ގޫގުލްއިން ކެނެޑާގެ މީޑިއާތަކަށް 69 މިލިއަން ޑޮލަރު ދެނީ
ގޫގުލްއިން ކެނެޑާގެ ނޫސްތަކާއި މީޑިއާ ވަސީލަތްތަކުގެ ކޮންޓެންޓް ބޭނުންކުރުމަށް 100 މިލިއަން ކެނޭޑިއަން ޑޮލަރު (69 މިލިއަން އެމެރިކާ ޑޮލަރު) ދޭން އެއްބަސްވެއްޖެއެވެ. މިއީ އިޝްތިހާރުގެ އާމްދަނީ ގެއްލިގެންދާތީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޭ ފައިސާއެވެ. ކެނެޑާއިން 2023 ގައި “އޮންލައިން ނިއުސް އެކްޓް” ގާނޫނެއް ފާސްކޮށްފައިވެއެވެ. މިއީ އޮސްޓްރޭލިއާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކެކޭ އެއްފަދައިން، ޓެކް ޕްލެޓްފޯމްތަކުން ނޫސްތަކަށް ބަދަލު ދިނުމަށް މަޖުބޫރުކުރާ ސިޔާސަތެކެވެ. ގޫގުލް އާއި މ...