅީގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާމެދު...

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
43 ފުޅި ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށް ކާރެއް ޓޯވކޮށްފި

43 ފުޅި ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށް ކާރެއް ޓޯވކޮށްފި

ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 43 ފުޅި ބަނގުރަލާއެކު 22 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޑްރަގް އެންޑް ނާކޮޓިކްސް އިންޓެލިޖެންސް ޔުނިޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ރ. މަޑުއްވަރި / އުފުލަންދޫގެ، ޢަލީ ޙާޒިމް (22 އަހަރު) އެވެ. ފުލުހުން ބުނާ ގޮތުގައި، އޭނާ ދުއްވަމުންދިޔަ ކާރު ހުއްޓުވައި ބަލައި […]

އަލީ އާދިލް
އަލަށް ޙައްޖުވާ ފަރާތްތަކަށް އިސްކަންދިނުމަށް އުސޫލު ބަދަލުކޮށްފި

އަލަށް ޙައްޖުވާ ފަރާތްތަކަށް އިސްކަންދިނުމަށް އުސޫލު ބަދަލުކޮށްފި

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ. މި ނިންމެވުމަކީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މި ބަދަލުތައް ގެނައުމަށް ނިނ...

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވެދާނެ! ސަމާލުވޭ!

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވެދާނެ! ސަމާލުވޭ!

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް މިދުވަސްވަރު އިތުރުވެދާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރަކީ ގިނަ ފަރާތްތަކުފަރާތްތަކުން އުމްރާއަށާއި އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައި އެނބުރި އަންނަ ދުވަސްވަރު ކަމަށްވުމާއެކު، ނޭވާލާ ނިޒާމުގެ ބަލިތައް ރާއްޖޭގައިވެސް އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެ...

އަލީ އާދިލް
އުރީދޫ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް

އުރީދޫ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއާ އެކު ސޮއިކޮށްފިއެވެ. މިއީ އުރީދޫ މޯލްޑިވްސްއިން މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާ ތިންވަނަ ފަހަރެވެ. މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ހިސާބުތަކުން 130 ޓީމެއް ބައިވެރިވާއިރު ޖުމުލަ 320 މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށްދާނީ ކުރިއަށްދާނީ ރެއިން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލޭގައެވެ. މުބާރާތ...

އިބްރާހިމް އަސްވާޤް
އެކްސިޑެންޓެއްގެ މަންޒަރު ފެނުނު މީހަކު ހުރިނަމަ ހިއްސާކުރަން އެދިއްޖެ

އެކްސިޑެންޓެއްގެ މަންޒަރު ފެނުނު މީހަކު ހުރިނަމަ ހިއްސާކުރަން އެދިއްޖެ

ހުޅުމާލޭ ފޭސް 2 ގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހު ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މަންޒަރު ފެނުނު މީހަކު ނަމަ އެ މަޢުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 1:50 އެހައިކަށްހާއިރު ހުޅުމާލޭ ފޭސް 2 ގެ ގުލްއަލާމަގާއި ނިރޮޅު މަގު ގުޅޭ ހިސާބުގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ގުލްއަލާމަގުން އިރުން ހުޅަނގަށް ދުއްވަމުން ދިޔަ ފުލުހުންގެ […]

ޔުމްނާ ޢަލީ
ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފި

ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ 7 ބިދޭސީން ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 7 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ 4 އަންހެނުންނާއި 3 ފިރިހެނުންނެވެ. އިމިގްރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި،...

ޔުމްނާ ޢަލީ
ޗެލްސީއާއި އާސެނަލުން ޕޮއިންޓް ގެއްލުވާލިއިރު ސިޓީއަށް ތިން ޕޮއިންޓް

ޗެލްސީއާއި އާސެނަލުން ޕޮއިންޓް ގެއްލުވާލިއިރު ސިޓީއަށް ތިން ޕޮއިންޓް

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އާސެނަލުން މުހިންމު ޕޮއިންޓްތައް  ގެއްލުވާލިއިރު މެންޗެސްޓާ ސިޓީން މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ. ރޭ ރަށުން ބޭރުގައި ޗެލްސީ ނުކުމެފައި ވަނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ. މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ޗެލްސީން ކޯލް ޕާމާގެ ގޯލުން މެޗުގެ ކުރީކޮޅުގައި ލީޑުނަގާފައިވަނިކޮށް، ޕެލަސް އިން އެއްވަރުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ހުއްޓައެވެ. މި ލަނޑު […]

އިބްރާހިމް ޚަލީލް
ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓު ދޮގުކޮށްފި

ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓު ދޮގުކޮށްފި

ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިންޑިއާގެ ޖާސޫސީ އިދާރާގެ ރޯގެ އެހީތެރިކަމާއެކު ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރޭވިކަމަށް ބުނެފައިވާ ވާހަކަ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ދޮގުކުރައްވައިފިއެވެ. ޚާރިޖީ ވަޒީރު ޚަލީލް، މި ރިޕޯޓު ދޮގުކުރަށްވާފައި ވަނީ  އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ވިއޯން ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ވޮޝިންގްޓަން ޕޯސްޓުން 30 ޑިސެމްބަރު 2023 ގައި ޝާއިޢުކުރި...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (35)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (35)

ކުރީގެ އަދަދާއި ގުޅޭ: “މަންމަ ގާތު އަހަރެމެންގެ ވާހަކަ ދެއްކިންތަ؟ އޭރު ފޯނު ބޭއްވީ، އެ ވާހަތައް ދައްކާށޭ ކިޔާފައެއްނު. ފަހުން އަހަންނަކަށް ހަބަރެއް ނުވޭ.” ދާއިންގެ ސުވާލުން އަރޫޝާއަށް ފުންމައިގެން ތެދުވެވުނެވެ. ހިތަށް ބިރުވެރިކަން ވެރިވެ، މީހާ އުދާސްވެއްޖެއެވެ. ” ކުއްލިއަކަށް ކީއްވެ ތި ވާހަކަ ތި އެހީ؟” ޖެހިލުންވެ ހުރެ އަރޫޝާ ސުވާލު ކުރިއެވެ. ” އަހަރެން މި ބުނާ ވާހަކައިން އެއްޗެކޭ ހީ ނުކުރައްޗޭ! ” ދާއިން ބުނެލިއެވެ. ދާއިން އެހެން ބުނިކަމުގައި […]

ސަލާމާ ޢަބްދުލް ޢަލީމް
ވެމްކޯއިން ކުނި ނެގުމުގެ ފީ ކަރަންޓު ބިލުގައި ނުހިމަނާނެ

ވެމްކޯއިން ކުނި ނެގުމުގެ ފީ ކަރަންޓު ބިލުގައި ނުހިމަނާނެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި ނެގުމުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގައި ނަގާ ކުނި ނެގުމުގެ ފީ، ކަރަންޓު ބިލުގައި ހިމަނާގޮތަށް އެ ކުންފުނިން ނިންމި ނިންމުން ބަދަލުކޮށްފިއެވެ. މި ނިންމުން ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅަކާ ގުޅިގެންނެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވެމްކޯއިން އަތޮޅުތަކުގެ ރަށްރަށުގައި ފޯރުކޮށްދޭ، ގޭބިސީތަކުން ކުނިނަގައި ދިނުމުގެ ޚިދުމަތުގެ ބިލު، ޔޫޓިލިޓީ އެހެން ޚިދުމަތެއްގެ...

ޔުމްނާ ޢަލީ